ޓާމު ބަންދު ނިމޭއިރު މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ، މޫސުމަށް ސަމާލުވޭ: މެޓް އޮފީސް

ކަނޑު ގަދަ ދުވަހެއްގައި ލޯންޗެއް ދަތުރުކުރަނީ --

ސްކޫލު ބަންދު ނިމޭއިރު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ޓާމް ބަންދު ޗުއްޓީ ނިންމައިފައި އަންނަ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު އިލްތިމާސްކޮށްފިއެވެ.

އެ އިދާރާއިން 'ސަން'އަށް މިއަދު ބުނީ މާދަމާއާއި ހޯމަ ދުވަހު އެކި ރަށްރަށަށް ކުޑަކޮށް ވާރޭ ވެހުމުގެ ފުރުސަތު އެބައޮތް ކަމަށާއި، ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ.

ނަމަވެސް ޓާމު ބަންދު ނިމޭ ކޮޅު ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ގޯސްވާނެ ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ. އެގޮތުން މި މަހުގެ 28ވަނަ ދުވަހުން ފެށިގެން 31ވަނަ ދުވަހުގެ ނިޔަލަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް، އެ އިދާރާގެ ފަރާތުން މައުލޫމާތު ދެއްވި އޮފިޝަލު ވިދާޅުވިއެވެ.

"ވިއްސާރަކޮށް ދައްކާ އެބަ މުޅި ރާއްޖެއަށް ކަހަލަ ގޮތަކަށް، ވައި ވެސް ގަދަ، ދެން ތަންކޮޅެއް ބޯކޮށް ވާރޭ ވެހިދާނެ ކަމަށް ލަފާކުރެވޭ، އެހެންވީމާ ޗުއްޓީ ނިންމައިފައި ވަޑައިގަންނަވާ ބޭފުޅުން ވަރަށް ބޮޑަށް ސަމާލުކަން ދެއްވަންޖެހޭ،" އޮފިޝަލު ވިދާޅުވިއެވެ.

މީގެ ކުރިން ވެސް މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން ކަނޑުމަތީގެ އެކި ހާދިސާތައް ހިނގައިފައި ވެއެވެ.

މޫސުން ގޯސްވެ ކަނޑުމަތީގެ ހާދިސާތައް ދޭތެރެއަކުން ހިނގާތީ، ކަނޑުމަތީގައި ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއާއި ކަމާބެހޭ ފަރާތްތަކުން އަބަދު ވެސް އިލްތިމާސްކުރެއެވެ.

ސްކޫލު ބަންދު ނިމޭ ދުވަސްވަރު މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ޗުއްޓީ ނިންމައިފައި އެނބުރި ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. މާދަމާއާއި ހޯމަ ދުވަހު އާދައިގެ ވަރަކަށް ވާރޭވެހުނު ނަމަވެސް، މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކުން ސަލާމަތްވުމަށްޓަކައި، ކަނޑުދަތުރުފަތުރުކުރާ ހުރިހާ ފަރާތްތަކުން ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ނުހަނު މުހިންމު ކަމެކެވެ. ```json

  • *މުހިންމު ނުކުތާތައް:**
  • ޓާމު ބަންދު ނިމޭކޮޅު މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރުން.
  • މި މަހުގެ 28 އިން 31 އަށް ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެކަމުގެ އިންޒާރު ދިނުން.
  • ޗުއްޓީ ނިންމައިފައި ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދުން.
  • ކަނޑުމަތީގައި ހިނގާފާނެ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރުން.
comment ކޮމެންޓް