ބ. ހިތާދޫ ސްކޫލަށް 75 އަހަރު ފުރުން، އިސް ދަރިވަރުންނާއެކު ކުލަގަދަކޮށް ފާހަގަކުރަނީ

ބ. ހިތާދޫ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުން --

ބ. ހިތާދޫ ސްކޫލަށް 75 އަހަރު ފުރޭ ޑައިމެންޑް ޖުބުލީ އެ ސްކޫލުގެ އިސް ދަރިވަރުންނާއެކު ކުލަގަދަކޮށް ފާހަގަކުރަން ފަށައިފިއެވެ.

ހިތާދޫ ސްކޫލުން އެ ސްކޫލުގެ އަހަރީ ދުވަހުގެ ހަރަކާތްތައް ފަސް ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖައްސާފައެވެ.

އިއްޔެ މި ހަރަކާތްތައް ފަށައިފައިވާއިރު، އިއްޔެ ވަނީ ދަރިވަރުންނާއި އިސް ދަރިވަރުންގެ އުފަލުގެ ނަމުގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. އެގޮތުން އެ ހަވީރުގައި ސްކޫލުގެ އިސްދަރިވަރުންގެ ރައިވަރު ކިޔުމާއި ބަނދިކުރުންފަދަ ކަންކަން ކުރިއަށްގެންގޮސްފައިވާއިރު ގޭމްތައްވެސް އެ ހަވީރުގެ ތެރެއިން ވަނީ ބާއްވާފައެވެ.

ބ. ހިތާދޫ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުން --

މިއަދު ހެނދުނު ވަނީ އަހަރީ ދުވަހުގެ ޚާއްސަ ދުވުން، 75 މިނެޓަށް ކުރިއަށްގެންގޮސްފައެވެ. މި ދުވުމުގައި ވެސް ސްކޫލުގެ ދަރިވަރުންނާއި އިސް ދަރިވަރުންގެ ތެރެއިން ގިނަ ބަޔަކު ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.

އެ ރަށުގައި ހަރަކާތްތެރިވާ، އެސްއެސް ޓީވީގެ ޕްރެޒެންޓަރުން 'ސަން' އަށް މައުލޫމާތު ދިން ގޮތުގައި، ހެނދުނުގެ ދުވުން ނިންމާލުމަށްފަހު މާދަމާ އޮންނަ އެއްބައިވަންތަކަމުގެ ކެއުމަށް ތައްޔާރުވުމުގެ މަސައްކަތް ވަރަށް ފޯރިއާއެކު މިހާރު އެ ރަށުގައި ދަނީ ކުރަމުންނެވެ. އެގޮތުން ކެއްކުމުގެ މަސައްކަތަށް ތައްޔާރުވަމުންދާއިރު އިސް ދަރިވަރުންގެ ފަރާތުން ރައިވަރާއި ފަރިއްސާއި އަންބާގެ ހުށަހެޅުންތަކާއެކު ކެއްކުމުގެ ތައްޔާރީތައް ވަރަށް ފޯރިއާއެކު ކުރިއަށްދާކަން ފާހަގަކޮށްފައިވެއެވެ.

ބ. ހިތާދޫ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުން --

ދުވުމާއި ކެއްކުމުގެ ތައްޔާރީތަކާއެކު، އަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވާ މަސްރޭހަށް މިއަދު މެންދުރު ދޭއް ޖަހާއިރު އެ ރަށުން ފުރާނެއެވެ.

ހިތާދޫ ސްކޫލަށް 75 އަހަރުފުރޭ ޑައިމަންޑް ޖުބުލީ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާއިރު އެ ދުވަހު، 75 އަހަރު ފުރުން ފާހަގަކުރުމަށް 75 ގަސް އިންދުމުގެ ހަރަކާތެއް ވަނީ ރާވައިފައެވެ.

ބ. ހިތާދޫ ސްކޫލަށް 75 އަހަރު ފުރޭ ޑައިމެންޑް ޖުބުލީ، އެ ސްކޫލުގެ އިސް ދަރިވަރުންނާ ގުޅިގެން ވަރަށް ކުލަގަދަކޮށް ފާހަގަކުރަން ވަނީ ފަށައިފައެވެ. ފަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ހަރަކާތްތައް ފަށާފައިވަނީ އިއްޔެއެވެ. މިގޮތުން އިއްޔެ އާއި މިއަދު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، މީގެ ތެރޭގައި ސަގާފީ ކުޅިވަރުތަކާއި، ޚާއްސަ ދުވުމަކާއި، އެއްބައިވަންތަކަމުގެ ކެއުމެއްގެ އިތުރުން މަސްރޭހެއް ހިމެނެއެވެ. މި ހުރިހާ ހަރަކާތެއްގައިވެސް ސްކޫލުގެ މިހާރުގެ ދަރިވަރުންނާއި އިސް ދަރިވަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދެއެވެ. ```json

  • *މައިގަނޑު ނުކުތާތައް:**
  • ބ. ހިތާދޫ ސްކޫލުގެ ޑައިމެންޑް ޖުބުލީ ފާހަގަކުރުމުގެ ހަރަކާތްތައް 5 ދުވަހަށް ދެމިގެންދާނެއެވެ.
  • އިއްޔެގެ ހަރަކާތްތަކުގެ ތެރޭގައި ރައިވަރު ކިޔުމާއި ބަނދިކުރުން އަދި ތަފާތު ގޭމްތައް ހިމެނެއެވެ.
  • މިއަދު ހެނދުނު 75 މިނެޓުގެ ޚާއްސަ ދުވުމެއް ބާއްވާފައިވާއިރު، މެންދުރުފަހު މަސްރޭހެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
  • ހޯމަ ދުވަހު އޮންނަ ނިންމުމުގެ ރަސްމިއްޔާތުގައި، އަހަރީ ދުވަހާ ގުޅުވައިގެން 75 ގަސް އިންދުމަށް ވަނީ ރާވައިފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް