އުރީދޫގެ ކުޑަކުދިން ހަވީރެއް މާދަމާ ހުޅުމާލޭގައި ބާއްވަނީ

އުރީދޫއިން މީގެ ކުރިން ބޭއްވި ކުޑަކުދިންގެ ހަވީރެއްގެ ތެރެއިން-- ފޮޓޯ: އުރީދޫ

ކުޑަކުދިންނަށް ހާއްސަކޮށްގެން އުރީދޫން ކުރިއަށްގެންދާ "އުރީދޫ ކިޑްސް އިވްނިން" މާދަމާ ބާއްވަން ނިންމައިފިއެވެ.

މި ހުކުރު ދުވަހު ބާއްވާ މި ހަރަކާތް ކުރިއަށްދާނީ ހަވީރު 16:00 އިން ފެށިގެން 18:00 ގެ ނިޔަލަށެވެ. މި ހަރަކާތް އޮންނާނީ ހުޅުމާލެ އަމާން އުދަރެސް ތިނެއް އަދި ހަތެއް ފްލެޓް ސަރަހައްދުގައެވެ.

މި ހަރަކާތަށް ޒިޔާރަތްކުރާ ފަރާތްތަކަށް ތަފާތު ގިނަ އިނާމުތަކާއި ވައުޗަރުތައް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން، މި ހަރަކާތުގެ ތެރެއިން ލިބޭ އިނާމުތަކުގެ ތެރޭގައި ކްރޭޕް ރަނާގެ ވައުޗަރުތައް ހިމެނެއެވެ. އަދި ޓްރޮޕިކަލް ގޭމް ސެންޓަރުގެ 300 ރުފިޔާގެ ވައުޗަރު ވެސް ލިބޭނެއެވެ.

މީގެ އިތުރުން، ސްޕާ ސިލޯންގެ 500 ރުފިޔާގެ ވައުޗަރުތަކެއް ވެސް މި ހަރަކާތުގެ ތެރެއިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މުއާސަލާތީ ކުންފުނި އުރީދޫއަކީ މިފަދަ އިޖުތިމާއީ ގިނަ ހަރަކާތްތަކެއް އަބަދުވެސް ހިންގާ ކުންފުންޏެކެވެ.

comment ކޮމެންޓް