ރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމުގެ ހެޑް ކޯޗަކަށް އަފްޣާނިސްތާނުގެ އަސަދުﷲ ޚާން

ރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމުގެ އައު ހެޑް ކޯޗުގެ މަގާމަށް އައްޔަނުކުރި އަފްޣާނިސްތާނުގެ ތަޖުރިބާކާރު ކްރިކެޓް އޮފިޝަލް އަދި ކޯޗު އަސަދުﷲ ޚާން--

، ކްރިކެޓް ބޯޑު އޮފް މޯލްޑިވްސް (ސީބީއެމް) އިން ހަމަޖައްސައިފިއެވެ.

ސީބީއެމް އިން ބުނި ގޮތުގައި އަސަދުﷲ ގެ ތަޖުރިބާއާއި، އެކި ޤައުމުތަކުގައި ކްރިކެޓް ކުރިއެރުވުމަށް ކޮށްފައިވާ މަސައްކަތްތަކުގެ އިތުރުން އޭނާ ހޯދާފައިވާ މަތީ ފެންވަރުގެ ކޯޗިންގ ސެޓިފިކެޓްތަކުގެ ސަބަބުން، ރާއްޖޭގެ ކްރިކެޓް އިތުރު ހަރުފަތަކަށް ގެންގޮސްދިނުމަށް އޭނާއަކީ އެންމެ އެކަށީގެންވާ ގާބިލު ފަރާތެވެ.

ރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމުގެ އައު ހެޑް ކޯޗުގެ މަގާމަށް އައްޔަނުކުރި އަފްޣާނިސްތާނުގެ ތަޖުރިބާކާރު ކްރިކެޓް އޮފިޝަލް އަދި ކޯޗު އަސަދުﷲ ޚާން--

އަސަދުﷲ އަކީ 2003 އިން 2012 އަށް އަފްޣާނިސްތާނުގެ ޤައުމީ ކްރިކެޓް ޓީމަށް މަޝްހޫރު ކުޅުންތެރިއެކެވެ. އޭނާއަކީ 2004 ވަނަ އަހަރު މެލޭޝިޔާގައި ބޭއްވި އޭސީސީ ޓްރޯފީގައި އޮމާންއާ ދެކޮޅަށް ކުޅުނު މެޗުގައި އަފްޣާނިސްތާނުގެ ކްރިކެޓް ތާރީޚުގައި އެ ޤައުމަށް އެންމެ ފުރަތަމަ އިންޓަރނޭޝަނަލް ރަން (ލަނޑު) ހޯދައިދީ، ތާރީޚުގެ ތެރެއިން ޖާގަ ހޯދާފައިވާ ކުޅުންތެރިއެއްވެސް މެއެވެ.

ކުޅުން ހުއްޓާލުމަށްފަހު ކޯޗިންއާ ހިންގުމުގެ ދާއިރާއަށް ނުކުމެ، އަސަދުﷲ ވަނީ އަފްޣާނިސްތާނުގެ 16 އަދި 19 އަހަރުން ދަށުގެ ޓީމުތަކުގެ ހެޑު ކޯޗުކަމާއި، ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ކޮށްފައެވެ.

މީގެ އިތުރުން އަފްޣާނިސްތާނު ކްރިކެޓް ބޯޑުގެ އެކްޓިންގ ސީއީއޯގެ މަގާމާއި ޗީފް ސެލެކްޓަރުގެ މަގާމު ފުރުއްވުމުގެ އިތުރުން، ގަތަރުގެ ޤައުމީ ޓީމުގެ ހެޑް ކޯޗުކަމާއި، އުޒްބެކިސްތާން ކްރިކެޓް ފެޑެރޭޝަނުގެ ޑިރެކްޓަރުކަންވެސް ކުރައްވާފައިވެއެވެ.

އަސަދުﷲ އަކީ އިންޓަރނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ލެވެލް 3 ގެ ސެޓިފައިޑް ކޯޗެއްގެ އިތުރުން އައިސީސީ ހައި ޕާފޯމަންސް ޕުރޮގުރާމު ފުރިހަމަކޮށް، ކްރިކެޓް އެނަލިޓިކްސް އާއި ޑިވެލޮޕްމަންޓް ދާއިރާއިން ހާއްސަ ތަމްރީނުތަކެއް ހޯދާފައިވާ ބޭފުޅެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު