ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހަތް ބޭފުޅަކަށާއި ކުންފުންޏަކަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.
ގައުމީ އިނާމުތައް ރައީސް ދެއްވީ، ހއ. އުތީމުގައި ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދެއްވީ:
- އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން: ޙައްވާ ލަޠީފް، މުޝްތަރީގެ، ގއ. ދާންދޫ
- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: މުޙައްމަދު ނަޞީރު، ދަނބުގެ، ހދ. ވައިކަރަދޫ
- ދިވެހި ތާރީޚުގެ ދާއިރާއިން: ކޮމާންޑް ސާޖަންޓް މޭޖާ ޢަބްދުﷲ ސަޢީދު، ހުޅުމާލެ ފްލެޓް ނަންބަރު 125-G-03
- ޞިއްޙީ ދާއިރާއިން: މުޙައްމަދު އަޙްމަދު، ހުޅުމާލެ ވިނަރެސް 10A-702
- އިމާރާތްކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން: ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- މުއާޞަލާތާއި، އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން: އަރުޝަދު އަޙްމަދު، ފަހިވާ، ހއ.އުލިގަން
- ކުޅިވަރުގެ ދާއިރާއިން: ޢާއިޝަތު ނައުރާ، ހ. ސީޓް
- ވިޝުއަލް އާޓްސްގެ ދާއިރާއިން: އިސްމާޢީލް ޢަބްދުލްޣަފޫރު، ހ. އަރިހިޔާ
މިއަދުގެ ޖަލްސާގައި ވަނީ ދިވެހި ދައުލަތަށް މެދުނުކެނޑި 41 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ކަށިމާ އަޙްމަދު ޝާކިރަށް ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް އަރުވައިފައެވެ. އަދި އިތުރު ހަތަރު ބޭފުޅަކަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަތަރު ފަރާތަކަށް ދެއްވައިފައިވެއެވެ.
މީގެ އިތުރުން، ރާއްޖޭގެ ކުޅިވަރުގެ ދާއިރާއިން، ޚާއްޞަކޮށް ފުޓްބޯޅަ ކުޅުންތެރިން ތަމްރީނުކުރުމުގެ ރޮނގުން ދިވެހި ގައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާތީ، ޚިދުމަތުގެ ގައުމީ އިނާމު، ގ. އިލާ، އަލްމަރްޙޫމް އިޙްސާން ޢަބްދުލްޣަނީ (ސާންތީ) ގެ ހަނދާނަށް އަރުވައިފައިވެއެވެ.