ރ. އަތޮޅު އަލިފުށީ ދާއިރާ އަތޮޅު ކައުންސިލުންނާއި ރަތްމަންދޫ ރަށު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނުގެ ވޯޓުލުން މިއަދު ހެނދުން ފެށިގެން ކުރިއަށް އެބަދެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ދެ ބައި އިލެކްޝަނުގެ ވޯޓުލުން ވެސް މިއަދު ހެނދުނު 8:00 ފެށިގެން ކުރިއަށްދާ ކަމަށެވެ.
އަލިފުށި ދާއިރާގެ އިންތިހާބުގައި ވޯޓުލުމަށް އަލިފުށީގައި ދެ ވޯޓުފޮށި ބަހައްޓާފައިވާއިރު އެ ދާއިރާގައި ހިމެނޭ ވާދޫގަ އާއި ރަސްގަތީމުގަ އާއި އަދި އަނގޮޅިތީމުގައި ވޯޓު ފޮއްޓެއް ބަހައްޓާފައިވާ ކަމަށް އެ ކޮމިޝަނުން މައުލޫމާތުދެ އެވެ.
ރަތްމަންދޫ ރަށު ކައުންސިލް ވޯޓުލުމަށް އެ ރަށުގައި އެއް ފޮށި ބަހައްޓާފައިވާއިރު މިއަދު ބާއްވާ ދެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން މާލެގައި ވޯޓުލުމަށް ރަސްޖިސްޓްރީ ކޮށްފައިވާ މީހުން އިސްކަންދަރު ސްކޫލުގައި ވޯޓު ފޮއްޓެއް ބަހައްޓާފައިވެ އެވެ.
އަލިފުށި ދާއިރާގެ އިންތިހާބުގައި ޑީއާރުޕީ އާއި ޕީޕީއެމް އާއި އަދި ޖުމްހޫރީ ޕާޓީން ވާދަކުރާއިރު އެމްޑީޕީންވެސް އެ އިންތިހާބުގައި ވާދަކުރެ އެވެ.
ރަތްމަންދޫ ރަށު ކައުންސިލް އިންތިހާބުގައި ވާދަކުރަނީ ޑީއާރުޕީއާއި އެމްޑީޕީ އެވެ.
އަލިފުށި ދާއިރާގެ ބައިއިލެކްގައި 2500 އަށްވުރެ ގިނަ މީހުނަށް މީހުން ވޯޓު ލުމުގެ ހައްގު ލިބިފައިވާއިރު ރަތްމަދޫ ރަށު ކައުންސިލްގައި ވޯޓުލުމު ހައްގު 115 އަށްވުރެ ގިނަ މީހުނަށް ލިބިފައިވެ އެވެ.
ހަތަރު ބައި އިލެކްޝަނެއް އަންނަ މަހު 29 ގައި ވެސް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާން ކޮށްފަ އެވެ.