އެންޑްރޮއިޑް އޮޓޯގައި ގޫގުލް މެޕްސްއަށް ސްޕީޑްމީޓަރު ތަޢާރަފުކުރަން ފަށައިފި

މިފީޗާ އަދި އާއްމުކޮށް ދޫނުކުރިޔަސް ކުރިއަށްއޮތް ދުވަސްތަކުގައި އެންމެންނަށް ވެސް ލިބޭނެކަމަށް ބެލެވޭ ----

އެންޑްރޮއިޑް އޮޓޯ ބޭނުންކުރާ ފަރާތްތަކުން އަހަރުތަކެއް ވަންދެން އިންތިޒާރުކުރަމުން އައި ލައިވް ސްޕީޑްމީޓަރުގެ ފީޗަރު ގޫގުލް މެޕްސްއިން ފެންނަން ފަށައިފިއެވެ. މިހާތަނަށް މި ފީޗަރު ވަރަށް ފުޅާ ދާއިރާއެއްގައި ފެންނަން ނެތް ނަމަވެސް، ބައެއް ޔޫޒަރުންނަށް މިހާރު މި ޚިދުމަތް ލިބެން ފަށާފައިވާކަން ވަނީ ކަށަވަރުވެފައެވެ.

މި ފީޗަރު ފެނިފައިވާކަމަށް ރެޑިޓްގައި މަދުވެގެން ދެ ޔޫޒަރަކު ރިޕޯޓްކޮށްފައިވާ ކަމަށް "ނައިންޓުފައިވް ގޫގުލް" އިން ބުނެއެވެ. އެ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، ކާރުގެ ޑޭޝްބޯޑުގައި ހުންނަ އެންޑްރޮއިޑް އޮޓޯގެ ގޫގުލް މެޕްސްއިން މިހާރު ދަތުރުކުރާ ސްޕީޑް ލައިވްކޮށް ބަލައިލެވެއެވެ.

https://sun.mv/217365

މި އާ ފީޗަރު ފެނުނު ކަމަށް ބުނި އެއް ޔޫޒަރަކީ ކެނެޑާގައި ހުރި ފަރާތެކެވެ. އޭނާ ބޭނުންކުރަމުން ދަނީ ބީޓާ ޕްރޮގްރާމްގެ ދަށުން ދޫކޮށްފައިވާ ވާޝަން 26.29.02.946673643 އެވެ. މި ވަގުތު އެހެން ގިނަ ބަޔަކަށް މި ފީޗަރު ފެންނަން ނެތުމުން، މިއީ އަދިވެސް ވަރަށް ލިމިޓެޑްކޮށް ޓެސްޓްކުރަމުންދާ ރޯލްއައުޓެއް ކަމަށް ބެލެވެއެވެ.

ގޫގުލް މެޕްސްއަށް ސްޕީޑް ލިމިޓް ދައްކާ ފީޗަރު ގެނައުމަށް ގޫގުލްއިން ގިނަ ދުވަސްތަކެއް ނެގިއިރު، ލައިވް ސްޕީޑޯމީޓަރު ގެނައުމަށް އެއަށްވުރެ ވެސް ގިނަ ދުވަސް ވަނީ ހޭދަވެފައެވެ. މި ފީޗަރު އެންޑްރޮއިޑް އޮޓޯއަށް ގެނައުން ލަސްވި ސަބަބެއް ސާފެއް ނުވާއިރު, ގޫގުލްއިން މި ފީޗަރު އެޕަލްގެ ކާޕްލޭއަށް 2024 ވަނަ އަހަރުގެ ޖުލައި މަހު ތަޢާރަފްކޮށްފައިވާއިރު، އެންޑްރޮއިޑް ފޯނުތަކުގައި ވެސް މި ޚިދުމަތް ލިބޭތާ ވަރަށް ގިނަ ދުވަސް ވެފައިވެއެވެ.

އެންޑްރޮއިޑް އޮޓޯގެ އާއްމު އުސޫލުތަކަށް ބަލާއިރު، މި ފީޗަރު ހުރިހާ ޔޫޒަރުންނަށް އެއްކޮށް ލިބުމަށް އަދި ދުވަސްތަކެއް ނަގާފާނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ގޫގުލްގެ ދަށުން ހިންގާ އަނެއް ނެވިގޭޝަން އެޕްލިކޭޝަން ކަމަށްވާ "ވޭޒް" ގެ އެންޑްރޮއިޑް އޮޓޯ ވާޝަނުގައި ވެސް ސްޕީޑްމީޓަރުގެ ފީޗަރު ލިބެމުންދާތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު