އުދުހުމުގެ ގާބިލުކަން ލިބިފައިވާ ކަމަށް ބުނާ، ޓެސްލާގެ އާ ރޯޑްސްޓާ ކާރު ދައްކާލައި، އެ އުޅަނދު ބާޒާރަށް ނެރުމަށް ޓަކައި އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް ޓެސްލާގެ ސީއީއޯ އިލޮން މަސްކް އިއުލާނުކޮށްފިއެވެ.
ސައިންސް ފިކްޝަން ފިލްމުތަކާއި ކާޓޫނުތަކުން އެކަނި ފެންނަ ފަދަ އުދުހޭ ކާރެއްގެ ގޮތުގައި އިލޮން މަސްކް ތައާރަފުކުރި މި ސްޕޯޓްސް ކާރު ދައްކާލާފައިވަނީ އެމެރިކާގެ ޓެކްސަސްގައި އޮންނަ، މަސްކްގެ އަނެއް ކުންފުނި ކަމަށްވާ ސްޕޭސްއެކްސްގެ ޓެސްޓު ކުރާ ސަރަހައްދުގައި ބޭއްވި ޚާއްޞަ ހަފުލާއެއްގައެވެ.
ދެ މީހުންގެ ޖާގަ ހިމެނޭ މި ކާރަކީ ސިކުންތަކަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ގަޑިއަކު 60 މޭލުގެ ބާރުމިނަށް ރޭސް ނެގޭ އުޅަނދެކެވެ. މި ހަފުލާގައި ދެއްކި ހަރަކާތްތަކުގައި ކާރުގެ ދަށުގައިވާ ސަކްޝަން ނިޒާމު ބޭނުންކޮށްގެން އުސް ރޭމްޕަކުން މައްޗަށް އަރައި، ކާރު ފުށުންޖެހި އެކޮޅުކޮޅުން ބުރުއެޅުމަށްފަހު، ވައިގެ ޖެޓްތައް ބޭނުންކޮށްގެން ރައްކާތެރިކަމާއެކު ބިމުގައި ޖައްސާފައިވެއެވެ. މި ހަރަކާތްތައް ކުރިއަށްގެންދިޔައީ އެއްވެސް މީހަކަށް ނުރައްކަލެއް ނުވާނެކަން ކަށަވަރުކުރުމުގެ ގޮތުން ކާރުގެ އެތެރޭގައި ޑްރައިވަރަކު ނުލައެވެ.
https://x.com/Tesla/status/2110788059008819215
އިވެންޓުގެ ފަހުން، މި ކާރު ވަނީ އެކުއެކީގައި އަތުރާލާފައި ހުރި ޓެސްލާގެ އެހެން މޮޑެލްތަކުގެ މަތިން އުދުހިގެން ގޮސް، ކާރުގެ ފަހަތުގައިވާ ޖެޓްތަކުގެ އެހީގައި ސިކުންތަކަށްވުރެ ކުރު ވަގުތުކޮޅެއްގެ ތެރޭޭގައި، ގަޑިއަކު 60 މޭލުގެ ބާރުމިނަށް ދުއްވާލާފައެވެ. މަސްކް ސިފަކުރި ގޮތުގައި 10 ނޮޒްލްއާއި "އަލްޓްރާ ހައި-ޕްރެޝަރު" އެއާ ޓޭންކްތައް ބޭނުންކޮށްގެން މަސައްކަތްކުރާ މި ޓެކްނޮލޮޖީއަކީ ދުނިޔޭގެ އެންމެ މޮޅު ކާރު ކުންފުންޏާއި އެންމެ މޮޅު ރޮކެޓް ކުންފުނި ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާއެވެ.
މި ކާރު ބާޒާރަށް ނެރުން އުފެއްދުމުގެ މަސައްކަތް 2028 ވަނަ އަހަރު ފެށުމަށް ކަނޑައަޅާފައިވީ ނަމަވެސް، މީގެ ކުރިންވެސް މަސްކް ތާރީޚުތައް ދީފައިވާ ގޮތަށް ބަލާއިރު، ގިނަ ފަހަރަށް އެ މުއްދަތުތަކަށް ކަންކަން ނުނިމި އެތައް އަހަރެއް ލަސްވެފައިވާކަން ފާހަގަކުރެވެއެވެ. ހަފުލާގެ ބައިވެރިންނާ މުޚާޠަބުކޮށް މަސްކް ބުނީ، މިއީ އޭއައި ނުވަތަ ސިމިއުލޭޓެޑް އިންޓެލިޖެންސް ބޭނުންކޮށްގެން ހަދާފައިވާ ވީޑިއޯއެއް ނޫންކަން ސާބިތުކުރުމަށް އޯޑިއަންސެއް ބޭނުންވި ކަމަށާއި، ލޮލުން ފެންނަ ކަންތައް ގަބޫލުކުރަން ދަތިވި ނަމަވެސް މިއީ އަމިއްލަ ލޮލުން ދުށް ކަމެއްގެ ގޮތުގައި އެހެން މީހުންނަށް ކިޔައިދެވޭނެ ކަމަށެވެ.
