ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ރިޓަޔާކުރައްވަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު -- ފޮޓޯ: ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ރިޓަޔާކުރައްވަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅައިފިއެވެ.

'ސަން' އަށް އެނގިފައިވާ ގޮތުގައި ފަނޑިޔާރު އަލީ ރަޝީދު ރިޓަޔާކުރައްވަން އެދި ޖޭއެސްސީއަށް ހުށަހެޅީ، މި އަހަރު ނިންމާފައި ރިޓަޔާކުރައްވާ ގޮތަށެވެ. އަދި އެ މައްސަލައިގައި ޖޭއެސްސީން ގޮތެއް ނިންމާފައި ނުވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ފަނޑިޔާރު އަލީ ރަޝީދަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމުގެ ކުރިން، ކްރިމިނަލް ކޯޓުގެ ގާޒީކަމާއި، ސިވިލް ކޯޓުގެ އިސް ގާޒީކަމުގެ އިތުރުން ޑްރަގް ކޯޓުގެ ގާޒީކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ ހަ އަހަރު ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވި އަލީ ރަޝީދަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމްގެ މައްޗަށް 2019 ވަނަ އަހަރު ކްރިމިނަލް ކޯޓުން ޖަލު ހުކުމް އިއްވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީއެވެ.

ހަމައެއާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ދުވަސްވަރު އޭނާގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުނު ނަމަވެސް، އެއިން އެއްވެސް މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވެފައެއް ނުވެއެވެ.

comment ކޮމެންޓް