އެޕަލްގެ އޭއައި ޚިދުމަތްތަކުގެ ލިމިޓް ހަމަވުމުން އިތުރަށް ބޭނުންކުރެވޭ ޕެކްތަކެއް ތައާރަފުކޮށްފި

މި ޕެކްތައް އެންމެ ފުރަތަމަ ތައާރަފުކޮށްފައިވަނީ އެޕަލްގެ މިއުޒިކް އުފައްދާ ސޮފްޓްވެއާ "ލޮޖިކް ޕްރޯ" އަށް --

އެޕަލްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ހިލޭ ލިމިޓް ހަމަވުމުން، އިތުރަށް އޭއައި ބޭނުންކުރެވޭނެ ހާއްސަ ޕެކްތަކެއް "އިންޓެލިޖެންސް ޔޫސޭޖް ޕެކްސް" ގެ ނަމުގައި އެ ކުންފުނިން ތައާރަފުކޮށްފިއެވެ.

ކަނޑައެޅިފައިވާ ހިލޭ ލިމިޓް ހަމަވުމުން އާ މަހެއް ފެށެންދެން އިންތިޒާރުކުރުމުގެ ބަދަލުގައި މި ޕެކްތައް މެދުވެރިކޮށް، ފައިސާ ދައްކައިގެން އިތުރަށް އޭއައި ޚިދުމަތްތައް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޕެކްތައް އެންމެ ފުރަތަމަ ތައާރަފުކޮށްފައިވަނީ އެޕަލްގެ މިއުޒިކް އުފައްދާ ސޮފްޓްވެއާ "ލޮޖިކް ޕްރޯ" އަށެވެ. ނަމަވެސް، މި މަހުގެ ފަހުކޮޅު އެޕަލްގެ ކްރިއޭޓާ ސްޓޫޑިއޯގެ އިތުރު އެޕްލިކޭޝަންތައް ކަމަށްވާ "ފައިނަލް ކަޓް ޕްރޯ" އާއި "ޕިކްސެލްމޭޓާ ޕްރޯ" އަދި "އައިވާކް" ސުއިޓަށް ވެސް މި ޕެކްތައް ތައާރަފުކުރުމަށް ވަނީ ހަމަޖެހިފައެވެ.

https://sun.mv/230121

އެޕަލްއިން އިތުރަށް ބޭނުންކުރެވޭ އޭއައި ޕެކެއްގެ އަގަކީ 49.99 އެމެރިކާ ޑޮލަރެވެ. މިއީ މަހުން މަހަށް ދައްކަންޖެހޭ ސަބްސްކްރިޕްޝަނެއްގެ ބަދަލުގައި އެއްފަހަރު ފައިސާ ދައްކައިގެން ގަންނަ ޕެކެކެވެ. މި ޕެކްތައް ގުޅުވާލެވޭނީ ގަންނަ ފަރާތުގެ އެޕަލް އެކައުންޓާއެވެ. ފެމިލީ ޝެއަރިން މެދުވެރިކޮށް އެހެން ފަރާތްތަކާ މި ޕެކްތައް ހިއްސާއެއް ނުކުރެވޭނެއެވެ.

މިގޮތަށް ގަންނަ އިތުރު ޕެކްތަކުން ބޭނުންނުކޮށް ހުންނަ ބައި ކޮންމެ މަހަކު ވެސް ކުރިއަށް ކެރީއޯވާ ވާނެއެވެ. މާނައަކީ ބޭނުންނުކުރެވި ބާކީ ހުންނަ ބައި ޖެހިގެން އަންނަ މަހަށް އިތުރުވާނެއެވެ. ނަމަވެސް ގަންނަތާ 12 މަސްދުވަސް ހަމަވުމުން ބޭނުންނުކޮށް ހުންނަ ބައި ބާޠިލްވާނެއެވެ. ބޭނުންކުރާ މީހުންނަށް އިތުރަށް ގަންނަ ޕެކުން އޭއައި ޚިދުމަތްތައް ލިބެން ފަށާނީ، ކޮންމެ މަހަކު ހިލޭ ލިބޭ އެލަވަންސް އެއްކޮށް ބޭނުންކޮށް ނިމުމުންނެވެ.

މީގެއިތުރުން، 2027 ވަނަ އަހަރު ނެރޭ ސޮފްޓްވެއާ އަޕްޑޭޓްތަކާއެކު ސާވާ ބޭސްޑް އެޕަލް އިންޓެލިޖެންސްގެ ބައެއް ފީޗާތަކަށްވެސް ލިމިޓްތަކެއް ކަނޑައެޅުމަށް އެޕަލްއިން ވަނީ ރާވާފައެވެ. އޭގެ ތެރޭގައި ސިރީ އޭއައި އާއި އިމޭޖް ޕްލޭގްރައުންޑް ފަދަ ޚިދުމަތްތައް ހިމެނެއެވެ.

comment ކޮމެންޓް