3 މީހުން އަރުވަގެން ދަނިކޮށް ހިނގި އެކްސިޑެންޓް: ވެންޓިލޭޓަރުގައި އޮތް މީހާ ވޯޑަށް ބަދަލުކޮށްފި

ހުޅުމާލޭގައި ހިނގި އެކްސިޑެންޓު: ހާލުދެރަވެ ވެންޓިލޭޓަރުގައި އޮތް ޕޭޝެންޓު ވޯޑަށް ބަދަލުކޮށްފި --

މި މަހުގެ ކުރީކޮޅު ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ސައިކަލު ދުއްވަނިކޮށް ހިނގި އެކްސިޑެންޓުގައި ހާލުދެރަވެ ވެންޓިލޭރަށްލި ދެވަނަ މީހާ ވެސް ވޯޑަށް ބަދަލުކޮށްފައިވާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފިއެވެ.

އެ އެކްސިޑެންޓުގައި އަނިޔާވެ ފަސް މީހަކު އައިޖީއެމްއެޗަށް ފަރުވާއަށް ގެންދިޔައެވެ.

'ސަން' އިން މިއަދު ސުވާލުކުރުމުން އައިޖީއެމްއެޗުން ބުނީ ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އެ ހޮސްޕިޓަލަށް ގެންދިޔަ ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. ބާކީ ތިން މީހުން ފަރުވާއަށްފަހު ދޫކޮށްލާފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.

އައިޖީއެމްއެޗުން ބުނީ، އައިސޫޔޫގައި ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު މިހާރު ތިބި ދެ މީހުންނަށްވެސް ފަރުވާދެމުން އަންނަނީ ވޯޑުގައި ކަމަށެވެ.

ނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާތަކުގެ އެއްވެސް މައުލޫމާތެއް ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެކްސިޑެންޓުވި އެއް ސައިކަލު ތިން މީހުން އަރުވައިގެން ދުއްވާފައިވަނީ ވަން ވޭ އާ އިދިކޮޅަށް ކަމަށްވާއިރު، އެ ސައިކަލު ދުއްވަން އިނީ އެ ކެޓެގަރީގެ ސައިކަލު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫންކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެ މީހަކު ހިމެނެއެވެ.

https://sun.mv/229056

ފުލުހުން ވަނީ މި މަހުގެ 14 ވަނަ ދުވަހު ފުލުހުން ވަނީ މި އެކްސިޑެންޓާ ގުޅިގެން ލ. މާމެންދުއަށް ނިސްބަތްވާ 27 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް