ގޮއިދޫގައި ބާއްވާ ފުޅަނގި ޗެލެންޖުގައި ވާދަކުރާ ރައިޑަރުންނަށް ޖާރޒީ ހަވާލުކޮށްފި

"ފުޅަނގި ޗެލެންޖް 2026" ކައިޓް ސާފިން މުބާރާތުގައި ވާދަކުރާ ރައިޑަރުންނަށް ޖާރޒީ ހަވާލުކުރަނީ--

ރާއްޖޭގެ މޫދުކުޅިވަރުގައި ފާހަގަކޮށްލެވޭ ބ. ގޮއިދޫގައި ބާއްވާ "ބާ ގޮއިދޫ ކައުންސިލް ފުޅަނގި ޗެލެންޖް 2026" ކައިޓް ސާފިން މުބާރާތުގައި ވާދަކުރާ ރައިޑަރުންނަށް ޖާރޒީ ހަވާލުކޮށްފިއެވެ.

ގޮއިދޫ ކައުންސިލުން އިސްނަގައިގެން، "ބާ ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީ" އާ ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތަކީ ރާއްޖޭގެ ކައުންސިލަކުން އިސްނަގައިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މިފަދަ ފުރަތަމަ ކައިޓްސާފިން މުބާރާތެވެ.

މިއަދުން ފެށިގެން ޖުލައި 5 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ތެރޭގައި އެތުލީޓުންނާއި އޮފިޝަލުންނަށް އެ ރަށުގައި ގިނަ ލުއިފަސޭހަތަކެއް ވަނީ ހަމަޖައްސައިދީފައެވެ.

"ފުޅަނގި ޗެލެންޖް 2026" ކައިޓް ސާފިން މުބާރާތުގައި ވާދަކުރާ ރައިޑަރުންނަށް ޖާރޒީ ހަވާލުކުރަނީ--

މުބާރާތް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި މޫދު ކުޅިވަރުތައް އާލާކޮށް، މި ދާއިރާ އިތުރު ހަރުފަތަކަށް ގެންދިއުމަށް އެހީތެރިވެދިނުމެވެ.

މި އަހަރުގެ މުބާރާތުގައި ޖުމްލަ 38 ރައިޑަރުން ވާދަކުރާއިރު، އޭގެ ތެރޭގައި ހިމެނެނީ ގޮއިދޫން ބޭރުގެ 30 ރައިޑަރުންނާއި އެ ރަށަށް ނިސްބަތްވާ 14 ރައިޑަރުންނާއެކު ޖުމްލަ 44 ރައިޑަރުންނެވެ.

ކެޕްޝަން..

މި މުބާރާތް ކުރިއަށްދާނީ ރޭސް އަދި ފްރީސްޓައިލް ކެޓެގަރީތަކަށް ބަހާލައިގެންނެވެ. ރޭސް ކެޓެގަރީން އެއްވަނައަށް ހޮވޭ ފަރާތަކަށް 10,000 ރުފިޔާ، ދެވަނައަށް 5,000 ރުފިޔާ، އަދި ތިންވަނައަށް ދާ ފަރާތަކަށް 3,000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ފްރީސްޓައިލް ކެޓެގަރީގެ އެއްވަނައަށް 10,000 ރުފިޔާ, ދެވަނައަށް 5,000 ރުފިޔާ ލިބޭނެއެވެ. އަދި ތިންވަނައަށް 3000 ރުފިޔާ ލިބޭނެއެވެ.

މީގެ އިތުރުން މުޅި މުބާރާތުން އެންމެ މޮޅު އެތުލީޓަކަށް ހޮވޭ ފަރާތަކަށް "ފުޅަނގި ޓައިޓަލް ވިނާ" ގެ ޝަރަފާއެކު 15,000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ބާ ގޮއިދޫ ކައުންސިލާއި ބާ ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީ ގުޅިގެން ބާއްވާ "ފުޅަނގި ޗެލެންޖް 2026" ކައިޓް ސާފިން މުބާރާތުގައި ވާދަކުރާ ބައިވެރިންނަށް ޖާޒީ ހަވާލުކޮށްފިއެވެ. މިއީ ރާއްޖޭގެ ކައުންސިލަކުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ބާއްވާ މިފަދަ ފުރަތަމަ މުބާރާތެވެ. ޖުލައި 5 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި މޫދު ކުޅިވަރުތައް އާލާކޮށް ކުރިއެރުވުމެވެ. މި މުބާރާތުގައި ރަށުން ބޭރުގެ 30 ރައިޑަރުންނާއި ގޮއިދޫގެ 14 ރައިޑަރުންނާއެކު ޖުމްލަ 44 ރައިޑަރުން ވާދަކުރާނެއެވެ.

  • މުބާރާތް ކުރިއަށްދާނީ ރޭސް އަދި ފްރީސްޓައިލް ކެޓެގަރީއަށް ބަހާލައިގެންނެވެ.
  • ކޮންމެ ކެޓެގަރީއަކުން އެއްވަނައަށް 10000 ރުފިޔާ، ދެވަނައަށް 5000 ރުފިޔާ އަދި ތިންވަނައަށް 3000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
  • މުޅި މުބާރާތުގެ އެންމެ މޮޅު އެތުލީޓަށް "ފުޅަނގި ޓައިޓަލް ވިނާ" ގެ ޝަރަފާއެކު 15000 ރުފިޔާގެ ފައިސާގެ އިނާމަކާއި ޓްރޮފީއެއް ލިބޭނެއެވެ.
  • އެތުލީޓުންނާއި އޮފިޝަލުންނަށް ރަށު ތެރެއިން ގިނަ ލުއިފަސޭހަތަކެއް ކައުންސިލުން ވަނީ ހަމަޖައްސައިދީފައެވެ.
  • ރާއްޖޭގައި މޫދު ކުޅިވަރުގެ ދާއިރާ ތަރައްގީކުރުމަށް ކައުންސިލްތަކުން އިސްނެގުން.
  • އެތުލީޓުންނަށް މާލީ ގޮތުންނާއި ފަންނީ ގޮތުން ކުރިއެރުން ހޯދުމަށް ފުރުސަތު ފަހިވުން.
  • މުޖުތަމައުގެ ބައިވެރިވުމާއެކު ކުޅިވަރުގެ މާހައުލު އާލާކުރުމަށް ބާރުއެޅުން.
  • ފަތުރުވެރިކަމާއި ރަށުގެ އިގުތިސާދަށް މިފަދަ ހަރަކާތްތަކުގެ ސަބަބުން ހެޔޮ ބަދަލުތަކެއް އައުން.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު