ދިވެހި ސާފް ލީގު 2026: ފުވައްމުލަކުގައި ބޭއްވި ފުރަތަމަ މުބާރާތުގެ އޯޕަން ބައިގެ ޗެމްޕިއަންކަން ޔަސީނަށް

ދިވެހި ސާފް ލީގު 2026 ގެ އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދި ޒުވާން ރާޅާއެޅުންތެރިޔާ ޔަސީން އަޙްމަދު ނާޝިދު-- ފޮޓޯ: ކުޅިވަރު ވުޒާރާ

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ "ސީސްޕޯޓްސް ދިވެހި ސާފް ލީގު 2026" ގެ ފުރަތަމަ މުބާރާތް ކަމަށްވާ "އެލޭއިސް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި މަހުގެ 17 އިން 20 ގެ ނިޔަލަށް ފުވައްމުލަކުގެ މަޝްހޫރު އެލޭއިސް ސާފް ބްރޭކުގައި ކުރިއަށްދިޔަ މި މުބާރާތުގެ ފޯރިގަދަ ޝޯޓްބޯޑް ފިރިހެނުންގެ އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދީ ޒުވާން ރާޅާއެޅުންތެރިޔާ ޔަސީން އަޙްމަދު ނާޝިދުއެވެ.

ޔަސީން މި ޝަރަފުވެރި މަޤާމު ކަށަވަރުކުރީ ފައިނަލްގެ ފަހު ހީޓުގައި މުޙައްމަދު އިނާނާ ވާދަކޮށް 9.07 ގެ ސްކޯއަކުން ކުރިހޯދައިގެންނެވެ. މި ހީޓުގައި އިނާނަށް ހޯދުނީ 8.93 ގެ ސްކޯއެކެވެ.

ދިވެހި ސާފް ލީގު 2026 ގެ އެލެއިސްގެ ވަނަތަކަށް ދިޔަ އެތުލީޓުން--

މީގެ އިތުރުން، މުބާރާތުގެ ޝޯޓްބޯޑް ފިރިހެން 18 އަހަރުން ދަށުގެ ބައިގެ ޗެމްޕިއަންކަން ކާމިޔާބުކުރީ ނޫހު މުޙައްމަދު ދުނައިމް އިރުޝާދެވެ.

އޭނާ މި ބައިގެ އެއްވަނަ ހޯދީ އޯޕަން ބައިގެ ފައިނަލްގައިވެސް ވާދަކުރި މުޙައްމަދު އިނާނާ ބައްދަލުކޮށް، 14.33 ގެ މަތީ ސްކޯއެއް ހޯދައިގެންނެވެ. މި ބައިގެ ފައިނަލްގައި އިނާނަށް ލިބުނީ 12.17 ގެ ސްކޯއެކެވެ.

ދިވެހި ސާފް ލީގުގައި ނުހިމެނޭ ނަމަވެސް، މި މުބާރާތުގެ ތެރެއިން ކުރިއަށްދިޔަ އިތުރު ތިން އިވެންޓަކުންވެސް ވަނީ ވަނަތައް ހޮވާފައެވެ.

އެގޮތުން ޝޯޓްބޯޑް އަންހެނުންގެ އޯޕަން ބައިގެ ޗެމްޕިއަންކަން ނަހާ ނަސްރުﷲ ހޯދިއިރު، ބޮޑީބޯޑް ފިރިހެނުންގެ އޯޕަން ބަޔާއި ބޮޑީބޯޑް ފިރިހެން 18 އަހަރުން ދަށުގެ ބައިން ދެ ފަޚުރުވެރި ޗެމްޕިއަންކަން ހޯދާފައިވަނީ އަޙްމަދު ޖިވާއު ޖިހާދެވެ.

ފިރިހެނުންގެ އޯޕަން ބަޔާއި ބޮޑީބޯޑް ފިރިހެން 18 އަހަރުން ދަށުގެ ބައިން ދެ ފަޚުރުވެރި ޗެމްޕިއަންކަން ހޯދި އަޙްމަދު ޖިވާއު ޖިހާދު--

މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢުއެވެ.

މި އަހަރުގެ ސާފް ލީގުގެ ފުރަތަމަ މުބާރާތް ނިމިފައިވާއިރު، ކުރިއަށް މި ސީޒަނުގައި އިތުރު ތިން މުބާރާތެއް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.

އެއީ ޖުލައި މަހުގެ ފަހުކޮޅު މ. މުލީގައި ބާއްވާ "މުލީކޮޅު ރާޅުގަނޑު" މުބާރާތާއި، އޮގަސްޓް މަހުގެ ފަހުކޮޅު ލ. މާބައިދޫގައި އޮންނަ "ކެރަންޑޫ" މުބާރާތުގެ އިތުރުން، ނޮވެމްބަރު މަހުގެ ކުރީކޮޅު މާލޭ ރާޅުގަނޑު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ރަންނަމާރި ޗެލެންޖް 1448" އެވެ.

މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ފުވައްމުލަކުގެ އެލޭއިސް ސާފް ބްރޭކުގައި ކުރިއަށްގެންދިޔަ "ސީސްޕޯޓްސް ދިވެހި ސާފް ލީގު 2026" ގެ ފުރަތަމަ މުބާރާތް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. މި މުބާރާތުގެ އެންމެ ޝަރަފުވެރި މަޤާމު ކަމަށްވާ ފިރިހެނުންގެ ޝޯޓްބޯޑް އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދީ ހުނަރުވެރި ޒުވާން ރާޅާއެޅުންތެރިޔާ ޔަސީން އަޙްމަދު ނާޝިދުއެވެ. މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢުއެވެ. މި އަހަރުގެ ސާފް ލީގުގެ ކަލަންޑަރުގައި އިތުރު ތިން މުބާރާތެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. އެގޮތުން ޖުލައި މަހު މުލީގައި، އޮގަސްޓް މަހު މާބައިދޫގައި، އަދި ނޮވެމްބަރު މަހު މާލޭގައި ފޯރިގަދަ ސާފިންގ މުބާރާތްތަކެއް ކުރިއަށްދާނެއެވެ.

  • ޝޯޓްބޯޑް ފިރިހެނުންގެ އޯޕަން ބައިގެ ޗެމްޕިއަންކަން ޔަސީން އަޙްމަދު ނާޝިދު ހޯދީ ފައިނަލްގައި މުޙައްމަދު އިނާނާ ވާދަކޮށް މަތީ ސްކޯއެއް ހޯދައިގެންނެވެ.
  • ޝޯޓްބޯޑް ފިރިހެން އަށާރަ އަހަރުން ދަށުގެ ބައިގެ ޗެމްޕިއަންކަން ތަފާތު ބޮޑު ސްކޯއަކާއެކު ހޯދީ ނޫހު މުޙައްމަދު ދުނައިމް އިރުޝާދެވެ.
  • ޝޯޓްބޯޑް އަންހެނުންގެ އޯޕަން ބައިގެ އެއްވަނަ ނަހާ ނަސްރުﷲ ހޯދިއިރު، ބޮޑީބޯޑިންގގެ ފިރިހެން އޯޕަން އަދި ޒުވާނުންގެ ބައިންވެސް މޮޅުވީ އަޙްމަދު ޖިވާއު ޖިހާދެވެ.
  • މިއަހަރުގެ ސީޒަނުގައި އިތުރު ތިން ސާފިންގ މުބާރާތެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުމަށް ވަނީ ރޭވިފައެވެ.
  • ޒުވާން ރާޅާއެޅުންތެރިން ޤައުމީ ފެންވަރުގެ މުބާރާތްތަކުގައި ފާހަގަކޮށްލެވޭފަދަ ބޮޑެތި ކާމިޔާބީތަކެއް ހޯދުން.
  • އަންހެނުންނާއި ކުޑަކުދިންގެ ބައިވެރިވުން ރާޅާއެޅުމުގެ ކުޅިވަރުގައި އިތުރުވެ، އެކި ކެޓަގަރީތަކުން ފުރުޞަތު ފަހިވެފައިވުން.
  • ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުބާރާތްތައް ބާއްވައި، ކުޅިވަރު ފުޅާކުރުމަށް އެސޯސިއޭޝަނުން ކުރަމުންދާ މަސައްކަތް.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު