އުމުރުން 74 އަހަރުގައި އަވަހާރަވި ގަތަރުގެ ކުރީގެ އަމީރު ޝެއިޚް ހަމަދު ބިން ޚަލީފާ އަލް ޘާނީއަށް އިހުތިރާމް ކުރުމުގެ ގޮތުން މިއަދަކީ އިންޑިއާގެ ގައުމީ ހިތާމައިގެ ދުވަހެއް ގޮތުގައި އިއުލާނުކޮށްފިއެވެ.
ހިތާމަ ފާޅުކުރުމުގެ ގޮތުން މުޅި އިންޑިއާގައި ގައުމީ ދިދަ ބައި ދަނޑިއަށް ތިރިކޮށް ރަސްމީކޮށް ބާއްވާ އެއްވެސް މުނިފޫހިފިލުވުމުގެ ހަރަކާތެއް ނޯންނާނެ ކަމަށް މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް (އެމްއީއޭ) އިން ވަނީ ހާމަކޮށްފައެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ޝެއިޚް ހަމަދަކީ ގަތަރަށް ތަރައްގީއާއި ތަނަވަސްކަމަށް މަގުދައްކައިދިން ތަސައްވުރު ބޮޑު ލީޑަރެއް ކަމަށް ވިދާޅުވެފައެވެ.
"އިންޑިއާއިން ބަލަނީ ހަމަދަކީ ހަގީގީ އެކުވެރިއެއް ކަމަށް. އެންމެ ފަހުން 2024 ވަނަ އަހަރު ގަތަރަށް ކުރި ދަތުރުގައި ބައްދަލުކުރުމުގެ ޝަރަފް ލިބުނު." މޯދީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވެއެވެ.
ޝެއިޚް ހަމަދު ބިން ޚަލީފާ އަލް ޘާނީ ވަނީ 1995 އިން 2013 އަށް ގަތަރުގައި ވެރިކަން ކުރައްވާފައެވެ. ގަތަރުގެ މިހާރުގެ ލީޑަރަކީ އޭނާގެ ދަރިކަލުން ޝެއިޚް ތަމީމްއެވެ.