ރާއްޖެ ސުޕަ ލީގު 2026: ވ. ފެލިދުއާއި ލ. ފޮނަދޫގެ އިތުރުން ބ. ގޮއިދޫއަށް ރަނގަޅު ފެށުމެއް

"ރާއްޖެ ސުޕަރ ލީގު 2026" ގެ ފިރިހެން ޑިވިޝަނުގެ ފުރަތަމަ ދުވަހުގެ މެޗެއްގެ ތެރެއިން-- ފޮޓޯ: ވީއޭއެމް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ "ރާއްޖެ ސުޕަރ ލީގު 2026" ގެ ފިރިހެން ޑިވިޝަނުގެ ކުޅުނު ފުރަތަމަ މެޗުތައް ކާމިޔާބުކޮށް ވ. ފެލިދޫ، ލ. ފޮނަދޫ އަދި ބ. ގޮއިދޫން ފެށުން ރަނގަޅުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތް މި މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު، ޖުމްލަ ހަތް ޓީމަކުން ވާދަކުރާ މި މުބާރާތުގެ މެޗުތައް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

މުބާރާތުގެ ފުރަތަމަ ދުވަހު ކުޅުނު ތިން މެޗުގެ ތެރެއިން، ޕޫލް 'އޭ' ގައި ހިމެނޭ ފެލިދޫން ވަނީ 3-1 ސެޓުން ހދ. ހަނިމާދޫ ބަލިކޮށްފައެވެ.

"ރާއްޖެ ސުޕަރ ލީގު 2026" ގެ ފިރިހެން ޑިވިޝަނުގެ ފުރަތަމަ ދުވަހުގެ މެޗެއްގެ ތެރެއިން-- ފޮޓޯ: ވީއޭއެމް

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ސެޓުތައް ފެލިދޫން ގެންދިޔައީ 25-21، 26-28، 25-22 އަދި 25-17 އިންނެވެ.

މި ގްރޫޕުގައި ހިމެނޭ ފޮނަދޫން ވަނީ ކ. މާފުށީގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދާފައެވެ. އެ މެޗުގެ ސެޓުތައް ފޮނަދޫން ކާމިޔާބުކުރީ 25-20، 25-18 އަދި 25-18 އިންނެވެ.

މީގެ އިތުރުން، ރޭ ކުޅުނު ޕޫލް 'ބީ' ގެ ފޯރިގަދަ މެޗުން ގޮއިދޫ މޮޅުވީ ތ. ހިރިލަންދޫއާ ވާދަކޮށް 3-2 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 25-22، 17-25، 25-22، 25-14 އަދި 15-13 އިންނެވެ.

މުބާރާތުގެ ކުޅުން މިއަދުވެސް ކުރިއަށްދާނެއެވެ. ފުރަތަމަ މެޗުގައި ަހަވީރު 16:00 ގައި ހދ. ހަނިމާދޫއާއި ލ. ފޮނަދޫ ވާދަކުރާއިރު، ދެވަނަ މެޗުގައި ރޭގަނޑު 20:30 ގައި ބައްދަލުކުރާނީ ބ. ގޮއިދޫއާއި ކ. ތުލުސްދޫއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު