ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް، ގަވިން ފިހާރައިން ވިއްކާ ފްރިޖާއި ދޮންނަ މެޝިނުން ޚާއްސަ ޑިސްކައުންޓުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް، ގަވިން ފިހާރައިން ފްރިޖާއި ދޮންނަ މެޝިނުން ހާއްސަ ޑިސްކައުންޓުތަކެއް ލިބޭގޮތަށް ޕްރޮމޯޝަނެއް ފެށިއިރު، މި ސޭލްގެ ދަށުން އަގުހެޔޮކޮށްފައިވަނީ ގަވިންގެ އަމިއްލަ ބްރޭންޑެއް ކަމަށްވާ "އަވިން" ބްރޭންޑުގެ އުފެއްދުންތަކެވެ.
އެގޮތުން، ކުރިން 9,000 ރުފިޔާއަށް ވިއްކި އަވިން 10 ކިލޯގެ ދޮވެ ހިއްކާ މެޝިނެއް މިހާރު 7,020 ރުފިޔާއަށް ލިބެން ހުންނާނެ ކަމަށް އެ ފިހާރައިން މައުލޫމާތު ދެއެވެ. މީގެ އިތުރުން ސިންގަލް ޑޯ ފްރިޖު 7,560 ރުފިޔާއަށް އަދި ޑަބަލް ޑޯ ފްރިޖު 9,720 ރުފިޔާއަށް މި ޕްރޮމޯޝަންގެ ދަށުން ލިބެން ހުންނާނެއެވެ.
ގަވިން ހިރާއިން ރޯދައަށް ފެށި ޕްރޮމޯޝަނުގައި ލިބެންހުރި ބައެއް ބާވަތްތައް... ފޮޓޯ/ ގަވިން ފިހާރަގަވިން އިން ބުނި ގޮތުގައި މި ޕްރޮމޯޝަންގެ ހުރިހާ މުދަލެއް ވެސް އެ ކުންފުނީގެ ހުރިހާ ފިހާރައަކުން ލިބެން ހުންނާނެއެވެ. އަދި ގްރޭޓާ މާލެ ސަރަހައްދުގެ އިތުރުން މާލޭގެ ބަނދަރުގައި އަޅާފައިވާ ބޯޓުފަހަރަށް މުޅިން ހިލޭ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް ވެސް ވަނީ ހަމަޖައްސައިފައެވެ.
މި ޕްރޮމޯޝަންގެ އިތުރުން، ކޮންމެ ހަފުތާ ބަންދަކާ ދިމާކޮށް ހުޅުމާލޭ ޝޯރޫމް ކުރިމަތީގައި ހާއްސަ "ވީކެންޑް ސޭލް" އެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ނިންމައިފައެވެ. މި ސޭލް އޮންނާނީ ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.
ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ އަހަރުގެ ފެބުރުއަކީ މަހުގެ 7 ކަމަށް ކަލަންޑަރުތަކުން ދައްކާއިރު، މި ދުވަސްވަރާ ދިމާކޮށް ގޭތެރޭގައި ހިފާ ގެންގުޅޭ ތަކެތި ހޯދަން ގިނަ ބަޔަކު ދަނީ ތައްޔާރުވަމުންނެވެ.
ގަވިން ފިހާރައިގެ އައުޓްލެޓްތައް ހުންނަނީ ހުޅުމާލޭ ރީތިގަސް މަގު، މާލޭ މަޖީދީ މަގު (ސްޓާ ރެސްޓް ކުރިމަތި) އަދި ބޮޑުތަކުރުފާނު މަގު (އެމްޕީއެލް ކައިރި) ގައެވެ.
ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް މި ފިހާރަތައް ހުޅުވިފައި ހުންނާނެއެވެ.