އިސްލާމްދީނަކީ ސާބިތުކަމާއެކު އަބަދުވެސް އީޖާދީ ކުރިއެރުމާއި، ތަހުޒީބާއި، އިންސާނީ ދިރިއުޅުން ފަސޭހަކޮށްދޭ ތަރައްގީއަށް ބާރުއަޅާ މަތިވެރި ދީނަކަށްވާއިރު، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ 15 އަހަރުގެ ދަތުރަކީ ދީނީ އުސޫލުތަކުގައި ސާބިތުވެ ތިބެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ގައުމަކަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދެވިދާނެކަން ސާބިތުކޮށްދިން ދަތުރެކެވެ.
އިސްލާމީ މާލީ ނިޒާމުގެ އިތުބާރާއެކު އެމްއައިބީން ވަނީ ދިވެހިރާއްޖޭގެ ބޭންކިން ދާއިރާ މުޅިން ބަދަލުކޮށްލާފައެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކުގެ އޭޓީއެމްގެ ޚިދުމަތް ފެށުމުގެ ތެރެއިން: ފޮޓޯ/ އިސްލާމިކް ބޭންކްއަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އޮންލައިންކޮށް ވަގުތުން އެކައުންޓް ހުޅުވޭނެ އިންތިޒާމާއި، ވަގުތުން ޑެބިޓް ކާޑު ދޫކުރުމުގެ އިތުރުން 'ފައިސާވެއަ' އަނގޮޓިއާއި ޓެގް ފަދަ ޒަމާނީ ޕޭމަންޓް ހައްލުތައް ރާއްޖެއަށް އެންމެ ފުރަތަމަ ތައާރަފުކުރި ބޭންކަކީ އެމްއައިބީއެވެ.
ކަސްޓަމަރުން ބޭންކަށް ސައިންއަޕްވުމުން ފެށިގެން، އުޖާލާ ފައިނޭންސިންއަށް އެދުމާއި އެކައުންޓްތައް ބެލެހެއްޓުމާ ހަމައަށް ބޭންކުގެ މައިގަނޑު ހުރިހާ ޚިދުމަތްތަކެއް މިހާރު ވަނީ ޑިޖިޓަލައިޒްކޮށް، އާންމުންގެ ދިރިއުޅުމަށް ބޮޑު ލުޔެއް ގެނެސްދީފައެވެ.
އިންސާނުންގެ ލާބަޔާއި ފަސޭހައަށްޓަކައި ޢިލްމާއި ޓެކްނޮލޮޖީ ބޭނުންކުރުމަށް އިސްލާމްދީން އިރުޝާދުދޭ ފަދައިން، ބޭންކުގެ ޑިޖިޓަލް ވަސީލަތްތަކަށް ކަސްޓަމަރުން އަންނަނީ ބޮޑު ތަރުހީބެއް ދެމުންނެވެ. މިގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރާއި ދެވަނަ ކުއާޓަރާ ދެމެދު އިންޓަނެޓް އަދި މޯބައިލް ބޭންކިން ލޮގިން ކުރި އަދަދު ވަނީ 3.76 މިލިއަނުން 4.19 މިލިއަނަށް އިތުރުވެފައެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފައިސާ މޯބައިލް އެޕް ތައާރަފްކުރުމުގެ ތެރެއިން: ފޮޓޯ/ އިސްލާމިކް ބޭންކްމިއީ 11.4 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެއިތުރުން، ޑިޖިޓަލް މުއާމަލާތްތަކުގެ އަދަދު 25.02 މިލިއަނުން 29.95 މިލިއަނަށް (19.7 އިންސައްތަ) އުފުލިފައިވާއިރު، އޭޓީއެމް، ޕީއޯއެސް އަދި ކާޑު މުއާމަލާތްތަކުގެ އަދަދު ވަނީ 3.72 މިލިއަނަށް އަރާފައެވެ.
މި ކާމިޔާބީގެ މައިގަނޑު ސިއްރަކީ 'ފައިސާނެޓް'، 'ފައިސާމޯބައިލް އެކްސް' އަދި 'އެޕްލައިނައު ޕޯޓަލް' ފަދަ ޑިޖިޓަލް ޕްލެޓްފޯމްތަކަށް ގެނެވުނު އިސްލާހުތަކާއި ޕީއޯއެސް ޚިދުމަތްތައް ފުޅާކުރުމެވެ. މިއަދު އެމްއައިބީގެ 90 އިންސައްތައަށްވުރެ ގިނަ ކަސްޓަމަރުން ޚިދުމަތް ހޯދަނީ ބްރާންޗަށް ނުގޮސް މޯބައިލް ބޭންކިން އާއި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށެވެ.
މީގެއިތުރުން 'އުޖާލާނައު' މެދުވެރިކޮށް އުޖާލާ ފައިނޭންސިންގެ ހުރިހާ ޚިދުމަތެއް އޮންލައިންކޮށް މެނޭޖްކުރެވޭއިރު، އޭޓީއެމް/އީސީއާރުއެމް އަދި ޕޭމަންޓް ގޭޓްވޭ ފަދަ ވަސީލަތްތަކުން ކަސްޓަމަރުންނަށް އަވަސް، ފަސޭހަ ޚިދުމަތެއް ލިބެމުންދެއެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކުގެ ވިސާ ކާޑު ތައާރަފުކުރުމުގެ ތެރެއިން: ފޮޓޯ/ އިސްލާމިކް ބޭންކްމިއަދު 'އެޕްލައިނައު' ޕޯޓަލްއާއި، ފައިސާނެޓާއި، ފައިސާ މޮބައިލްއެކްސް ފަދަ ޒަމާނީ ޑިޖިޓަލް ވަސީލަތްތަކާއެކު 218,000 އަށްވުރެ ގިނަ ކަސްޓަމަރުންނަށް ޚިދުމަތް ދެމުން އަންނަ އެމްއައިބީ ވަނީ، ޒަމާންވީ ބޭންކުތައް ފަހަތަށް ޖައްސާލުމަށްފަހު، ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ބޭންކުގެ މަގާމު ހޯދާފައެވެ.
އަމާނާތްތެރިކަމާއި ރައްކާތެރިކަމަކީ އިސްލާމީ މުއާމަލާތްތަކުގެ މައިގަނޑު އަސާސް ކަމަށްވާތީ، އެމްއައިބީން އަންނަނީ ބޭންކިން ނިޒާމުގެ ރައްކާތެރިކަން ވަރުގަދަކޮށް، ޚިދުމަތްތަކުގެ އިތުބާރު ބޮޑުކުރުމަށްޓަކައި ޑިޖިޓަލް އިންފްރާސްޓްރަކްޗާއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ.
މިވީ 15 އަހަރުގެ މި ދަތުރުގައި އެމްއައިބީން ވަނީ އިސްލާމްދީނަކީ އަބަދުވެސް ތަރައްޤީއާއި، ޒަމާނީ ކުރިއެރުމާއި، އީޖާދީ ބަދަލުތަކަށް މަގުފަހިކޮށްދޭ ދީނެއްކަން އަމަލުން ސާބިތުކޮށްދީ، ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް އިސްލާމިކް ބޭންކުގެ މަގާމު ހޯދާފައެވެ.