ދުނިޔޭގައި ކެންސަރުު ބަލި ޖެހޭ ކޮންމެ އަށް މީހެއްގެ ތެރެއިން އެކަކަށް އެ ބަލި ޖެހެނީ، ފަރުވާކުރެވޭ ނުވަތަ ރައްކާތެރިވެވޭ އިންފެކްޝަންތަކެއްގެ ސަބަބުން ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ.
'ދަ ލާންސެޓް އޮންކޮލޮޖީ' ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާއިން ދައްކާ ގޮތުގައި، ވެކްސިން ދިނުމާއި، ސްކްރީންކުރުން އަދި އާދައިގެ ފަރުވާތަކުން ރައްކާތެރިވެވޭ އިންފެކްޝަންތަކާ ކެންސަރުުގެ ގިނަ ކޭސްތަކަކާ ގުޅުން ހުރެއެވެ. އެގޮތުން 2024 ވަނަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން އަލަށް ކެންސަރުު ޖެހުނު 2.3 މިލިއަން މީހުންނަށް (ޖުމްލަ ކޭސްތަކުގެ 12 އިންސައްތަ) ބަލި ޖެހިފައިވަނީ އިންފެކްޝަންގެ ސަބަބުންނެވެ.
މީގެ ތެރެއިން އެންމެ އާންމު ދެ އިންފެކްޝަނަކީ ގޮހޮރުގެ ކެންސަރުާ ގުޅުންހުރި 'އެޗް. ޕައިލޯރީ' އާއި ރަހިމުގެ ދޮރުގެ ކެންސަރުަށް މަގުފަހިކުރާ 'ހިއުމަން ޕެޕިލޯމާވައިރަސް' (އެޗްޕީވީ) އެވެ. ދިރާސާކުރި ފަރާތްތަކުން ލަފާކުރާ ގޮތުގައި 2024 ވަނަ އަހަރު ފެނުނު ކެންސަރުު ކޭސްތަކުގެ ތެރެއިން 1.5 މިލިއަނަށް ވުރެ ގިނަ ކޭސް ގުޅިފައިވަނީ މި ދެ އިންފެކްޝަނާއެވެ.
އިންޓަނޭޝަނަލް އޭޖެންސީ ފޯ ރިސާޗް އޮން ކެންސަރު (އައިއޭއާރްސީ) ގެ އެޕިޑެމިއޮލޮޖިސްޓް އަދި މި ދިރާސާގެ އިސް މުސައްނިފު ގެރީ ކްލިފޯޑް ބުނި ގޮތުގައި، ކެންސަރުާ ހަމައަށް ދިއުމުގެ ކުރިން މިކަންކަން ހުއްޓުވުމުގެ ފުރުސަތު އެބައޮތެވެ. އަދި މިކަމަށް ބޭނުންވަނީ ސިޔާސީ ނިންމުންތަކާއި، މާލީ އެހީތެރިކަމާއި، އާންމުންގެ އެއްބާރުލުން ކަމަށް އޭނާ ފާހަގަކުރިއެވެ.
ދިރާސާގައި ބައިވެރިވި އައިއޭއާރްސީގެ އެޕިޑެމިއޮލޮޖިސްޓް ހެރިއެޓް ރަމްގޭ ބުނީ، ކެންސަރުަށް މަގުފަހިކުރާ މައިގަނޑު ފަސް އިންފެކްޝަންގެ ތެރެއިން ހަތަރު އިންފެކްޝަނަކަށާއި އެޗްއައިވީއަށް ރައްކާތެރިވުމުގެ ފިޔަވަޅުތައް މިހާރުވެސް ހުރި ކަމަށެވެ. އޭގެ ތެރޭގައި ވެކްސިން ލިބެން ހުންނަ އެޗްޕީވީ އާއި ހެޕަޓައިޓިސް ބީގެ އިތުރުން، ޓެސްޓުކޮށް ފަރުވާ ދެވެން ހުންނަ އެޗް. ޕައިލޯރީ އާއި ހެޕަޓައިޓިސް ސީ ހިމެނެއެވެ.
މި ދިރާސާއިން ދައްކާ ގޮތުގައި އިންފެކްޝަންގެ ސަބަބުން ކެންސަރުު ޖެހޭ ނިސްބަތް އެންމެ ބޮޑީ އާމްދަނީ މަދު އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގައެވެ. އިންފެކްޝަންތަކާ ގުޅިގެން ކެންސަރުު ޖެހުނު ޖުމްލަ މީހުންގެ 77 އިންސައްތަ ނިސްބަތްވަނީ މި ގައުމުތަކަށެވެ. މިއީ ވެކްސިން ދިނުމާއި ސްކްރީންކުރުމުގެ ފުރުސަތުތައް މި ގައުމުތަކުގައި ކުޑަވުމުގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ދިރާސާގައި ބުނެފައިވެއެވެ.
ޔުނިވާސިޓީ އޮފް ޓެކްސަސް އެމްޑީ އެންޑަސަން ކެންސަރު ސެންޓަރުގެ އެޕިޑެމިއޮލޮޖީ ޕްރޮފެސަރު ވެރޯނިކާ ފެޑިރްކޯ ފާހަގަކުރި ގޮތުގައި، ކެންސަރުަށް މަގުފަހިކުރާ އިންފެކްޝަނެއް ހުރުމަކީ ކޮންމެހެން ކެންސަރުު ޖެހޭނެ ކަމެއް ނޫނެވެ. ގިނަ މީހުންނަށް ކެންސަރުު ނުޖެހުނު ނަމަވެސް، އިންފެކްޝަން ގިނަ ދުވަހު ހުރުމާއެކު އުމުރާއި، ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ އެހެނިހެން ކަންކަމާ ގުޅުމުން ކެންސަރުު ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަށް އޭނާ ބުންޏެވެ.
މި ދިރާސާއަކީ 2018 ވަނަ އަހަރު އާންމުކުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، އިތުރު 16 އިންފެކްޝަން-ކެންސަރުު ޕެއަރ ހިމަނައިގެން ތައްޔާރުކޮށްފައިވާ ދިރާސާއެކެވެ. މީގެ ތެރޭގައި އީބީވީ ވައިރަހާ ގުޅުންހުރި ކެންސަރުުތައް ހިމެނެއެވެ. ކްލިފޯޑް ބުނި ގޮތުގައި އީބީވީ އަކީ ކެންސަރުަށް މަގުފަހިކުރާ ކަމަށް މީގެ 60 ވަރަކަށް އަހަރު ކުރިން އެންމެ ފުރަތަމަ ހޯދުނު ވައިރަހެވެ.
މެމޯރިއަލް ސްލޯން ކެޓަރިން ކެންސަރުު ސެންޓަރުގެ ރޭޑިއޭޝަން އޮންކޮލޮޖިސްޓް ޑރ. ނޭންސީ ލީ ބުނީ، މި ދިރާސާއިން ވެކްސިންގެ މުހިންމުކަން ހާމަވެގެންދާ ކަމަށެވެ. ރޯގާއިން ރައްކާތެރިވުމަށް ފްލޫ ޝޮޓް ޖަހާ ފަދައިން، ކެންސަރުުން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް އާންމުން ހޭލުންތެރިކުރުވަން ޖެހޭ ކަމަށް އޭނާ ފާހަގަކުރިއެވެ.
ރައްކާތެރި ގޮތުގައި އިންޖެކްޝަން ބޭނުންކުރުމާއި، ކޮންޑަމް ބޭނުންކުރުން ފަދަ ފިޔަވަޅުތަކުގެ ސަބަބުންވެސް ކެންސަރުަށް މަގުފަހިކުރާ އިންފެކްޝަންތައް ފެތުރުން ކުޑަކުރެވޭނެ ކަމަށް ރަމްގޭ ބުންޏެވެ. އަދި މި ފިޔަވަޅުތައް ފުޅާ ދާއިރާއެއްގައި ތަންފީޒުކުރެވިއްޖެނަމަ، ކުރިމަގުގައި އެތައް ލައްކަ ބަޔަކު ކެންސަރުުން ސަލާމަތްކުރެވޭނެ ކަމަށް އޭނާ ފާހަގަކުރިއެވެ.