ސިޔާސީ ހާލަތާ ގުޅޭ މަޝްވަރާއަށް އަނެއްކާ ވެސް ތިން ރައީސުންގެ މަންދޫބުން ބައްދަލުކޮށްފި

ތިން ރައީސުންގެ މަންދޫބުން ބޭއްވި ފުރަތަމަ ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތުދެނީ: --- ފޮޓޯ: ސްކްރީންޝޮޓް

ރާއްޖޭގެ ސިޔާސީ ހާލަތާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުޙައްމަދު ނަޝީދު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަދި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މަންދޫބުންގެ ދެވަނަ ބައްދަލުވުމެއް ބާއްވައިފިއެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ސަރުކާރު ޒިންމާދާރުކުރުވުމާ ގުޅޭގޮތުންނާއި، މިހާރު ރާއްޖޭގައި އޮތް ސިޔާސީ ހާލަތާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ބެހޭގޮތުންނެވެ.

https://sun.mv/222035

މިދިޔަ މެއި މަހުގެ 15 ވަނަ ދުވަހު ކުރީގެ ތިން ރައީސުން ބައްދަލުކުރައްވައި، އެކުގައި މަސައްކަތްކުރައްވަން ނިންމެވުމާ ގުޅިގެން އުފެއްދެވި ހާއްސަ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޖުމްލަ ހަ މެންބަރުންނެވެ. އެއީ ކޮންމެ ރައީސެއްގެ ފަރާތްޕުޅުން ދެ މަންދޫބުންނެވެ.

އެގޮތުން ރައީސް ނަޝީދުގެ ފަރާތްޕުޅުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ ޢަބްދުﷲ އާއި ފައްޔާޒް އިސްމާއީލް ހިމެނިވަޑައިގަންނަވާއިރު، ރައީސް ޔާމީންގެ ފަރާތްޕުޅުން ތިއްބަވަނީ ޕީއެންއެފްގެ އަމީންއާންމު މުޙައްމަދު މަލީޙް ޖަމާލާއި މާލީ ތަޖުރިބާކާރު އިސްމާޢީލް ޒަރިޔަންދެވެ. އަދި ރައީސް ޞާލިޙްގެ ފަރާތްޕުޅުން ތަމްސީލުކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަޙްމަދު ސަލީމާއި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ކުރީގެ ލީޑަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) އެވެ.

https://sun.mv/222040

މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މެއި މަހުގެ 18 ގައި ބާއްވާފައިވާއިރު، އެ މަޝްވަރާ ބައްދަލުވުމަށް ފަހު، މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެެއްވަމުން ފައްޔާޒް ވިދާޅުވެފައިވަނީ، ކޮމިޓީން ކުރިއަށް ގެންދާ ހަރަކާތްތަކުގެ އަދާހަމަ ކޮންމެ ދުވަހަކު ނޫސްވެރިންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ. އަދި ރާއްޖޭގެ މިސްރާބު މިހާރު ހުރިގޮތުން، ތިން ލީޑަރުން ގުޅިގެން ރަނގަޅު މަސައްކަތެއް ކުރެވޭނެ ކަމުގެ އުންމީދު ބޮޑުކަން އޭނާ އޭރު ފާހަގަކުރެއްވިއެވެ.

https://sun.mv/222160

ތިން ރައީސުންގެ މަންދޫބުންގެ ފަހުގެ ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލްތައް ހާމަކުރުމަށްޓަކައި ވަރަށް އަވަހަށް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާކަމަށް އެ މަންދޫބުންގެ ޓީމުން މައުލޫމާތު ދީފައިވެއެވެ.

ރާއްޖޭގެ މިހާރުގެ ސިޔާސީ ހާލަތާ ގުޅޭގޮތުން މަޝްވަރާކުރުމަށް، ކުރީގެ ރައީސުން ކަމަށްވާ ރައީސް މުޙައްމަދު ނަޝީދާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިތުރުން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މަންދޫބުންގެ މައްޗަށް އެކުލެވޭ ޚާއްޞަ ކޮމިޓީގެ ދެވަނަ ބައްދަލުވުން ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ސަރުކާރު ޒިންމާދާރުކުރުވުމަށާއި، މިހާރުގެ ހާލަތާ ގުޅިގެން ގުޅިފައިވާ ސިޔާސީ މަސައްކަތްތަކެއް ކުރުމަށެވެ. މިދިޔަ މެއި މަހުގެ ފަނަރަ ވަނަ ދުވަހު ތިން ރައީސުން ބައްދަލުކުރެއްވުމަށްފަހު އެކުލަވާލެއްވި މި ކޮމިޓީގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ މިސްރާބު ރަނގަޅު ކުރުމަށްޓަކައި އެއްބާރުލުން ދިނުމެވެ. ކޮމިޓީގެ ފަރާތުން ކޮންމެ ދުވަހަކުވެސް ނޫސްވެރިންނަށް މައުލޫމާތު ލިބޭނެ އިންތިޒާމު ހަމަޖައްސާނެކަމަށް މަންދޫބުން ވަނީ ވިދާޅުވެފައެވެ.

  • ތިން ރައީސުންގެ ފަރާތްޕުޅުން އައްޔަންކުރައްވާފައިވާ ހަ މަންދޫބުންގެ ދެވަނަ މަޝްވަރާ ބައްދަލުވުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
  • އެންމެ އިސްކަމެއް ދީފައިވަނީ ސަރުކާރު ޒިންމާދާރުކުރުވުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންނެވެ.
  • މި ކޮމިޓީގައި ކޮންމެ ރައީސެއްގެ ފަރާތްޕުޅުން ދެ މެންބަރުން ތަމްސީލުކުރައްވައެވެ.
  • މި ބައްދަލުވުންތަކުގެ އިތުރު ތަފުސީލުތައް އާންމުކުރުމަށް ވަރަށް އަވަހަށް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
comment ކޮމެންޓް