މިކާރު އުދުހުނު ނަމަވެސް މިއީ އަދި އަސްލު އުދުހޭ ކާރު ނޫންކަމަށް މި ޙަފްލާގައި މަސްކްވަނީ ބުނެފައި ---މި ހަފުލާގައި ކާރު ކުޑަކޮށް މައްޗަށް އުފުލިގެން ދިޔަނަމަވެސް، މި ކާރަކީ އެއްގަމުގައި ދުއްވުމުގެ އިތުރުން ދުރު ރާސްތާއަށް އުދުހުމުގެ ގާބިލުކަން ލިބިގެންވާ ކާރެއްކަން އަދި ސާބިތުވެފައެއް ނުވެއެވެ. ފަހަކަށް އައިސް އިލެކްޓްރިކް ވާޓިކަލް ޓޭކް-އޮފް އެންޑް ލޭންޑިން އުޅަނދުތައް ކުރިއަރަމުން އައި ނަމަވެސް، އެއްގަމުގައި ދުއްވާ ކާރެއްގެ ގޮތުގައި ބޭނުންކުރެވޭ އަދި އުދުހޭ އުޅަނދެއް އުފެއްދުމުގައި އިންޖިނިއަރިން ގޮންޖެހުންތައް ބޮޑެވެ.
ސުމިތުސޯނިއަންސް ނޭޝަނަލް އެއާ އެންޑް ސްޕޭސް މިއުޒިއަމްގެ ކިއުރޭޓަރު ރޮޖާ ކޮނާ ބުނެފައިވާ ގޮތުގައި، މަތިންދާބޯޓުތަކަކީ ބަރުދަނަށް ވަރަށް ބޮޑަށް ބަލަންޖެހޭ އެއްޗަކަށްވާއިރު، އެއްގަމު އުޅަނދުފަހަރުގައި ބަންޕަރުތަކާއި ރައްކާތެރިކަމުގެ ބައިތައް ހުންނަންޖެހެއެވެ. އެހެންކަމުން މި ދެ ބައި އެކުލެވޭ އުޅަނދެއްގެ އުދުހުމާއި ދުއްވުމުގެ ފެންވަރު ދަށްވުމުގެ އިތުރުން އަގުވެސް ވަރަށް ބޮޑުވާނެއެވެ.
ކޮނާ އިތުރަށް ބުނީ މިއީ ދުރު ރާސްތާއަށް އުދުހުމުގެ ވާހަކައެއް ނޫން ކަމަށާއި، ސިފަކުރެވެނީ ކުޑަކޮށް މައްޗަށް އަރައިގަތުމެއް ނުވަތަ "ފުންމައިގަތުމެއް" ގޮތުގައި ކަމަށެވެ. މީގެ އިތުރުން، އުދުހޭ ކާރު އުފައްދާ ކެލިފޯނިއާގެ އެލެފް ކުންފުނީގެ ސީއީއޯ ޖިމް ޑްކޮވްނީ ބުނި ގޮތުގައި، ޓެސްލާގެ ކާރު މައްޗަށް އުފުލުމަކީ ސަތޭކަ އިންސައްތަ ވެދާނެ ކަމެކެވެ. ނަމަވެސް، އެންމެ އުނދަގޫ ބަޔަކީ ސީދާ މައްޗަށް އަރައި، ކުރިއަށް ދިޔުމަށް ބަދަލުވާ ބަދަލުވުން ކަމަށެވެ. އެލެފް ކުންފުނިން އުފައްދާ އުޅަނދުގައި 8 ޕްރޮޕެލަރު ހުންނައިރު، އޭގެ ބަރުދަނަކީ ޓެސްލާ ރޯޑްސްޓާގެ ބަރުދަނުގެ ކުޑަ މިންވަރެއް ކަމަށްވާ އެންމެ 254 ޕައުންޑެވެ. އަދި އޭގައި އުފުލެނީ އެންމެ މީހެކެވެ.