ދައުލަތުން ލިބެންޖެހޭ ފައިސާއިން މީރާއަށް ދައްކަންޖެހޭ ޓެކްސް އަޅައިކެނޑޭނެ އިންތިޒާމެއް

މީރާގެ ޓެކްސްޕޭޔާ ސާވިސް ސެންޓަރު --

ދައުލަތުން ލިބެންޖެހޭ ފައިސާ، މީރާއަށް ދައްކަންޖެހޭ ޓެކުހުން އަޅައިކެނޑޭނެ އިންތިޒާމެއް ފިނޭންސް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ދައުލަތުގެ އިދާރާއަކަށް ލިބެންޖެހި ނުލިބިވާ ފައިސާއެއްވާ ނަމަ މީރާއަށް ދައްކަންޖެހޭ ޓެކުހާއި، އެ ފައިސާއަކާ އަޅައިކެނޑުމަށް ބޭނުންވާ ފަރާތްތަކުން މީރާއަށް ހުށަހެޅުމުން ސަރުކާރުން ދައްކަންޖެހޭ ފައިސާ އަޅައިކަނޑާނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

މިކަމުގައި އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ހުށަހަޅާ ބިލްތަކުގެ ތެރެއިން މިހާތަނަށް ފައިސާ ދައްކާފައިނުވާ ބިލްތަކަށް މީރާއަށް ދައްކަންޖެހޭ ޓެކްސް ފައިސާ، ސަރުކާރުން އެ ފަރާތަށް ދައްކަންޖެހޭ ފައިސާއަށްވުރެ ބޮޑުވާނަމަ ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ފައިސާ އަޅައިކެނޑުމަށްފަހު ބާކީ އަދަދު ޓެކުހުގެ ގޮތުގައި އެ ފަރާތުން މީރާއަށް ދައްކަންޖެހޭ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ހަމައެއާއެކު މިކަމާ ގުޅޭ ގޮތުން މީރާއަށް ދައްކަންޖެހޭ ފައިސާ އަޅައިކެނޑުމަށް އެދި ހުށަހަޅާއިރު، އެ ފައިސާގެ ތަފްސީލާއެކު އެ އިދާރާއިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ހުށަހެޅުމަށް ވެސް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

comment ކޮމެންޓް