އެމްޑީޕީއަށް ސޮއިކުރީ ދާއިރާގެ ރައްޔިތުންގެ އެދުމަށް: ގައްދޫ ޒާހިރު

އެމްޑީޕީއަށް ސޮއިކުރެއްވީ ތަމްސީލްކުރައްވާ ދާއިރާގެ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެމްބަރު ޒާހިރު އާދަމް ވިދާޅުވެއްޖެ އެވެ.


މިނިވަން މެމްބަރެއްގެ ގޮތުގައި މިހާތަނަށް ހުންނެވުމަށްފަހު އެމްޑީޕީއަށް ރޭ ސޮއިކުރެއްވި ޒާހިރު އާދަމް ސަންއެފްއެމަށް ދެއްވި އިންޓަވިއެއްގައި މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލެއްވި ހިސާބުން ފެށިގެން ވެސް އޭނާ އަކީ އެމްޑީޕީގެ ވިސްނުމާއި ފިކުރު ގެންގުޅުއްވާ ބޭފުޅެއް ކަމަށެވެ. އަދި އެމްޑީޕީއަށް ސޮއިކުރެއްވީ އޭނާ ތަމްސީލްކުރާ ދާއިރާގެ ރައްޔިތުންނަށް ސަރުކާރުން ކަމެއް ނުކޮށްދީގެން އުޅެނީ އެ ދާއިރާގެ އޭނާ އެމްޑީޕީއަށް ސޮއިނުކޮށްގެން ކަމަށް ބުނެ އެމީހުން ޝަކުވާކުރަމުންދާތީ ކަމަށެވެ.


" މިހާތަނަށް އައިއިރުވެސް އަޅުގަނޑު ނިސްބަތްވާ ދާއިރާ އަށް މިސަރުކާރުން އެއްވެސް ކަމެއް ކޮށްދީފައެއް ނުވޭ، ދެން އެމްޑީޕީގެ ރޫހުގައި އަޅުގަނޑު ވާހަކަވެސް ދައްކާތަންވެސް ފެންނާނެ. ނަމަވެސް ރައްޔިތުން ބޭނުންވާ ކަންތައްތައް ވަމުންނުދާ ކަމުގައިވާނަމަ އެމްޑީޕީގެ ރޫހާއި ހިލާފުވާތަންވެސް ފެންނާނެ" ޒާހިރު ވިދާޅުވި އެވެ.


ޒާހިރު ވިދާޅުވީ އޭނާ އަބަދުވެސް މަސައްކަތްކުރައްވަނީ އޭނާ ތަމްސީލްކުރައްވާ ދާއިރާގެ ރައްޔިތުންގެ ރޫހާ އެއްގޮތަށް ކަމަށް. އަދި މީގެ ކުރިން މަޖިލީހުގައި އެމްޑީޕީގެ ރޫހުގައި ވާހަކަ ދައްކަވާތަން ނުފެނު ނަމަވެސް ދެން މަސައްކަތް ކުރައްވާނީ އެރޫހުގައި ކަމަށްވެސް ޒާހިރު ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު