ރާއްޖެ ސުޕަ ލީގުގެ ފައިނަލަށް ފެލިދޫ އާއި ގޮއިދޫ

ރާއްޖެ ސުޕަރ ލީގު 2026 ގެ ސެމީ ފައިނަލުގައި ފެލިދޫއާއި ހިރިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ވީއޭއެމް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ރާއްޖެ ސުޕަރ ލީގު 2026 ގެ ފިރިހެން ޑިވިޝަނުގެ ފައިނަލަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ވ. ފެލިދޫ އާއި ބ. ގޮއިދޫ ދަތުރުކޮށްފިއެވެ.

ހަތް ޓީމެއް ވާދަކުރާ މި މުބާރާތުގެ ކުޅުން ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާއިރު، އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުން ފެލިދޫ މޮޅުވީ ތ. ހިރިލަންދޫ އަތުން ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ފެލިދޫއިން ގެންދިޔައީ 25-20، 25-23 އަދި 25-19 އިންނެވެ.

ރާއްޖެ ސުޕަ ލީގު 2026 ގައި ގޮއިދޫއާއި ފޮނަދޫ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ވީއޭއެމް

މީގެ އިތުރުން ރޭ ކުޅުނު ސެމީގެ ދެވަނަ މެޗުން ގޮއިދޫ މޮޅުވީ ލ. ފޮނަދޫ އަތުން ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ގޮއިދޫން ގެންދިޔައީ ވާދަވެރި ކުޅުމަކަށްފަހު 25-23، 26-24 އަދި 25-23 އިންނެވެ.

މި މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި މިއަދު ހަވީރު ހިރިލަންދޫ އާއި ފޮނަދޫ ބައްދަލުކުރާނެއެވެ. އަދި ފެލިދޫ އާއި ގޮއިދޫ ބައްދަލުކުރާ ފޯރިގަދަ ފައިނަލް މެޗު ކުޅޭނީ މިރެއެވެ.

މި ދެ މެޗުވެސް ސަން ޕްލޭއިން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު