ދިރާގުޕޭއާއި ޝީޝާ ގުޅިގެން ހޮންޑާ އެއަ ބްލޭޑް 125 ސްޕެޝަލް އެޑިޝަން ސައިކަލެއް ހޯދުމުގެ ފުރުސަތު

މި ޕްރޮމޯޝަންގައި ހަދިޔާކުރާ ހޮންޑާ އެއަ ބްލޭޑް ސައިކަލު -

ދިރާގު ފިންޓެކްއާއި ޝީޝާ ގުޅިގެން، ހޮންޑާ އެއަ ބްލޭޑް 125 ސްޕެޝަލް އެޑިޝަން ސައިކަލެއް ހޯދުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

ދިރާގުން ބުނީ ދިރާގުޕޭ މިހާރު ވެސް ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓަރީކުރާ ކަސްޓަމަރުންނަށް, މި އަހަރުގެ ޑިސެންބަރު 31ގެ ނިޔަލަށް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

މީގެ އިތުރުން، ދިރާގުޕޭ މެދުވެރިކޮށް ކުރާ ފައިސާގެ މުއާމަލާތްތަކާއެކު، ގުރުއަތުން ހޮވުމުގެ ފުރުސަތު އިތުރު ކުރުމުގެ ފުރުސަތު ވެސް ލިބޭނެކަން އެ ކުންފުނިން ފާހަގަކުރިއެވެ.

މި ޕްރޮމޯޝަންގައި ހަދިޔާކުރާ ހޮންޑާ އެއާ ބްލޭޑް ސައިކަލަކީ ރާއްޖޭގައި ހޮންޑާގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު ޝީޝާއިން ހަދިޔާ ކޮށްދޭ ސައިކަލެކެވެ. މި ސައިކަލު ލިބޭ ނަސީބުވެރިޔާއަށް ސައިކަލުގެ ޚިދުމަތްތަކުން އުމުރު ދުވަހަށް 15 ޕަސެންޓްގެ ޑިސްކައުންޓް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

ހަމައެއާއެކު، ހޮންޑާގެ ތަމްރީނު ލިބިފައިވާ ޓެކްނީޝަނުންގެ އިތުބާރު ހިފޭ ޚިދުމަތްތަކާއެކު، ސައިކަލަށް ބޭނުންވާ ސްޕެއާ ޕާޓްސްތައް ޝީޝާ މެދުވެރިކޮށް ފަސޭހަކަމާއެކު ލިބެން ހުންނާނެ ކަމަށް ދިރާގުން ފާހަގަކުރިއެވެ.

ދިރާގުޕޭ އީ-ވޮލެޓްއިން ލިބޭ ޚިދުމަތްތަކުގެ ތެރޭގައި، ބިލް ސްޕްލިޓިން، ސަބް ވޮލެޓް، ޕިއާ-ޓު-ޕިއާ ޓްރާންސްފާ، ފަވަރަ ޓްރާންސްފާ އަދި ބިލަށް ފައިސާ ދެއްކުން ފަދަ ކަސްޓަމަރުންނަށް ބޭނުންތެރި ޚިދުމަތްތައް ހިމެނެއެވެ.

މި ޚާއްސަ ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކޮށް، ކަސްޓަމަރުންނަށް ރައްކާތެރި، ހަލުވި އަދި ފަސޭހަ މަގެއް ފަހިކޮށްދިނުމުގެ މަގުސަދުގައި ދިރާގު ފިންޓެކްއިން ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށް ދިރާގުން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް