މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދޭ އިނާމަށް 58 ފަރާތަކުން ނަން ހުށަހަޅައިފި

ރާއްޖޭގައި ތައުލީމު ހާސިލު ކުރާ ފަރާތް ތަކުގެ ތެރެއިން މަތީ ދަރަޖަ ހޯދާ ފަރާތް ތަކަށް ރައީސުލްޖުމުހޫރިއްޔާ ދެއްވާ ޚާއްސަ އިނާމަށް ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 58 ފަރާތަކުން ނަން ހުށަހަޅާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ހުށައެޅިފައިވާ ފޯމު ތަށް ބަލާ އިނާމަށް މީހުން ހޮވުމުގެ މަސައްކަަތް އެ އޮފީހުގެ ޚާއްސަ އިނާމާއި ބެހޭ ކޮމެޓީން މިހާރު ކުރަމުން އަންނަ ކަމަށެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ދެއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްސަ ރަސްމިއްޔާތުގަ އެވެ.

މަތީ ދަރަޖަ ހޯދާ ފަރާތް ތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމުގެ މަޤްސަދަކީ ރާއްޖެ އަށް ރީތި ނަން ހޯދައިދޭ ފަރާތް ތަކުގެ އަގު ވަޒަން ކޮށް އެ ފަދަ ކާމިޔާބީ ތައް ރާއްޖެ އަށް ހޯދައި ދިނުމަށް ހިތްވަރު ދިނުމާއި، ރާއްޖެ އަށް ބޭނުންވާ ދާއިރާ ތަކުން ދިވެހިން ތަމްރީނުކުރުމަށް ހިތްވަރު ދިނުމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު