ވަގު ޓީޓީ ހެދި މައްސަލަ: ޝިފާއުގެ މައްސަލަތައް ހައިކޯޓަށް ބަލައިގެންފި

ވަގު ޓީޓީ ހެދި މައްސަލައިގައި ހައްޔަރުކުރި ޝިފާއު: ޝިފާއުގެ މައްސަލަތައް ހައިކޯޓަށް ބަލައިގެންފި --

ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި، 109 އަހަރަށް ޖަލަށް ލައި، ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ހުސެއިން ޝިފާއު އެ މައްސަލަތައް ހައިކޯޓަށް ބަލައިގެންފިއެވެ.

ޝިފާއުގެ މައްޗަށް, ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ޖުމުލަ 23 ދައުވާއެއް އުފުލިއިރު، އެ ހުރިހާ ދައުވާއެއް ވެސް ވަނީ އޭނާގެ މައްޗަށް ސާބިތުވެފައެވެ. މި މައްސަލަތަކާ ގުޅިގެން ކްރިމިނަލް ކޯޓުގެ ގާޒީ ނަދީމް ވަކިވަކިން އިއްވި އަދަބުތަކުގެ ޖުމުލައަކީ 109 އަހަރެވެ. އަދި، ހަތް މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ވެސް ކުރިއެވެ. މި ހުކުމް ޝިފާއުގެ މައްޗަށް އިއްވީ މިދިޔަ ޑިސެމްބަރު މަހެވެ.

އެ މައްސަލަތައް ހައިކޯޓަށް ހުށަހެޅީ މިދިޔަ މާރިޗު މަހެވެ. މައްސަލަތައް މިހާރު ހައިކޯޓަށް ރަޖިސްޓްރީކޮށްފައި ހުރި ނަމަވެސް މައްސަލަތައް ފެށޭނެއިރެއް އަދި ނޭނގެއެވެ.

ޝިފާއުގެ މައްޗަށް 109 އަހަރުގެ ހުކުމެއް އިއްވި ނަމަވެސް، އެ މައްސަލާގައި ޝިފާއު ލޯންޑާކުރި 123،000 ޑޮލަރު ހުރީ ކޮން ތަނެއްގައިކަން ދައުލަތަށް ބުނެ ނުދެވޭތީ، އެ ފައިސާ ދައުލަތަށް ނަގަން އަމުރު ނުކުރެވޭނެ ކަމަށް މި މައްސަލަ ބައްލަވާ ގާޒީ ކުރިން ވަނީ ނިންމަވާފައެވެ.

ޝިފާއު ވަގު ޓީޓީ ބޭނުންކުރި މައްސަލައިގައި 2021 ވަނަ އަހަރު ވެސް ފުލުހުން ހޯދަން އިއުލާންކުރިއެވެ. އެ މައްސަލައިގައި 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 28ގައި އޭނާ ހައްޔަރު ވެސް ކުރިއެވެ. އެކަމަކު އޭނާ ދޫކޮށްލުމުން އޭނާ ފުރައިގެން ދިޔައީ ރާއްޖޭން ބޭރަށެވެ. އޭގެ ފަހުން އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރުނެވެ. އަދި، ފިލައިގެން އުޅުމަށް ފަހު ރާއްޖެ އައުމާއެކު އޭނާގެ ޕާސްޕޯޓު ހިފެހެއްޓިއެވެ.

ޝިފާއުއަކީ މި ސަރުކާރުން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމަށް ކުރިން އައްޔަންކުރި މީހެކެވެ. އެކަމަކު، އޭނާ ވަނީ ކުއްލިއަކަށް މަގާމުން ވަކިކޮށްފައެވެ. އެކަމަކު އޭނާ ވަކިކުރި ސަބަބެއް ހާމައެއް ނުކުރެއެވެ.

ވަގު ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) ބޭނުންކޮށްގެން ވިޔަފާރިކުރިކަން ސާބިތުވެ، 109 އަހަރުގެ ޖަލު ޙުކުމަކާއި 7 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް އައިސްފައިވާ ޙުސައިން ޝިފާއުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލަތައް އެ ކޯޓުން ބަލައިގެންފިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އުފުލި 23 ދަޢުވާ ސާބިތުވެ ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު މަހު ޙުކުމް އިއްވި ނަމަވެސް، މި މައްސަލަތައް ހައިކޯޓުގައި ރަޖިސްޓަރީކޮށްފައިވަނީ މިދިޔަ މާރިޗު މަހުގައެވެ. ނަމަވެސް މައްސަލައިގެ އަޑުއެހުންތައް ފަށާނެ ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

  • ޝިފާއުގެ މައްޗަށް 23 ދަޢުވާ ސާބިތުވެ، 109 އަހަރުގެ ޖަލު ޙުކުމަކާއި 7 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ކްރިމިނަލް ކޯޓުން ވަނީ ކޮށްފައެވެ.
  • އޭނާ ލޯންޑަރކުރި 123,000 ޑޮލަރު ހުރި ތަނެއް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާތީ، އެ ފައިސާ ދައުލަތަށް ނެގުމަށް ކޯޓުން އަމުރުކޮށްފައެއް ނުވެއެވެ.
  • މައްސަލައިގެ ތަޙުޤީޤު މަރުޙަލާގައި އޭނާ ރާއްޖެއިން ބޭރަށް ފިލައިގެން ދިއުމުން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާއިރު، އެނބުރި އައުމުން ވަނީ ޕާސްޕޯޓު ހިފަހައްޓާފައެވެ.
  • މި ސަރުކާރުގެ އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުކަމުގެ މަޤާމަށް އޭނާ އައްޔަންކުރުމަށްފަހު، ވަކި ސަބަބެއް ހާމަކުރުމަކާ ނުލައި ފަހުން ވަނީ މަޤާމުން ވަކިކޮށްފައެވެ.
comment ކޮމެންޓް