ހޮލީވުޑްގެ އެންމެ މަގުބޫލު ދެމަފިރިންގެތެރޭ ހިމެނުނު ބްރެޑް ޕިޓް އާއި އެންޖެލީނާ ޖޯލީގެ ކައިވެނި ރޫޅުނުތާ 10 އަހަރު ވެފައިވާއިރު މިހާތަނަށް އެއްވެސް މީހަކާ ލޯބީގެ ގޮތުން ނުގުޅޭ ކަމަށް ބަތަލާ އެންޖެލީނާ ޖޯލީ ބުނެފިއެވެ.
ޔާހޫ އެންޓަޓެއިންމަންޓަށް ދިން އިންޓަވިއުއެއްގައި އުމުރުން 51 އަހަރުގެ ބަތަލާ ބުނީ، ފާއިތުވި 10 އަހަރުތެރޭ އެއްވެސް މީހަކާ ލޯބީގެ ގުޅުމެއް ބޭއްވުމުގެ ވިސްނުން ގެންގުޅެފައިނުވާ ކަމަށެވެ. އޭގެ އޭގެ ބަދަލުގައި އެންޖެލީނާ އިސްކަންދިނީ ކައިވެނި ރޫޅުމަށްފަހު ކުރިމަތިވި ގޮންޖެހުންތަކުން ހިމާޔަތް ހޯދައި ކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށް ކުދިންގެ ކަންކަން ކުރުމަށް ކަމަށް ވަނީ ބުނެފައެވެ.
އެންޖެލީނާ އާއި ބްރެޑް ޕިޓްގެ ކައިވެންޏަށް ހަ ކުދިން ލިބިފައިވާއިރު އޭގެތެރެއިން ތިން ކުދިންނަކީ ދެ މީހުންގެ ބައޮލޮޖިކަލް ކުދިންނެވެ. އަނެއް ހަތަރު ކުދިންނަކީ ބްރެޑް އާއި އެންޖެލީނާ އެޑޮޕްޓްކޮށްފައިވާ ކުދިންނެވެ.

އެންޖެލީނާ ކުރީގެ ފިރިމީހާ ބްރެޑް ޕިޓްއާ އެކު--ފޮޓޯ/ދަހޮލީވުޑްރިޕޯޓަ
ހަ ކުދިން ވެސް މިހާރު ޒުވާން އުމުރުފުރާއަށް އަޅާފައިވާއިރު ކުދިން ހެޔޮގޮތުގައި ބޮޑުވަމުން އަންނަ މަންޒަރަކީ މަޔެއްގެ ހައިސިއްޔަތުން ވަރަށް އުފާކުރާ އަދި ފަޚުރުވެރިވާ ކަމެއް ކަމަށް އެންޖެލީނާ ބުނެފައިވެއެވެ.
މުސްތަގްބަލުގައި ވެސް ދިރިއުޅުމުގައި އެންމެ ބޮޑު އިސްކަމެއްދޭނީ ކުދިންގެ ކަންކަމަށް ކަމަށާއި އެއަށްވުރެ މުހިއްމު ކަމެއް ދިރިއުޅުމުގައި ނޯންނާނެ ކަމަށް އޮސްކާ އެވޯޑު ހާސިލުކޮށްފައިވާ ބަތަލާ ވަނީ ބުނެފައެވެ.
ބްރެޑްއާ ކައިވެނި ކުރުމުގެ ކުރިން އެންޖެލީނާ ވަނީ ދެ ކައިވެންޏެއް ކޮށްފައެވެ. އެއީ އަލަތު ފިރިމީހާ އެކްޓަރު ޖޮނީ ލީ މިލާ އަދި އެކްޓަރު ބިލީ ބޮބް ތޯންޓަންއާއެވެ.

އެންޖެލީނާ ބަތަލާގެ ހަ ކުދިންނާ އެކު--ފޮޓޯ/ދަހޮލީވުޑްރިޕޯޓަ
އެންޖެލީނާ މިހާތަނަށް ހުސްހަށިބައިކޮށް ހުރި ނަމަވެސް އުމުރުން 62 އަހަރުގެ ބްރެޑް ވަނީ އާ ބައިވެރިއަކު ހޯދާފައެވެ. ސްވިޓްޒަލޭންޑަށް ނިސްބަތްވާ ގަހަނާ ޑިޒައިނަރެއް ކަމަށްވާ އިނެސް ޑި ރާމޯން އާ 2022 ވަނަ އަހަރުން ފެށިގެން ބްރެޑް ސީރިއަސް ލޯބީގެ ގުޅުމެއް ބާއްވަމުން އަންނައިރު ދެ މީހުންގެ ކައިވެނި މި އަހަރުތެރޭ ކުރެވޭނެ ކަމަށް ހޮލީވުޑްގެ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.