މައުމޫން ފައުންޑޭޝަނުން ހަތަރު ސްކޮލަޝިޕެއްގެ ފުރުސަތު ހުޅުވާލައިފި

20:23


ސިއްހީ ދާއިރާއިން މަތީ ތަޢުލީމް ހާސިލް ކުރުމަށް މައުމޫން ފައުންޑޭޝަނުން ހަތަރު ސްކޮލަޝިޕެއްގެ ފުރުސަތު ހުޅުވާލައިފި އެވެ.


މިއީ މި އަހަރު އިފްތިތާހުކުރި މައުމޫން ފައުންޑޭޝަނުން މިގޮތަށް ސްކޮލްޝިޕްގެ ފުރުސަތު ހުޅުވާލި ފުރަތަމަ ފަހަރު އެވެ.


މައުމޫން ފައުންޑޭޝަނުން ބުނީ އިންޑިޔާގެ ގާޑްން ސިޓީ ކޮލެޖުގައި ފުރަތަމަ ޑިގްރީ ހާޞިލުކުރުމަށް ހުޅުވާލާފައިވާ ހަތަރު ސްކޮލަޝިޕަކީ ވެސް، ހުރިހާ ޚަރަދެއް ހިމެނޭގޮތަށް ހުޅުވާލާފައިވާ ސްކޮލަޝިޕެއް ކަމަށެވެ. އެގޮތުން އިއްޔެ އިޢްލާނުކޮށްފައި ވަނީ ނާސިންގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކުރުމަށް ހުޅުވާލި ހަތަރު އަހަރުގެ މުއްދަތުގެ ދެ ކޯހާއި ފިޒިއޮތެރަޕީގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކުރުމަށް ހުޅުވާލި ހަތަރު އަހަރާއި ހަ މަސްދުވަހުގެ މުއްދަތުގެ ދެ ކޯސް ކަމަށް މައުމޫން ފައުންޑޭޝަނުން ބުންޏެވެ.


މައުމޫން ފައުންޑޭޝަނުގެ ސްކޮލަޝިޕް ފުރުސަތުތައް ހުޅުވާލާފައި ވަނީ އުމުރުން 28 އަހަރުން ދަށުގެ މީހުންނަށެވެ. ފިޒިއޮތެރަޕީގެ ދެ ސްކޮލަޝިޕް ޚާއްސަކޮށްފައި ވަނީ ދެޖިންސަށް ދެސްކޮލަޝިޕްގެ ގޮތުގަ އެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 19 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައި ކަމަށް މައުމޫނު ފައުންޑޭޝަނުން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު