ޓީޗަރުންގެ ދުވަހާ ގުޅުވައި، ދަ ހޯކްސްއިން ޓީޗަރުންނަށް ސްމާޓް ރީފިއުލިން ވައުޗަރުތައް ދީފި

ޓީޗަރުންގެ ދުވަހާ ގުޅުވައި، ދަ ހޯކްސްއިން ވަނީ ޓީޗަރުންނަށް ސްމާޓް ރީފިއުލިން ވައުޗަރުތަކެއް ދީފައި --

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ޓީޗަރުންނަށް ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުން ސްމާޓް ރީފިއުލިން ވައުޗަރުތަކެއް ދީފިއެވެ.

ދަ ހޯކްސްއިން ވަނީ، މާލެ ސަރަހައްދުގެ ސްކޫލްތަކުގެ އިތުރުން އަތޮޅުތެރޭގެ ސްކޫލްތަކުގައި މަސައްކަތްކުރާ ޓީޗަރުންނަށް ވެސް ވައުޗަރުތައް ހަދިޔާކޮށްފައެވެ.

ދަ ހޯކްސްއިން ބުނި ގޮތުގައި، މިއީ މި އަހަރުގެ ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުންނާއި، ކުދިންނަށް އުނގަންނައިދިނުމުގައި ޓީޗަރުން ވާ ގުރުބާނީ ފާހަގަކޮށް ޝުކުރު އަދާކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. ދަރިވަރުންގެ ކިބައިގައި ރަނގަޅު ސިފަތައް އަށަގަންނުވައި، ގައުމުގެ މުސްތަގުބަލު އުޖާލާކުރުމަށް ޓީޗަރުން ކުރާ ބުރަ މަސައްކަތް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، ޓީޗަރުން ކްލާސްރޫމުން ބޭރުގައި ވެސް ދަރިވަރުންނަށް ދޭ ހިތްވަރާއި އިރުޝާދުގެ ސަބަބުން މުޅި ގައުމަށް އޭގެ ހެޔޮ އަސަރު ކުރާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ދަރިވަރުންގެ އުންމީދުތައް ހާސިލުކުރުމަށް މަގުފަހިކޮށްދިނުމުގައި ޓީޗަރުންގެ ދައުރު ބޮޑުކަން ވެސް އެ ކުންފުނިން ފާހަގަކުރިއެވެ.

ޓީޗަރުންނަށް ދިން މި ވައުޗަރުތައް ބޭނުންކުރެވޭނީ "ހޯކްސްޕްލަސް" އެޕްލިކޭޝަން މެދުވެރިކޮށެވެ. މިއީ ތެޔޮ އެޅުމުގެ ޚިދުމަތް ފަސޭހަކަމާއެކު ހޯދުމަށް ފަރުމާކޮށްފައިވާ ޑިޖިޓަލް ޕްލެޓްފޯމެކެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ރަޖިސްޓަރީވެ، ފައިސާ ޖަމާކޮށް، ނަގުދު ފައިސާއާ ނުލައި ތެލަށް ފައިސާ ދެއްކޭނެއެވެ.

މީގެ އިތުރުން، ތެޔޮ އަޅާ ކޮންމެ ފަހަރަކު ލިބޭ ޕޮއިންޓް އެއްކޮށްގެން، ކުރިއަށް އޮތް ތަނުގައި ތެޔޮ އަޅާއިރު ޑިސްކައުންޓް ހޯދުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް ލިބެއެވެ. މި އެޕްލިކޭޝަންގައި ތެލުގެ އަގުތައް ވަގުތުން ބަލައިލުމާއި، އެންމެ ކައިރީގައި ހުރި ސްޓޭޝަންތައް ހޯދުމުގެ ޚިދުމަތާއި، ތެޔޮ އެޅުމަށް ކުރިއާލައި ބުކިން ހެދުމުގެ ޚިދުމަތް ވެސް ހިމެނެއެވެ.

ދަ ހޯކްސްއަކީ 2007 ވަނަ އަހަރު އުފެދި، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ އެއް ކުންފުންޏެވެ. އެ ކުންފުނިން މިހާރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 22 ފިއުލް ސްޓޭޝަން ހިންގަމުންދެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު