އޯޕަންއޭއައިގެ މޮޑެލްތަކުން އެމެރިކާ ސަރުކާރުގެ ޢާންމު މަޢުލޫމާތުތަކަށް ވާސިލްވެއްޖެ

އޯޕަންއޭއައި އިން ދަނީ އަމިއްލައަށް ދިރާސާކޮށް މަސައްކަތްތައް ނިންމުމުގެ ޤާބިލުކަން ލިބިގެންވާ "އޭޖެންޓިކް އޭއައި" ސިސްޓަމްތައް ތަރައްޤީކުރަމުން ---

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އުފައްދާ އެމެރިކާގެ އޯޕަންއޭއައި ކުންފުނީގެ އޭއައި މޮޑެލްތަކުން، އެމެރިކާ ސަރުކާރުގެ ރަސްމީ ވެބްސައިޓްތަކުގައިވާ ޢާންމު މަޢުލޫމާތުތަކަށް ވާސިލްވެފައިވާ ކަމަށް ބްލޫމްބާގް ނިއުސްއިން ރިޕޯޓުކޮށްފިއެވެ.

މިކަމާ ގުޅޭ މަޢުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ ބްލޫމްބާގްއިން ބުނެފައިވަނީ، އޯޕަންއޭއައިގެ އޭޖެންޓިކް އޭއައި ސިސްޓަމްތަކުން އެމެރިކާގެ ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަން (އެސްއީސީ)ގެ ވެބްސައިޓްތައް ކަމަށްވާ އެސްއީސީ.ޖީއޯވީ އާއި އިންވެސްޓާ.ޖީއޯވީގެ އިތުރުން ސެންސަސް ބިއުރޯގެ ސެންސަސް.ޖީއޯވީ ގައި ހުރި ޢާންމު މަޢުލޫމާތުތަކަށް ވަދެ، އެ މަޢުލޫމާތުތައް ބޭނުންކޮށްފައިވާ ކަމަށެވެ.

މި ކަމާ ގުޅިގެން ސުވާލުކުރުމުން އޯޕަންއޭއައިގެ ތަރުޖަމާނަކު ބުނެފައިވަނީ، އެ ކުންފުނީގެ އޭއައި މޮޑެލްތަކުން ގޯސްކޮށް ހިންގާފައިވާ ޙަރަކާތްތަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި ރިވިއުއެއް ހަދަމުންދާ ކަމަށެވެ. އަދި އެއްވެސް އިދާރާއެއްގެ ސިސްޓަމަށް ނުފޫޒެއް ނުވަތަ އަސަރެއް ކޮށްފާނެ ކަމަށް ފާހަގަކުރެވޭނަމަ، އެ އިދާރާއަކަށް އެކަން އަންގަމުންދާ ކަމަށް ވެސް ތަރުޖަމާނު ބުންޏެވެ.

https://sun.mv/228079

އޯޕަންއޭއައިއިން ބުނި ގޮތުގައި، މި ރިވިއު ކުރިއަށްދާ ވަރަކަށް އިތުރު އިދާރާތަކަށް ވެސް މިފަދަ އެންގުންތައް އެންގުމަށް ވަނީ ހަމަޖެހިފައެވެ.

މިހާތަނަށް ކުރެވުނު ރިވިއުތަކުން އެނގިފައިވާ ގޮތުގައި، މިއީ ޢާންމުކޮށް ކުރާ ދިރާސާގެ މަސައްކަތްތަކެއް ކަމަށާއި، ސަރުކާރުގެ ވެބްސައިޓްތަކަށް މޮޑެލްތައް ވަދެފައިވަނީ އެއީ ޢާންމު މަޢުލޫމާތު ހޯދުމަށް އެންމެ އިތުބާރު ހުރި މަސްދަރުތައް ކަމަށްވާތީ ކަމަށްވެސް އޯޕަންއޭއައިގެ ތަރުޖަމާނު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އޯޕަންއޭއައިއަކީ މަޝްހޫރު ޗެޓްޖީޕީޓީ އުފައްދާފައިވާ ކުންފުންޏަށްވާއިރު، އެ ކުންފުނިން ދަނީ އަމިއްލައަށް ދިރާސާކޮށް މަސައްކަތްތައް ނިންމުމުގެ ޤާބިލުކަން ލިބިގެންވާ "އޭޖެންޓިކް އޭއައި" ސިސްޓަމްތައް ތަރައްޤީކުރަމުންނެވެ.

އިންޓަނެޓް މެދުވެރިކޮށް އެކި ވެބްސައިޓްތަކަށް ވަދެ މަޢުލޫމާތު އެއްކުރުމުގެ ޤާބިލުކަން މިފަދަ އޭއައި މޮޑެލްތަކަށް ލިބިފައިވާއިރު، އޭއައި ސިސްޓަމްތަކުން އޮޓޯމެޓިކޮށް ވެބްސައިޓްތަކަށް ވާސިލްވާ މިންވަރާއި، އޭގެ ސަބަބުން ސައިޓްތަކުގެ ސެކިއުރިޓީއަށް ކޮށްފާނެ އަސަރުތަކާމެދު ފަންނީ މާހިރުންނާއި ސައިބާ ސެކިއުރިޓީ އިދާރާތަކުން ދަނީ ފުޅާ ދާއިރާއެއްގައި ބަލައި ދިރާސާކުރަމުންނެވެ.

comment ކޮމެންޓް