ޓެންޒޭނިއާގެ ރައީސާގެ ފިރިކަލުން އަވަހާރަވެއްޖެ

ޓެންޒޭނިއާގެ ރައީސާއާއި ފިރިކަލުން: ފިރިކަލުން މިއަދު ވަނީ އަވަހާރަވެފައި --

ޓެންޒޭނިއާގެ ރައީސާ ސަމީއާ ސުލުހޫ ޙަސަންގެ ފިރިކަލުން، ހަފީޒު އަމީރު ޙަސަން މިއަދު އަވަހާރަވެއްޖެއެވެ.

ޓެންޒޭނިއާގެ ނައިބު ރައީސް ޑޮގްރޭޝިއަސް ނިޖެމްބީ ވިދާޅުވި ގޮތުގައި 76 އަހަރުގެ ޙަސަން އަވަހާރަވީ ޒަންޒިބާރުގެ ހޮސްޕިޓަލެއްގައެވެ. މީގެ ކުރިން ބައެއް ރިޕޯޓުތަކުގައި ވަނީ، ހިތުގެ އާލާސްކަންފުޅަކާ ގުޅިގެން ޙަސަން ފަރުވާ ހޯއްދަވަމުން ގެންދަވާކަން ހާމަކޮށްފައެވެ.

ނައިބު ރައީސް ވަނީ، ޙަސަންގެ އާއިލާ ނިސްބަތްވާ އަވަށުގައި އޭނާ ފަސްދާނުލާފައިވާކަން ވެސް އިއުލާންކުރައްވައިފައެވެ.

ޓެންޒޭނިއާގެ ފުރަތަމަ އަންހެން ރައީސްގެ ގޮތުގައި ސަމީއާ ވެރިކަމަށް ވަޑައިގަތީ މާޗް 19، 2021ގައެވެ. އެއަށްފަހު މިދިޔަ އަހަރު އެ ކަމަނާ ދެވަނަ ދައުރެއް ކާމިޔާބު ކުރައްވައިފައިވާއިރު، އެ އިންތިޚާބުން 97 ޕަސެންޓް ވޯޓު ހޯއްދެވިއެވެ. ނަމަވެސް އެ އިންތިޚާބު ބޭއްވީ މައި އިދިކޮޅު ދެ ޕާޓީގެ ކެންޑިޑޭޓުންނަށް ވާދަނުކުރެވޭ ގޮތަށް ކަމުން، ސަރުކާރަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވިއެވެ.

ރައީސާ ސަމީއާއާއި ފިރިކަލުންގެ ހަތަރު ބޭފުޅުން ތިއްބަވައެވެ.

comment ކޮމެންޓް