ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފި

ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފި -- ފޮޓޯ: މިފްކޯ

މާލެ ކައިރީގައި އޮންނަ, ކަނޑުއޮތްގިރީގައި ގާއިމުކޮށްފައިވާ އައިސް ޕްލާންޓުން މަސްވެރިންނަށް މިއަދު އައިސް ވިއްކަން ފަށާފައިވާ ކަމަށް, މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕްލެކްސް (މިފްކޯ) އިން ބުނެފިއެވެ.

މިފްކޯއިން މިކަން ހާމަކޮށްފައިވަނީ މިއަދު އެކްސްގައި އާންމުކުރި ޕޯސްޓެއްގައެވެ. 'ސަން' އަށް މައުލޫމާތު ދެމުން އެ ކުންފުނިން ބުނި ގޮތުގައި، ކަނޑުއޮތްގިރިން އައިސް ވިއްކަމުން އަންނަނީ ކިލޯއެއް 0.75 ރުފިޔާއަށެވެ. އަދި ޓަނެއްގެ އައިސް ވިއްކަނީ 750 ރުފިޔާއަށެވެ.

މިމަހުގެ 13 ވަނަ ދުވަހު ކަނޑުއޮތްގިރީގައި ހުޅުވި މި އައިސް ޕްލާންޓަކީ ދުވާލަކު 25 ޓަނުގެ އައިސް އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ތަނެއް ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. މީގެ އިތުރުން، ހަމަ އެ ދުވަހު އެ ރަށުގައި ހިކިމަސް ކާރުހާނާއެއް ވެސް ވަނީ ހުޅުވާފައެވެ.

މިފްކޯއިން ފާހަގަކުރި ގޮތުގައި، ކަނޑުއޮތްގިރިން އައިސް ލިބެން ފެށުމަކީ މާލެ ސަރަހައްދުގެ މަސްވެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެކެވެ.

ކަނޑުއޮތްގިރިން އައިސް ވިއްކަން ފަށާފައިވާއިރު، މިފްކޯގެ އައިސް ޕްލާންޓްތަކުން އައިސް ލިބުން ދަތިވެފައިވާ ކަމަށް ބުނެ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ވަނީ މިމަހުގެ ކުރީކޮޅު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ޔޫނިއަނުން އޭރު ބުނެފައިވަނީ، މިފްކޯގެ އައިސް ޕްލާންޓްތަކުން ދުވާލަކަށް ދޯންޏަކަށް ވިއްކާ އައިސްގެ މިންވަރު ދެ ޓަނަށް ލިމިޓްކުރުމަކީ މަސްވެރިންނަށް މަހަށް ފުރަން އޮތް ބޮޑު ހުރަހެއް ކަމަށެވެ.

ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފި -- ފޮޓޯ: މިފްކޯ

ކަންނެލި މަސްވެރިކަމުގެ ބާވަތުން ދެ ޓަނު އައިސްއަކީ ދުވާލެއްގެ މައްޗަށް އެކަށީގެންވާ މިންވަރެއް ނޫންކަމަށް ވެސް އެ ޔޫނިއަނުން އޭރު ވަނީ ބުނެފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން ދަތިކަމެއް ނެތި އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕްލެކްސް (މިފްކޯ) އިން މާލެ ކައިރީގައި އޮންނަ ކަނޑުއޮތްގިރީގައި ގާއިމުކޮށްފައިވާ އައިސް ޕްލާންޓުން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފިއެވެ. ދުވާލަކު 25 ޓަނުގެ އައިސް އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ މި ޕްލާންޓާއެކު، މާލެ ސަރަހައްދުގެ މަސްވެރިންނަށް އައިސް ހޯދުމަށް ދިމާވެފައިވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މީގެ ކުރިން މިފްކޯގެ އައިސް ޕްލާންޓްތަކުން ދޯންޏަކަށް ވިއްކާ އައިސްގެ މިންވަރު 2 ޓަނަށް ލިމިޓްކޮށްފައި އޮތުމުން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ދަތިކަމެއް ނެތި އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ސަރުކާރުގެ މުހިންމު ރިޔާސީ ވައުދެކެވެ. މި މަޝްރޫއުގެ ދަށުން ކަނޑުއޮތްގިރީގައި ހިކިމަސް ކާރުހާނާއެއްވެސް ވަނީ މިއަހަރުގެ ތެރޭގައި ހުޅުވާފައެވެ. ```json

  • ކަނޑުއޮތްގިރިން އައިސް ކިލޯއެއް ވިއްކަނީ 0.75 ރުފިޔާއަށެވެ.
  • ޓަނެއްގެ އައިސް 750 ރުފިޔާއަށް މަސްވެރިންނަށް ލިބޭނެއެވެ.
  • މި ޕްލާންޓުން ދުވާލެއްގެ މައްޗަށް 25 ޓަނުގެ އައިސް އުފައްދައެވެ.
  • މިއީ މާލެ ސަރަހައްދުގެ މަސްވެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެކެވެ.
  • އައިސް ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅެކެވެ.
comment ކޮމެންޓް