ބެލުންތެރިންގެ ސުވާލުތަކުގެ ޖަވާބު 'އަލްފާ' ޓްރެއިލާއިން

ބޮލީވުޑްގެ މަގުބޫލު ބަތަލާ އާލިއާ ބަޓް އަދި ޝަރުވަރީ ވާގް މުހިއްމު ރޯލްތައް ކުޅެފައިވާ ފިލްމު "އަލްފާ"ގެ ޓްރެއިލާ ދައްކާލައިފިއެވެ.

މި އަންނަ މަހުގެ ތިން ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރާ "އަލްފާ"ގެ ޓީޒާ މިދިޔަ ހަފްތާތެރޭ ރިލީޒްކުރިއިރު ޓީޒާއިން ފެނުނީ އާލިއާ ބަޓްގެ އިތުރުން ފިލްމުގެ މުހިއްމު ރޯލެއް ކުޅޭ ބޮބީ ޑިއޯލްގެ މަންޒަރުތައް އެކަންޏެވެ. އެހެންވެ ފިލްމުގެ ކާސްޓުގައި ހިމެނޭ އިތުރު ތަރިން ހާއްސަކޮށް، ބަތަލާ ޝަރުވަރީ ކޮބައިހޭ އަހާ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.

މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު މި ފިލްމުގެ ޓީޒާ ދައްކާލި އިރު، އޭގައި ޝަރްވަރީ ނުހިމެނޭތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ނަމަވެސް، އިއްޔެ އާންމުކުރި ދެ މިނެޓާއި 33 ސިކުންތުގެ ޓްރެއިލާގައި ޝަރްވަރީގެ މުހިންމު މަންޒަރުތަކެއް ވަނީ ހިމަނާފައެވެ.

ފިލްމު 'އަލްފާ"ގެ ޓްރެއިލާއިން ފެންނަ ގޮތުގައި، އާލިއާ ކުޅެނީ އޭނާގެ ބައްޕަ (ބޮބީ ޑިއޯލް)ގެ އިރުޝާދުގެ ދަށުން އަހަރުތަކެއް ވަންދެން ތަމްރީނު ހޯދާފައިވާ އިންޑިއާގެ ސިފައިންގެ މީހެއްގެ ރޯލެވެ. އޭނާގެ ފުރަތަމަ މިޝަނަށް ނުކުންނަ މަންޒަރު މި ޓްރެއިލާގައި ދައްކުވައިދެއެވެ.

ފިލްމު 'އަލްފާ'ގެ ޓްރެއިލާގެ މަންޒަރެއް--ފޮޓޯ/މިޑްޑޭ

ޓްރެއިލާގެ ކުރިއަށް ހުރި މަންޒަރުތަކުން ފެންނަނީ، އާލިއާގެ ކެރެކްޓާއަށް ޝަރްވަރީއާ ބައްދަލުވެ، އޭނާގެ ބައްޕަ ހިންގާ 'އަލްފާ' މިޝަނުގެ އަސްލު މަގުސަދަކީ އިންޑިއާއާ ދެކޮޅަށް ބަދަލުހިފުންކަން އެނގިގެންދާ ތަނެވެ.

މިއާއެކު، އާލިއާގެ ކެރެކްޓާ އޭނާގެ ބައްޕައާ ދެކޮޅަށް ތެދުވެ، ޝަރްވަރީއާ ގުޅިގެން 'އަލްފާ' މިޝަން ހުއްޓުވަން މަސައްކަތް ކުރެއެވެ.

ޓްރެއިލާ ނިންމާލަނީ އިންޑިއާ ހިމާޔަތްކުރުމަށް އެހީތެރިވުމަށް ސްޕައި ޔުނިވާސްގެ މަގުބޫލު ކެރެކްޓަ "ކަބީރު"، ރިތިކް ރޯޝަން އާލިއާއާ ގުޅިގެން މަސައްކަތްކުރާ މަންޒަރަކުންނެވެ. މީގެ އިތުރުން މި ފިލްމުގެ މުހިއްމު ރޯލަކުން ކުޅަދާނަ އެކްޓަރު އަނިލް ކަޕޫރުވެސް ފެންނާނެއެވެ.

ނެޓްފްލިކްސްގެ ސީރީޒް "ދަ ރޭލްވޭ މެން" އާއި "ފޭން" އަދި "ދޫމް 3" ފަދަ ފިލްމުތަކުން ފާހަގަކޮށްލެވުނު ޝިވް ރަވައިލް ޑައިރެކްޓްކުރާ މި ފިލްމަކީ އަދިތްޔަ ޗޯޕްޅާގެ އުފެއްދުމެކެވެ.

މި އަންނަ މަހުގެ 3 ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ ބޮލީވުޑް ފިލްމު "އަލްފާ" ގެ ޓްރެއިލާ ވަނީ އާންމުކޮށްފައެވެ. ކުރިން ނެރުނު ޓީޒާގައި ބަތަލާ ޝަރުވަރީ ނުފެންނާތީ އުފެދުނު ސުވާލުތަކަށް، އަލަށް ނެރުނު 2 މިނެޓާއި 33 ސިކުންތުގެ ޓްރެއިލާއިން ވަނީ ޖަވާބުދީފައެވެ. މި ފިލްމުގައި އާލިއާ ބަޓް ކުޅެނީ އޭނާގެ ބައްޕަ (ބޮބީ ޑިއޯލް) ގެ އިރުޝާދުގެ ދަށުން ތަމްރީނުވެފައިވާ ސިފައިންގެ މީހެއްގެ ރޯލެވެ. ބައްޕަގެ އަސްލު މަގުސަދަކީ އިންޑިއާއާ ދެކޮޅަށް ބަދަލުހިފުންކަން އެނގުމުން، އާލިއާ އާއި ޝަރުވަރީ ގުޅިގެން އެކަން ހުއްޓުވުމަށް މަސައްކަތްކުރާ މަންޒަރު ޓްރެއިލާއިން ފެނެއެވެ. ޝިވް ރަވައިލް ޑައިރެކްޓްކުރާ މި ފިލްމުން ރިތިކް ރޯޝަން އަދި އަނިލް ކަޕޫރު ވެސް ފެނިގެންދާނެއެވެ.

  • ފިލްމު "އަލްފާ" ސިނަމާތަކަށް އަންނާނީ ކުރިއަށް އޮތް މަހުގެ 3 ވަނަ ދުވަހުއެވެ.
  • އަލަށް ނެރުނު ޓްރެއިލާގައި ބެލުންތެރިން އިންތިޒާރުކުރަމުންދިޔަ ޝަރުވަރީގެ މަންޒަރުތައް ވަނީ ހިމަނާފައެވެ.
  • ފިލްމުގެ މައިގަނޑު ވާހަކަ ބިނާކޮށްފައިވަނީ އިންޑިއާއާ ދެކޮޅަށް ހިންގާ "އަލްފާ" މިޝަން ހުއްޓުވުމަށް ކުރާ މަސައްކަތުގެ މައްޗަށެވެ.
  • މި ފިލްމުން މަޝްހޫރު ތަރިން ކަމަށްވާ ރިތިކް ރޯޝަން، ބޮބީ ޑިއޯލް އަދި އަނިލް ކަޕޫރު ފެނިގެންދާނެއެވެ.
  • ފިލްމު ރިލީޒްކުރާ ތާރީޚަކީ އަންނަ މަހުގެ 3 ވަނަ ދުވަހެވެ.
  • ޓްރެއިލާއިން ބެލުންތެރިންގެ މައިގަނޑު ސުވާލުތަކަށް ޖަވާބު ލިބިއްޖެއެވެ.
  • މިއީ ސްޕައި ޔުނިވާސްގެ ތެރޭގައި ހިމެނޭ އެކްޝަން ފިލްމެކެވެ.
comment ކޮމެންޓް