ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ ފަނޑިޔާރުން ހިމެނޭހެން 9 ބޭފުޅަކު ކުރިމަތިލައްވައިފި

ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން: ޝުޖާއުވަނީ އަލުން ފަނޑިޔާރު ކަމަށް ކުރިމަތިލައްވާފައި

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުސްވެފައިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމުން، އެ މަޤާމަށް ޖުމްލަ 9 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

މި މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ޝަރުޢީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅުންނާއި ކުރީގެ ފަނޑިޔާރުން ހިމެނިވަޑައިގަންނަވައެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ބޭފުޅުންނަކީ:

  • ޙަސަން ފަހީމް އިބްރާހީމް
  • އަޙްމަދު ޒިޔާދު
  • ޢަލީ ރިޝާ އިސްމާޢީލް
  • ޝުޖާޢު ޢުޘްމާން
  • މުޙައްމަދު އިބްރާހީމް
  • އާދަމް ޢާރިފް
  • ޢަބްދުއްސަލާމް
  • އަޙްމަދު ޝިފާޢު
  • މަރްޔަމް ޙަނީފާ ޚާލިދު

މި ލިސްޓުގައި ހިމެނިވަޑައިގަންނަވާ ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި ހައިކޯޓުގެ ކުރީގެ އިސްފަނޑިޔާރު ޝުޖާޢު ޢުޘްމާންގެ އިތުރުން ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު އާދަމް ޢާރިފް ހިމެނިވަޑައިގަންނަވައެވެ. މީގެއިތުރުން ޝަރުޢީ ދާއިރާގެ އެކި މަޤާމުތަކާއި ޤާނޫނީ ވަކީލުކަމުގައި ފާހަގަކޮށްލެވޭ ބޭފުޅުން މި ލިސްޓުގައި ހިމެނެއެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވައިލީ، އެ ކޯޓުގެ ފަނޑިޔާރު އިބްރާހީމް މާހިރު ރިޓަޔާ ކުރެއްވުމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް