ކުޑަރިކިއްޔާއި ފިއްލަދޫގެ އިތުރުން މަތިވެރީގައި ހޭންޑްބޯޅަ ކޯޓު އަޅަން ހަވާލުކޮށްފި

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ކުޅިވަރު ވުޒާރާ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހޭންޑްބޯޅަ ކޯޓު އެޅުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ދަށުން ބ. ކުޑަރިކިލު، ހއ. ފިއްލަދޫ އަދި އއ. މަތިވެރީގައި ހޭންޑްބޯޅަ ކޯޓު އެޅުމަށް ބަޔަކާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

ހޭންޑްބޯޅަ ކޯޓު އެޅުމުގެ މި މަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވާ ކުންފުންޏަކީ މެގަލިންކްސް ޕްރައިވެޓް ލިމިޓެޑަށެވެ.

ކުޅިވަރާއި ހިތްހަމަޖެހުމުގެ ދާއިރާއާ ބެހޭ ވުޒާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި ތިން ރަށުގެ އެއްބަސްވުމުގައިވެސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ފަޔާޒެވެ.

މެގަލިންކްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރު އިސްމާއީލް ޝާކިރެވެ.

މި ތިން ރަށުގެ މަސައްކަތުގެ ޖުމުލަ އަގަކީ 1,695,503.50 (އެއްމިލިއަން ހަލައްކަ ނުވަދިހަ ފަސްހާސް ފައްސަތޭކަ ތިންރުފިޔާ ފަންސާސް ހަލާރި) އެވެ. މެގަލިންކްސްއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ އަމަލީގޮތުން މަސައްކަތް ފަށާ ތާރީހުން ފެށިގެން 90 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު