ހިމަބިހީގެ ކޭސްތައް އަނެއްކާވެސް އިތުރުވެ މިދިޔަ ހަފުތާގައި އިތުރު 13 މީހުން ފައްސިވެއްޖެ

މީހަކު ގަޔަށް ވެކްސިން ޖަހަނީ: ހިމަބިހީގެ ކޭސްތައް މިދިޔަ ހަފުތާގައި އަނެއްކާވެސް ވަނީ އިތުރުވެފައި --- ފޮޓޯ/ ގެޓީ އިމޭޖަސް

ހިމަބިހި ޖެހުނު މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވުމަށް ފަހުގައި، މިދިޔަ ހަފުތާގައި އަނެއްކާވެސް އިތުރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އާންމުކުރި ހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގައި އިތުރު 13 މީހުންނަށް ހިމަބިހި ވަނީ ޖެހިފައެވެ. އެކަމަކު، އޭގެކުރީ ހަފުތާގައި މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ، ފަހަކަށް ދަށްވެފައެވެ.

މިދިޔަ ހަފުތާގައި ޖެހުނު މީހުންނާއެކު، މިއަހަރުގެ މިހާތަނަށް މި ވަނީ، ހިމަބިހީގެ ކޭސްތައް 282އަށް އަރާފައެވެ.

އެ ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއިންމިހާތަނަށް ވަނީ، 16،423 މީހުންނަށް ވެކްސިން ދީފައެވެ.

https://sun.mv/227509

ގައިންގަޔަށް ފަސޭހައިން އަރާ ބައްޔެއް ކަމަށްވާ ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ މީހުންނަށް، ކަނޑައެޅިފައިވާ ވެކްސިން ދޭ މަރުކަޒުތަކަށް ޒިޔާރަތްކޮށް ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. އަދި ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓްވިކަން އެނގޭ މީހުންނަށް، ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުން ވެކްސިން ޖަހަން ކަނޑައަޅާފައިވާ ވަގުތުގައި ވެކްސިން ޖެހޭނެ ކަމަށް އެ އެޖެންސީން ވަނީ ބުނެފައެވެ.

ސިއްހީ މާހިރުން އިރުޝާދު ދެއްވާ ގޮތުގައި، ހުން އައުމާ އެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފި ނަމަ، ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަކީ ވަރަށް މުހިއްމު ކަމެކެވެ. ބަލީގެ އަލާމާތްތަކަށް ސަމާލުވުމަކީ ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ.

comment ކޮމެންޓް