އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

އިންޖިނިއަރިން ކިޔަވާ ދިވެހި ދަރިވަރުންތަކެއް -- ފޮޓޯ/ އިންފްރާސްޓްރަކްޗާ މިނިސްޓްރީ

ދިވެހި އިންޖިނިއަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން ދިނުމަށް ހަމަޖެހިފައިވާ އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

"އިންޖިނިއާސް އެވޯޑު 2026" އަކީ ދިވެހިރާއްޖޭގެ ތަރައްގީއަށާއި އިންޖިނިއަރިން ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.

https://sun.mv/225644

ހައުސިން މިނިސްޓްރީން މިއަދު ބުނީ އެ ފުރުސަތު މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

އިންޖިނިއަރުންގެ އެވޯޑު ދޭން ނިންމައިފައިވާއިރު އެ އެވޯޑް 10 ގިންތިއަކުން ދިނުމަށް މިނިސްޓްރީއިން ވަނީ ކަނޑައަޅާފައެވެ. އެއީ:

  • އިންޖިނިއާ އޮފް ދަ އިޔާ
  • ލައިފްޓައިމް އެޗީވްމަންޓް އެވޯޑް
  • ޔަންގް އިންޖިނިއަރު އެވޯޑް
  • ވިމެން އިން އިންޖިނިއަރިން އެވޯޑް
  • އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑް
  • ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑު
  • އިންޖިނިއަރިން ކޮންސަލްޓަންޓް/ ކޮންސަލްޓަންސީ ފާމް އޮފް ދަ އިޔާ އެވޯޑު
  • ސްޓޫޑަންޓް އިނޮވޭޓާ އެވޯޑު
  • ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު
  • ކޮންޓްރެކްޓާ އޮފް ދަ އިޔާ އެވޯޑް

އިންޖިނިއާސް އެވޯޑު ދިނުމާ ގުޅޭ އުސޫލުގައިވާ ގޮތުން، އެވޯޑަށް ހުށަހަޅާއިރު ހުންނަން ޖެހޭ އާންމު ބައެއް ޝަރުތުތަކުގެ ތެރޭގައި ދިވެއްސަކަށް ވުމާއި، އިންޖިނިއަރިން ދާއިރާއަށް ފާހަގަކޮށްލެވޭ ޚިދުމަތެއް ކޮށްފައިވުން ހިމެނެއެވެ.

ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30ވަނަ ދުވަހަކީ، ގައުމީ ފެންވަރުގައި ފާހަގަކުރާ، ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާން ކުރެއްވީ މިދިޔަ އަހަރެވެ.

comment ކޮމެންޓް