ޑރ. ޢަބްދުﷲ ދީދީ ސުޕްރީމް ކޯޓަށް ޝަރުތު ހަމަނުވާ ކަމަށް ބުނެ މައްސަލައެއް ހައިކޯޓަށް ހުށަހަޅައިފި

ދާއިމީ ސުޕްރީމް ކޯޓަށް އައްޔަން ކުރައްވާފައިވާ ޑރ. ޢަބްދުﷲ ދީދީ އަކީ ފަނޑިޔާރުކަމުގެ ޝަރުތުހަމަނުވާ ބޭފުޅެއް ކަމަށާއި އެ މައްސަލަ ބަލައިދިނުމަށް ދެ ބޭފުޅަކު މައްސަލައެއް ހައިކޯޓަށް ހުށަހަޅުއްވައިފި އެވެ.


އެ މައްސަލަ ހައިކޯޓަށް ހުށަހެޅުއްވި ދެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލަކު ނަން ހާމަ ނުކުރުމަށް ޝަރުތުކުރައްވައި މިއަދު ސަންއެފްއެމް އޮންލައިނަށް މައުލޫމާތު ދެއްވި ގޮތުގައި އެ މައްސަލަ ހައިކޯޓަށް ވައްދާފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ. ނަމަވެސް އޭނާ ވިދާޅުވީ އެ މައްސަލަ ކޯޓުން ބަލައިގެންފައިވާ ކަމެއް ނުވަތަ ނޫން ކަމެއް އަދި އަންގާފައި ނުވާ ކަމަށާއި ވަރަށް އަވަހަށް އިދާރީ ޖަވާބެއް ދޭނެ ކަމަށް ކޯޓުން ބުނެފައިވާ ކަމަށެވެ.


ސަންއެފްއެމް އޮންލައިނަށް މައުލޫމާތު ދެއްވި ވަކީލު ވިދާޅުވީ އެ މައްސަލަ ހައިކޯޓަށް ހުށަހެޅުއްވީ ގާނޫނު އަސާސީގެ 149 ވަނަ މާއްދާއާ އެ ނިންމުން ފުށުއަރާތީ ކަމަށެވެ.


ގާނޫނު އަސާސީގެ އެ މާއްދާގެ ނ. ގައި ބުނަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރާ ކޮންމެ މީހަކީ އުމުރުން 30 އަހަރުގެ މީހަކަށް ވުމާ އެކު "ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މި ދެކަމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާ އެކު އިސްލާމީ ޝަރީއަތް ނުވަތަ ގާނޫނީ ދާއިރާ އިން އިލްމް ލިބފައިވާ މީހެއް ކަމުގައިވާންވާނެ" ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު