މެޓާގެ އައިނަށްވުރެ ސެމްސަންގް އައިނު ރަނގަޅުވާނެ ސަބަބުތައް ހާމަކޮށްފި

މެޓާގެ އައިނާ އަޅާބަލާއިރު ސެމްސަންގެ އައިނުތަކުން ފެންނާނެ އެންމެ ބޮޑު ތަފާތަކީ އެ ކުންފުނިން ގެންގުޅޭ ކޮލިޓީގެ ތަފާތުކަން ---

މެޓާގެ އައިނަށްވުރެ ސެމްސަންގެ ސްމާޓް އައިނު ރަނގަޅުވާނެ ސަބަބުތައް ސެމްސަންގުން ހާމަކޮށްފިއެވެ.

އެ ސަބަބުތައް ހާމަކުރަމުން ސެމްސަންގުން ވަނީ މިހާރު ސްމާޓް އައިނުގެ ބާޒާރު ކޮންޓްރޯލް ކުރަމުންދާ މެޓާއާ ވާދަކުރުމަށް އެ ކުންފުނިން ގެންގުޅޭ ޚާއްޞަ ސްޓްރެޓެޖީ ހާމަކޮށްފައެވެ. ސެމްސަންގެ ފުރަތަމަ ސްމާޓް އައިނު އުފައްދަނީ ގޫގުލް އާއި ކޮލްކޮމްގެ އިތުރުން މަޝްހޫރު އޭޝްވެއާ ބްރޭންޑްތައް ކަމަށްވާ ޖެންޓަލް މޮންސްޓަ އަދި ވާބީ ޕާކަރު އާއި ގުޅިގެންނެވެ. ސެމްސަންގުން މިހާރު ވަނީ މި ޕްރޮޑަކްޓްގެ ފަހަތުގައިވާ ފަލްސަފާ އާއި، މެޓާގެ އުފެއްދުންތަކާ ތަފާތުވާނެ ގޮތުގެ ތަފްސީލުތައް ހިއްސާކޮށްފައެވެ.

ސެމްސަންގް އިލެކްޓްރޮނިކްސްގެ އެކްސްޓެންޑެޑް ރިއަލިޓީ ރިސާޗް އެންޑް ޑިވެލޮޕްމަންޓް ޓީމުގެ ހެޑް ޗޮއި ޖައެ-އިން، އަންޕެކްޑް އިވެންޓަށް ފަހު ބޭއްވި ޕްރެސް ބްރީފިންގައި ވިދާޅުވީ ސެމްސަންގެ ސްމާޓް އައިނަކީ ސްމާޓްފޯން ތަޖުރިބާ ހުރި ކުންފުންޏަކުން އުފައްދާފައިވާ ވެއަރަބަލް ޑިވައިސްއެއް ކަމަށެވެ. އަދި މިއީ ސްމާޓްފޯން ބަދަލުކުރުމުގެ ބަދަލުގައި، މޮބައިލް ތަޖުރިބާ އިތުރަށް ފުޅާކުރުމުގެ މަގުސަދުގައި އުފައްދާފައިވާ އުފެއްދުމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

https://sun.mv/225255

ސްމާޓްފޯން ބާޒާރުގައި ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވެފައިވާ ބްރޭންޑެއްގެ ގޮތުން، ސެމްސަންގެ ޓެކްނޮލޮޖީގެ ހުނަރާއެކު ކަސްޓަމަރުންނަށް ލުއި އަދި ފަސޭހައިން އަޅައިގެން އުޅެވޭނެ ތަޖުރިބާއެއް ފޯރުކޮށްދެވޭނެ ކަމަށް ޗޮއި ވިދާޅުވިއެވެ.

މެޓާއާ އަޅާބަލާއިރު ސެމްސަންގުން އިސްކަންދެނީ ތަފާތު އެޕްރޯޗަކާއި ޓެކްނޮލޮޖީގެ މުޅިން ތަފާތު ދިމާލަކަށް ކަމަށާއި، ދުވާލުގެ ކޮންމެ ވަގުތެއްގައިވެސް އަޅައިގެން އުޅެން ފަސޭހަވާނެހެން އައިނުގެ ބަރުދަން ލުއިކޮށް، ކޮމްފޯޓު ބޮޑުކުރުމަށް ޚާއްސަ ސަމާލުކަމެއް ދީފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މެޓާގެ އައިނާ އަޅާބަލާއިރު ސެމްސަންގެ އައިނުތަކުން ފެންނާނެ އެންމެ ބޮޑު ތަފާތަކީ އެ ކުންފުނިން ގެންގުޅޭ "މޮބައިލް-ގްރޭޑް ކޮލިޓީ އެޝުއަރެންސް" އެވެ.

ސެމްސަންގުން ވަނީ ސްމާޓްފޯންތައް ޓެސްޓްކުރުމަށް ބޭނުންކުރާ ހަރުކަށި މިންގަނޑުތަކުން މި ސްމާޓް އައިނުގެ ދެމެހެއްޓެނިވިކަން ޓެސްޓްކޮށްފައެވެ. އޭގެ ތެރޭގައި ވެއްޓުން ޓެސްޓްކުރުމާއި، ގަދަ އަވީގެ އަސަރު ބެލުމުގެ އިތުރުން ސަންސްކްރީން އަދި ކޮސްމެޓިކްސް ފަދަ ކެމިކަލްތަކުން ލިބިދާނެ ގެއްލުންތައް ބެލުން ހިމެނެއެވެ.

މީގެ އިތުރުން މި ސްމާޓް އައިނަށް ޚާއްޞަކޮށްގެން އާ 20 ޓެސްޓިން މެތަޑެއްވެސް ސެމްސަންގުން ވަނީ އުފައްދާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު