ދިވެހި ރާޅާއެޅުމުގެ އަންހެން ޗެމްޕިއަންކަން އެންމެ 9 އަހަރުގެ އާލިޔާއަށް!

ގައުމީ ސާފިން މުބާރާތް ކަމަށްވާ ރަންނަމާރި ޗެލެންޖުގައި 9 އަހަރުގެ އާލިޔާ-- ފޮޓޯ: އެމްއެސްއޭ

ރާއްޖޭގެ އެންމެ ކާމިޔާބު އަންހެން ސާފަރު، އާޔާ ނަސީމް ބަލިކޮށް، ގައުމީ ސާފިން މުބާރާތް ކަމަށްވާ ރަންނަމާރި ޗެލެންޖްގެ އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން އުމުރުން އެންމެ 9 އަހަރުގެ ޒުވާން ސާފަރު އާލިޔާ ލަތީފް ހޯދައިފިއެވެ.

ސެމީ ފައިނަލުގައި ޝާޒިޔާ ސައީދުގެ މައްޗަށް ކުރިހޯދައިގެން ފައިނަލަށް ދަތުރުކުރި އާލިޔާ، ފައިނަލް ހީޓު ކާމިޔާބުކުރީ 11.83 ގެ މޮޅު ސްކޯއަކާ އެކުއެވެ.

މި މުބާރާތުގެ ފައިނަލް ހީޓުގައި ވާދަކޮށް އާޔާއަށް ލިބުނީ 5.23 ގެ ސްކޯއެކެވެ. މި ތާރީޚީ ކާމިޔާބީއާއެކު އާލިޔާ ވެގެން ގޮސްފައިވަނީ ސާފިންގެ ގައުމީ މުބާރާތެއް ކާމިޔާބުކުރި އުމުރުން އެންމެ ހަގު އަންހެން އެތުލީޓަށެވެ.


ގައުމީ ސާފިން މުބާރާތް ކަމަށްވާ ރަންނަމާރި ޗެލެންޖުގައި 9 އަހަރުގެ އާލިޔާ-- ފޮޓޯ: އެމްއެސްއޭ

މިއީ އާލިޔާގެ ހަޔާތުގައި ހޯދި މިފަދަ ފުރަތަމަ ބޮޑު ކާމިޔާބެއް ނޫނެވެ. އޭނާ ވަނީ މިދިޔަ އަހަރު މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން ކުރިއަށް ގެންދިޔަ ޖޫނިއާ މުބާރާތުގެ އަންހެން ކެޓަގަރީ ކާމިޔާބުކޮށް، ރާއްޖޭގެ ފުރަތަމަ ޖޫނިއާ އަންހެން ޗެމްޕިއަންކަން ވެސް ހޯދާފައެވެ.

މީގެ އިތުރުން މިއަހަރު ލަންކާގައި ބޭއްވި ބައިނަލްއަގްވާމީ ސާފިން މުބާރާތެއްގައި ވެސް ލަންކާގެ ވަރުގަދަ ޗެމްޕިއަނުން ބަލިކުރުމަށްފަހު އާލިޔާ ވަނީ ރަން މެޑަލް ހޯދާފައެވެ.

comment ކޮމެންޓް