ރިޝްވަތާއި މަނީ ލޯންޑަރިން މައްސަލައިގައި މިމަހު ފަހުކޮޅު ޔާމީން ދަށު ކޯޓަށް ހާޒިރުކުރަނީ

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުމް: ޔާމީން މި މަހު ފަހުކޮޅު ކޯޓަށް ހާޒިރުކުރަނީ -- ސަން ފޮޓޯ: މުޙައްމަދު ޝާން

ދައުލަތުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލައިފައިވާ ރިޝްވަތުގެ ކުށާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާތަކާ ގުޅިގެން މި މަހު ފަހުކޮޅު ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގައިފިއެވެ.

ޔާމީނަށް މިއަދު އެ ކޯޓުން ފޮނުވި ޗިޓުގައިވަނީ، މި މަހުގެ 29ވަނަ ދުވަހުގެ ހެނދުނު 9:15އަށް ހާޒިރުވާން އަންގައިފައެވެ.

ކްރިމިނަލް ކޯޓަށް ޔާމީނު ހާޒިރުކުރަނީ އެމަނިކުފާނުގެ މައްޗަށް ދައުވާކުރާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިން ކުށުގެ މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅިގެން ވާހަކަދެއްކުމަށް ބާއްވާ އަޑުއެހުމަކަށެވެ.

ފާހަގަކުރެވޭ ގޮތުގައި ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތްވެފައިވާ ކަމަށް ތުހުމަތުކުރާ މައްސަލައިގައި ޔާމީންގެ މައްޗަށް އެ މައްސަލަ ސާބިތުވާ ކަމަށް ކަނޑައެޅީ ޑިސެންބަރު 25، 2022ގައެވެ. ނަމަވެސް ދިގުދެމިގެންދިޔަ ޝަރީއަތަކަށް ފަހު 2023 ވަނަ އަހަރުގެ ފަހުކޮޅު ހައިކޯޓުން ވަނީ އެ މައްސަލައިގައި ޔާމީންގެ މައްޗަށް ސާބިތުވި ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބަލަން އަންގައިފައެވެ.

އޭރު ހައިކޯޓުން ނިންމީ މައްސަލަ އަލުން ބަލާއިރު ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކި ބަލައިނުގަނެވޭނެ ކަމަށެވެ. އާރަށު މައްސަލައިގައި ޚިޔާނާތާއި މަނީ ލޯންޑްރިންގެ ކުށް ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށް ދަށު ކޯޓުން ހުކުމްކުރީ އައު ހެކިތައް ބަލައިގަތުމަށް ފަހެވެ.

އެކަމަކު އައު ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމީ މިދިޔަ ޖުލައި މަހުގެ ފުރަތަމަ ދުވަހެވެ.

comment ކޮމެންޓް