ރައީސް މައުމޫން އުނގޫފާރަށް ވަޑައިގެންފި

އުނގޫފާރުން: މުރުޝިދު އަބްދުލްހަކީމް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރ. އުނގޫފާރަށް މިއަދު ހަވީރު ވަޑައިގެންފި އެވެ.

މައުމޫން މިއަދު ހަވީރު އުނގޫފާރަށް ވަޑައިގެންނެވީ، އަވަހާރަ ކޮށްލާފައިވާ ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް އަލީގެގެ ހަނަދާނުގައި މިރޭ ބާއްވާ ތައުބީންގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށެވެ.

ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫނަށް މަރުހަބާ ކިއުމަށް އުނގޫފާރުގައި ތިބި ޕީޕީއެމަށް ތާއީދުކުރާ ގިނަ އަދަދެއްގެ މީހުން ވަނީ އަތިރިއަށް ނުކުމެފަ އެވެ. އަދި އެއަތޮޅުގެ ދުވާފަރުގެ ރައްޔިތުންގެ ތެރެއިން ގިނަ އަދެދެއްގެ މީހުން ވެސް ވަނީ އުނގޫފަށް ގޮސް މައުމޫނަށް މަރުހަބާ ކިޔާފަ އެވެ.

ތޫނު އެއްޗަކުން ހަމަލާ ދިނުމަށް ފަހު އަވަހާރަ ކޮށްލާފައިވާ ޕީޕީއެމްގެ ދީނީ ގޮފީގެ ރައީސް ޑރ. އަފްރާޝީމްގެ ހަނދާނުގައި މިރޭ މި ރަށުގައި ބާއްވާ ޖަލްސާގައި ބައިވެރިވުމަށް ޕީޕިއެމް ޕާލަމެންޓްރީގެ ގުރޫޕްގެ މެންބަރުންނާއި އަދި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުން ވަނީ މިއަދު އުނގޫފަރަށް ވަޑައިގެންފަ އެވެ.

މިރޭ ބާއްވާ އެ ޖަލްސާގައި މައުމޫނު ވާހަކަފުޅު ދެއްކުމަށް ހަމަޖެހިފައިވާ ކަމަށް ޕީޕީއެމުން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު