ހަވާ އެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ބާއްވައިފި

މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރޭ ހިމެނޭ އެމްއެންޑީއެފްގެ ޝަރަފުގެ ހިނގައިލުން ކުރިއަށް ދަނީ --- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް މިރޭ ބާއްވައިފިއެވެ.

މިނިވަން ދުވަސް ފާހަގަކުރުމަށް މި އަހަރު ބޭއްވި ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވީ ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު އަދި ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޑރ. މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދެވެ.

މިރޭ ބޭއްވި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދެ ކަނބަލުން ބައްލަވައިލެއްވިއެވެ.

ރައީސްގެ ދެކަނބަލުންނާއި ސަރުކާރުގެ އިސް ބޭފުޅުންނާއި ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު މިނިވަން ދުވަހުގެ ހެވިކަމުގެ ހަރަކާތްތައް ބައްލަވާލައްވަނީ --- ފޮޓޯ: ރައީސް އޮފީސް

މިރޭ ބޭއްވި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކުގައި ވަނީ އެމްއެންޑީއެފްގެ ޝަރަފުގެ ހިނގައިލުމާއި ސިފައިން ބޭނުންކުރާ ބައެއް އުޅަނދުފަހަރު ދައްކައިލައިފައެވެ. އެއަށްފަހު އޮތީ ގައުމީ ކެޑޭޓް ކޯގެ ޝަރަފުގެ ހިނގައިލުމެވެ.

އޭގެ ފަހުން ޝަހީދު ޢަލީ ސްކޫލާއި ރެހެންދި ސްކޫލާއި އިސްކަންދަރު ސްކޫލުގެ 348 ދަރިވަރަކު ވަނީ ގައުމީ ރޫހާއި އެއްބައިވަންތަކަން ދައްކުވައިދޭ އައިޓަމެއް ހުށަހަޅައިދީފައެވެ.

ދަރިވަރުން ހުށަހަޅައިދިން ހަރަކާތުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން ހޭވައްލާ ބޮޑުބެރު ގްރޫޕުގެ ފަރާތުން ސަގާފީ ހަރަކާތެއް ހުށަހަޅައިދިނެވެ.

އަދި ދިވެހި ލަޝްކަރުން މާޒީގައި ކުރި ހަނގުރާމައިގެ މިއުޒިކީ ތަމްސީލެއް އެމްއެންޑީއެފުން ވަނީ ހުށަހަޅައިދީފައެވެ. "މިނިވަންކަން"ގެ ނަމުގައި މި ހުށަހެޅުން ހުށަހަޅައިދީފައި ވަނީ ގައުމީ ޚިދުމަތުގެ ޕްރޮގްރާމް ފުރިހަމަކޮށް 72 ވަނަ ބޭސިކް މިލިޓަރީ ޓްރެއިނިން ފުރިހަމަކުރުމަށްފަހު އަލަށް ގުޅުނު ސިފައިންނެވެ.

މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރޭ ހިމެނޭ އެމްއެންޑީއެފްގެ ޝަރަފުގެ ހިނގައިލުން ކުރިއަށް ދަނީ --- ފޮޓޯ: ރައީސް އޮފީސް

މިރޭގެ ހަރަކާތް ނިންމައިލުމުގެ ގޮތުން ވަނީ ރަސްމީ ފާލަން ސަރަހައްދުގައި ހަވާ އަރުވައިފައެވެ.

ރާއްޖޭގެ މިނިވަން ދުވަހަކީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 26ވަނަ ދުވަހެވެ. ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނީ ޖުލައި 26، 1965 ގައެވެ. މިއީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި 77 އަހަރަށްވުރެ ގިނަ ދުވަހު އޮތުމަށްފަހު ލިބުނު މިނިވަންކަމެކެވެ.

ސިފައިންގެ ޝަރަފުގެ ހިނގައިލުން ކުރިއަށް ގެންދަނީ --- ފޮޓޯ: ރައީސް އޮފީސް

މިނިވަންކަމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ ބޮޑުވަޒީރު ސުމުއްވުލްއަމީރު އަލްމަރްހޫމް އިބްރާހީމް ނާޞިރެވެ. އަދި އިނގިރޭސި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސާ މައިކަލް ވޯކާއެވެ. މި ތާރީޚީ ރަސްމިއްޔާތު އޮތީ ސްރީލަންކާގެ ކޮޅުނބުގައި ހުންނަ އިނގިރޭސި ހައިކޮމިޝަނަރުގެ ގޭގައެވެ.

މިނިވަން ދުވަހަކީ ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރާ ގައުމީ ބަންދު ދުވަހެކެވެ. މި ދުވަހުގެ މުނާސަބަތުގައި ސިފައިންގެ ހެވިކަމުގެ ކުޅިވަރުތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ސަގާފީ ހަރަކާތްތައް ބާއްވަމުން ދެއެވެ.

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ކުލަގަދަ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކެއް މާލޭގައި ބާއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ބައްލަވައިލެއްވި މި ތާރީޚީ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވީ ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދެވެ. މިއީ ދިވެހިންގެ ގައުމީ ރޫހާއި އެއްބައިވަންތަކަން ދައްކުވައިދޭ މުހިންމު ހަރަކާތެކެވެ. **މުހިންމު ކަންތައްތައް:** ```json

  • ދިވެހި ގައުމީ ދިފާއީ ބާރާއި ގައުމީ ކެޑޭޓް ކޯގެ ޝަރަފުގެ ހިނގައިލުމާއި، ސިފައިންގެ އުޅަނދުފަހަރު ދައްކައިލުން ކުރިއަށްދިޔައެވެ.
  • މާލޭގެ ތިން ސްކޫލަކުން ޖުމްލަ 348 ދަރިވަރުން ބައިވެރިވެ، ގައުމީ ރޫހު ދައްކުވައިދޭ ހާއްސަ ހަރަކާތެއް ހުށަހަޅައިދިނެވެ.
  • އަލަށް ސިފައިންގެ ޚިދުމަތާ ގުޅުނު ފަރާތްތަކުން، ދިވެހި ލަޝްކަރުގެ މާޒީ ރަމްޒުކޮށްދޭ "މިނިވަންކަން" ނަމުގައި މިއުޒިކީ ތަމްސީލެއް ކުޅެދިނެވެ.
  • މިރޭގެ ފުރިހަމަ ހަރަކާތްތައް ނިންމައިލީ ރަސްމީ ފާލަން ސަރަހައްދުގައި ކުލަގަދަ ގޮތެއްގައި ހަވާ އެރުވުމާއެކުގައެވެ.
comment ކޮމެންޓް