ގޭތެރެ ޒީނަތްތެރި ކުރާ ސާމާނު ވިއްކަން ކުރިން "ބްރެއިން ކޮރަލް"ގެ ނަމުގައި ހިންގަމުން އައި ކުންފުނި "ލިއޯ ހޯމްސް" ގެ ނަމަށް ރީބްރޭންޑްކޮށް، މި އަހަރުގެ މޯލްޑިވްސް ލިވިން އެކްސްޕޯގެ ކޯ ސްޕޮންސަރެއްގެ ގޮތުގައި އެ ކުންފުނިން ބައިވެރިވެއްޖެއެވެ.
ހައިރައިޒް އިން އިންތިޒާމުކޮށްގެން ބާއްވާ 14 ވަނަ މޯލްޑިވްސް ލިވިން އެކްސްޕޯ 2026 ކުރިއަށްދާނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
ލިއޯ ހޯމްސް އިން ބުނި ގޮތުގައި، މި ބަދަލާއެކު އެ ކުންފުނިން އަމާޒުކުރަނީ ގޭތެރެއަށް ބޭނުންވާ ފެންވަރު ރަނގަޅު ސާމާނު އެއް ފުރާޅެއްގެ ދަށުން ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށެވެ. މި އެކްސްޕޯއަކީ ރާއްޖޭގައި ބޭއްވޭ ބޯހިޔާވަހިކަމާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅޭ އެންމެ ބޮޑު އެއް މައުރަޒެވެ.
ލިވިން އެކްސްޕޯގައި ލިއޯ ހޯމްސް -- ފޮޓޯ/ ލިއޯ ސްޓޯބްރެއިން ކޮރަލް އިން ލިއޯ ހޯމްސް އަށް ނަން ބަދަލުކުރުމަށްފަހު، އެ ކުންފުނިން ވަނީ އެކްސްޕޯގައި ގިނަ ބާވަތްތަކެއްގެ އުފެއްދުންތައް ދައްކާލައިފައެވެ. މީގެ ތެރޭގައި ފާޚާނާއާއި ބަދިގެއަށް ބޭނުންވާ ސާމާނާއި، މުށި، އޭސީ، ފަންކާ، ކާޕެޓު އަދި ރަގްސްގެ އިތުރުން ސީލިންގަށް ބޭނުންވާ ސާމާނާއި އިލެކްޓްރޯނިކްސް ހިމެނެއެވެ. ޚާއްސަކޮށް ފާޚާނާއާއި ބަދިގެއަށް ބޭނުންވާ ޒަމާނީ ފިކްސްޗާތަކާއި، ކައުންޓަރު މައްޗަށާއި ތަޅުމަށް އަދި ފާރުގައި ޖެހުމަށް ބޭނުންކުރާ ތަފާތު ޑިޒައިންތަކުގެ މުށި މި އެކްސްޕޯގައި އަންނަނީ ދައްކާލަމުންނެވެ. މީގެ އިތުރުން، ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންކުރާ ތަފާތު އެކްސެސަރީޒް ވެސް ލިއޯ ހޯމްސްގެ ސްޓޯލުން ލިބެން ހުންނާނެއެވެ.
އެ ކުންފުނިން ބުނި ގޮތުގައި، މި އުފެއްދުންތަކަކީ ޒަމާނީ ޑިޒައިންތަކަށް ލޯބިކުރާ ފަރާތްތަކަށް ކަމުދާނެ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ތަކެއްޗެވެ.
ލިވިން އެކްސްޕޯގައި ލިއޯ ހޯމްސް -- ފޮޓޯ/ ލިއޯ ސްޓޯލިއޯ ހޯމްސް އިން ވަނީ ބައިނަލްއަގުވާމީ މަޝްހޫރު ބްރޭންޑްތަކާ އެކު ޕާޓްނާޝިޕް ހަދާފައެވެ. އޭގެ ތެރޭގައި އިންޑިއާގެ މަޝްހޫރު "ވަރްމޯރާ ގްރެނިޓޯ" ގެ މުއްޓާއި ބާތުވެއާގެ އިތުރުން، ކަރަންޓު ޚަރަދު ކުޑަ "އެޓޮމްބާގް" ބްރޭންޑުގެ ސްމާޓް ސީލިންގް ފަންކާ ހިމެނެއެވެ. އެ ކުންފުނިން ފާހަގަކުރި ގޮތުގައި، އެންމެ ބޮޑު އަމާޒަކީ ބައިނަލްއަގުވާމީ ފެންވަރުގެ މަތީ ފެންވަރުގެ އުފެއްދުންތައް ހެޔޮ އަގެއްގައި ދިވެހިންނަށް ފޯރުކޮށްދިނުމެވެ.
ލިވިން އެކްސްޕޯގައި ބައިވެރިވުމަކީ ކަސްޓަމަރުންނާ ގާތުން ބައްދަލުކޮށް، ކުންފުނީގެ އާ އުފެއްދުންތަކާއި ޚިދުމަތްތައް ތަޖުރިބާކުރުމުގެ ފުރުސަތު އާންމުންނަށް ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ލިއޯ ހޯމްސް އިން ބުނެއެވެ.