ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލީ ފްލެޖް އިސްލާމިކް ބޭންކް، މޯލްޑިވްސް އިސްލާމިކް ބޭންކަކީ އެބޭންކުގެ ހިދުމަތް ދިވެހިންނަށް ދޭންފެށި ދުވަހުން ފެށިގެންވެސް ދިވެހިން އެބޭންކަކަށް ނުހަނު އިތުބާރު ކުރާ ބޭންކެކެވެ. ރާއްޖޭގައި އެހެން ބޭންކުތަށްވެސް ހުޅުވި ނަމަވެސް އެކައުންޓް ހުޅުވުމާއި އެކި ބޭނުންތަކަށް ދިވެހިން ފުރަތަމަ ދުވަހުން ފެށިގެން ކިއު ދަމާލި ދެވަނަ ބޭންކެއް ނެތްކަމީ ފެނަން އޮތް ހަގީގަތެކެވެ.
ފުރަތަމަ ދުވަހުންފެށިގެންވެސް އެމްއައިބީއިން ދިޔައީ ތަޖުރިބާކާރުން ހީކުރިވަރަށްވުރެ ބޮޑެތި ކުރިއެރުންހޯދަމުނެވެ. ފަސް އެނބުރި ބެލުމެއްނެތި ދިވެހިންގެ މިންނެތް މަސައްކަތުން އެބޭންކުންދިޔައީ މިދާއިރާއަށް މީހުން ބީނާކޮށް ރާއްޖެއަށް ހެޔޮވަރު އެކި އިސްލާމީ މާލީ ޕްރޮޑަކްޓުތަށް ތައާރަފްކުރަމުނެވެ. 15 އަހަރަކީ ބޭންކެއްގެ ނިސްބަތުން ވަރަށް ކުރމުއްދަތެކެވެ. ނަމަވެސް މި މުއްދަތުގައި އެމްއައިބީއިން ވަނީ ދިވެހިންގެ ހިފެހެއްޓުމެއް ނެތް އިތުބާރާއި، އެމްއައިބީއަށް އޮތް ލޯތްބާއިއެކު 10 މިލިއަން ޑޮލަރުން 1 ބިލިއަން ޑޮލަރުގެ ބޮޑު ބޭންކަކަށް ވެފައެވެ.
މި ވޭތުވެދިޔަ 15 އަހަރު އެބޭންކު ކުރިއަރަމުންދިޔަ އެންމެ ބޮޑު އެއްސަބަބަކީ ރައްޔިތުން ކުރި އިތުބާރެވެ. މިއަދުވެސް މި ހަގީގަތަކަށް ބަދަލެއް ނާދެއެވެ. ގިނަ ކަންކަމުގައި ދިވެހިން ފުރަތަމަ އިހްތިޔާރަކީ މިއަދު އެމްއައިބީއެވެ. އެބޭންކުން އެބޭންކުގެ ކަސްޓަމަރުންނަށް އަދި ދިވެހިންނަށް ދޭން ބޭނުންވާ މެސެޖަކީވެސް އެއެވެ. ތިޔަ ރައްޔިތުން އިތުބާރު ކުރާވަރުގެ މަސައްކަތެއް އެބޭންކުން ކުރާނެކަމެވެ. ރައްޔިތުންގެ ފައިސާއާއިމެދު އިތުބާރު ކުރެވޭނެކަމެވެ. ސަލާމަތީގޮތުން އެބޭންކުގެ އޮންލައިން ޕްލެޓް ފޯމުތަކަށް ބަލާލިޔަސް ފެންނަނީ އިތުބާރުކުރެވޭނެ ސިފަތަކެކެވެ. ޓޫފެކްޓާ އޮތެންޓިކޭޝަނާއި، އީމެއިލަށް އޯޓީޕީ ނުފޮނުވޭގޮތް އެބޭންކުން އޮތީ މާކުރިންވެސް ހަދާފައެވެ. އެމްއައިބީގެ ހަރުދަނާ ސިޔާސަތުތަށް ވެފައިވަނީ ބޮޑެތި ބޭންކުތަކުން ބެންޗް މާކުގެ ގޮތުގައި ގެންގުޅޭކަންކަމަށެވެ. މިއަދުވެސް އެމްއައިބީއިން ދޭ ޔަގީންކަމަކީ ދިވެހިންގެ ކުރިއެރުމާއި ލާބަޔަށް މަސައްކަތް ކުރުމުގައި ދެމި އޮންނޭނެކަމެވެ. މުޖުތަމައު އަށް އެހީވުމަށް އެކި ރޮނގުރޮނގުން ކުރަމުން އަންނަ މަސައްކަތް އެގޮތުގައި ދެމި އޮންނޭނެކަމެވެ. އެކުގައި ކުރި އަރާދިޔުމަށް އޮތް ޝައުގުވެރިކަމެވެ.