ބީއެމްއެލް ސްޓާޓަޕް ގްރާންޓަށް ހުށަހެޅުމަށް އޮތް މުއްދަތު ހަމަވަނީ

ބީއެމްއެލް ގްރާންޓްގެ ދަށުން ހޮވޭ ދެ މީހުންނަށް، ވަކިވަކިން ފަސް ލައްކަ ރުފިޔާގެ މާލީ އެހީތެރިކަން ދޭނެ -- ފޮޓޯ/ ބީއެމްއެލް

ގައުމީ ބޭންކް، ބީއެމްއެލްގެ ސްޓާޓަޕް ގްރާންޓަށް އެދި ހުށަހެޅުމަށް ދިން މުއްދަތު ހަމަވާން ކައިރިވެއްޖެއެވެ.

އެ ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހުގެ 14:00އަށް ހަމަވާނެއެވެ. އޭގެކުރިން، އަށް މެއިލް މެދުވެރިކޮށް ސްޓާޓަޕް ގްރާންޓަށް އެދި ހުށަހެޅޭނެއެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި، މި ގްރާންޓްގެ ދަށުން ހޮވޭ ދެ މީހުންނަށް، ވަކިވަކިން ފަސް ލައްކަ ރުފިޔާގެ މާލީ އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ބޭންކުގެ ޚާއްސަ ރިލޭޝަންޝިޕް މެނޭޖަރެއްގެ އިރުޝާދާއެކު އެއް އަހަރު ދުވަހުގެ މެންޓާޝިޕް ސަޕޯޓް ވެސް ބީއެމްއެލްއިން ފޯރުކޮށްދޭނެއެވެ.

ބީއެމްއެލްއިން ބުނީ، އާންމު ފަރުދުންނާއި އަލަށް ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށްވެސް މި ގްރާންޓަށް އެދި ހުށަހެޅޭނެ ކަމަށެވެ.

މި ގްރާންޓަށް އެދި ހުށަހެޅުމާއި ޝަރުތުތަކާ ބޭހޭ އިތުރު މައުލޫމާތު ބީއެމްއެލް ވެބްސައިޓު މެދުވެރިކޮށް ލިބޭނެއެވެ.

ވިޔަފާރިއެއް ފެށުމަށް ނުވަތަ އެއް އަހަރު ނުވާ ވިޔަފާރިއެއް އިތުރަށް ފުޅާކުރުމަށް ބޭނުންވާ ފަންޑު ހިލޭ ފޯރުކޮށްދިނުމުގެ މަގުސަދުގައި ބީއެމްއެލް ސްޓާޓަޕް ގްރާންޓް ތައާރަފްކުރީ 2022 ވަނަ އަހަރުއެވެ.

comment ކޮމެންޓް