ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރު ކަމަށް ޒައިނާ އައްޔަނުކޮށްފި

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރު ކަމަށް އައްޔަނު ކުރި ޒައިނާ ޢަބްދުﷲ... ފޮޓޯ/ ޕީބީސީ

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) ގެ މެންބަރު ކަމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) ގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިންގެ މަގާމުގައި ހުންނެވި ޒައިނާ ޢަބްދުﷲ އައްޔަނުކޮށްފިއެވެ.

ޕީބީސީގެ ބޯޑު މެމްބަރުކަމަށް ޒައިނާ އަޔްނަކޮށްފައިވަނީ އިއްޔެއެވެ.

ޒައިނާއަކީ ބޭންކިން އަދި ފައިނޭންސްގެ ދާއިރާގައި، ޚާއްސަކޮށް ކޯޕަރޭޓް ފައިނޭންސް، އިސްލާމިކް ބޭންކިން އަދި ދައުލަތުގެ ކުންފުނިތަކުގެ ގަވަނަންސްގެ ދާއިރާގައި 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފަންނީ ބޭފުޅެކެވެ.

އޭނާ މިހާރު އަދާކުރައްވަމުން ގެންދަވާ މަގާމަކީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) ގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިން އެވެ. މި މަގާމުގައި އޭނާ އިސްކޮށް ބަލަހައްޓަވަނީ ބޭންކުގެ ކޯޕަރޭޓް ފައިނޭންސިން އޮޕަރޭޝަންތަކާއި، ކްރެޑިޓް އިވެލުއޭޝަން، ފައިނޭންސިން ލިޔެކިޔުންތަކާއި ހުއްދަތައް ދިނުމުގެ އިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ބޮޑެތި މަޝްރޫޢުތަކަށް ދޫކުރެވޭ ފައިނޭންސިން އާ ގުޅޭ އެންމެހައި ކަންކަމެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރު ކަމަށް އައްޔަނު ކުރި ޒައިނާ ޢަބްދުﷲ... ފޮޓޯ/ ޕީބީސީ

އެމް.އައި.ބީ އާ ގުޅިވަޑައިގަތުމުގެ ކުރިން ޒައިނާ ވަނީ ޕީ.ސީ.ބީގެ ސީނިއަ އޮފިސަރެއްގެ މަގާމު ފުރުއްވާފައެވެ. އެ މުއްދަތުގައި އޭނާ ވަނީ ދައުލަތުގެ ކުންފުނިތަކުގެ މަސައްކަތްތައް މޮނިޓަކޮށް އިވެލުއޭޓް ކުރުމާއި، މާލީ ބަޔާންތަކާއި ބަޖެޓުތަކުގެ އިތުރުން ބިޒްނަސް ޕްލޭންތައް ދިރާސާކުރުމާއި، ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އިދާރީ މަސައްކަތްތަކުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

މި ތަޖުރިބާގެ ސަބަބުން ކޯޕަރޭޓް ގަވަނަންސް އާއި ދައުލަތުގެ އިދާރީ އިސްލާޙީ ބަދަލުތަކުގެ ދާއިރާއިން އޭނާއަށް ވަނީ ފުޅާ ދާއިރާއެއްގައި މަޢުލޫމާތާއި ތަޖުރިބާ ލިބިވަޑައިގެންފައެވެ.

ތަޢުލީމީ ގޮތުން ބަލާއިރު، ޒައިނާ ވަނީ މެލޭޝިއާގެ އިންޓަރނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް އިން މާސްޓަ އޮފް އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ފުރިހަމަކުރައްވާފައެވެ. އަދި އިންޑިއާގެ ޔުނިވަރސިޓީ އޮފް ޕޫނޭ އިން ބެޗްލަ އޮފް ކޮމާސް ހާސިލުކުރައްވާފައިވެއެވެ.

އޭނާގެ ފަންނީ ހުނަރުތަކުގެ ތެރޭގައި ކޯޕަރޭޓް ފައިނޭންސިން، ކްރެޑިޓް ރިސްކް އެސެސްމަންޓް، ގަވާނަންސް، ރެގިއުލޭޓަރީ ކޮމްޕްލަޔަންސް، އަދި ސްޓްރެޓީޖިކް މެނޭޖްމަންޓް ހިމެނެއެވެ.

ބޭންކިން ދާއިރާގެ އިތުރުން ދައުލަތުގެ ކުންފުނިތައް ހިންގުމާއި ބެލެހެއްޓުމުގެ ދާއިރާގައި ހޯއްދަވާފައިވާ ހަރުދަނާ ތަޖުރިބާތަކާއެކު، ޒައިނާ އަކީ ޕީސީބީގެ ބޯޑަށް މާލީ އަދި އިދާރީ ގޮތުން އަގުހުރި ޢިލްމީ އަދި ފަންނީ އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ބޭފުޅެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ޕީސީބީ އަކީ މިއީ ދިވެހި ދައުލަތުގެ ކުންފުނިތައް ހިންގާ ގޮތް މޮނިޓަކޮށް، އެ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ޢައްޔަންކުރުމާއި، ކުންފުނިތަކުގެ ލަނޑުދަނޑިތައް ހާސިލުވާކަން ކަށަވަރުކުރާ ސަރުކާރުގެ މައި އިދާރާއެކެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިންގ ގެ މަގާމުގައި ހުންނެވި ޒައިނާ، ޕީސީބީގެ ބޯޑަށް އައްޔަނުކުރީ އިއްޔެއެވެ. އޭނާއަކީ ބޭންކިންގ، ކޯޕަރޭޓް ފައިނޭންސް އަދި ކުންފުނިތަކުގެ ގަވަރނަންސް ދާއިރާއިން 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހާސިލުކުރައްވާފައިވާ ފަންނީ ބޭފުޅެކެވެ. މީގެ ކުރިން ޒައިނާ ވަނީ ޕީސީބީގެ ސީނިއަރ އޮފިސަރެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވައި، ދައުލަތުގެ ކުންފުނިތައް މޮނިޓަރކޮށް އިވެލުއޭޓްކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. ޒައިނާ ވަނީ މެލޭޝިއާއިން މާސްޓަރ އޮފް އިސްލާމިކް ފައިނޭންސް ޕްރެކްޓިސް އަދި އިންޑިއާއިން ބެޗްލަރ އޮފް ކޮމާސް ފުރިހަމަކުރައްވާފައެވެ. ފިނޭންސް މިނިސްޓްރީން ހާމަކުރާ ގޮތުގައި، އޭނާގެ ފުޅާ ތަޖުރިބާއާއި ޢިލްމީ ގާބިލުކަމުގެ ސަބަބުން ދައުލަތުގެ ކުންފުނިތައް ހިންގުމާއި ބެލެހެއްޓުމުގައި ޕީސީބީއަށް މުހިންމު ފަންނީ އެހީތެރިކަމެއް ލިބިގެންދާނެއެވެ.

  • ޕީސީބީގެ ބޯޑު މެންބަރުކަމަށް ޒައިނާ ޢަބްދުﷲ އައްޔަނުކުރުން.
  • ޒައިނާއަކީ މިހާރުވެސް އެމްއައިބީގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިންގގެ މަގާމު ފުރުއްވަމުންދާ ބޭފުޅެއް.
  • ފައިނޭންސް އަދި ގަވަރނަންސް ދާއިރާއިން 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • މީގެ ކުރިން ޕީސީބީގެ ސީނިއަރ އޮފިސަރެއްގެ ގޮތުގައި ދައުލަތުގެ ކުންފުނިތައް މޮނިޓަރކުރުމުގެ މަސައްކަތް ކުރައްވާފައިވުން.
  • މެލޭޝިއާއިން މާސްޓަރސް އަދި އިންޑިއާއިން ބެޗްލަރސް ޑިގްރީ ހާސިލުކުރައްވާފައިވުން.
comment ކޮމެންޓް