ވަޓްސްއެޕް މެސެޖް އެއްފަހަރު ކިޔުމުން ފޮހެވޭ ފީޗާއެއް ތައާރަފްކުރަނީ

މިއީ މިހާރުވެސް ފޮޓޯއާއި، ވީޑިއޯ އަދި ވޮއިސް ނޯޓްތަކަށް ބޭނުންކުރަމުންދާ ފީޗާއެއް ---

ވަޓްސްއެޕުން ފޮނުވާ ލިޔުންތައް ނުވަތަ މެސެޖުތައް އެއްފަހަރު ކިޔުމަށްފަހު އަމިއްލައަށް ފޮހެވޭ ގޮތް ހަދާ ފީޗާއެއް "ވިއު-ވަންސް"ގެ ނަމުގައި ތަރައްގީކުރުމުގެ މަސައްކަތް މެޓާ އިން ފަށައިފިއެވެ.

މި ފީޗާގެ ސަބަބުން މެސެޖު ލިބޭ މީހާއަށް އެ މެސެޖު ސޭވްކުރުމާއި، އެހެން މީހަކަށް ފޯވާޑްކުރުމާއި، އަދި ސްކްރީންޝޮޓް ނެގުން ފަދަ ކަންކަން ނުކުރެވޭނެއެވެ. މިއީ މިހާރުވެސް ފޮޓޯއާއި، ވީޑިއޯ އަދި ވޮއިސް ނޯޓްތަކަށް ބޭނުންކުރަމުންދާ ސެކިއުރިޓީ ނިޒާމު އިތުރަށް ފުޅާކުރުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތެކެވެ.

މި އާ ފީޗާ ފާހަގަކުރެވިފައި ވަނީ އައިއޯއެސްގެ ބީޓާ ވާޝަންއަކުން ކަމަށް މައުލޫމާތު ލިބެއެވެ. މެސެޖު ފޮނުވާ އިރު، ސެންޑް ބަޓަނަށް ފިއްތާލައިގެން ހިފަހައްޓާލުމުން "ސެންޑް އޭޒް ވިއު ވަންސް" ޚިޔާރުކުރުމުގެ ފުރުސަތު ފޮނުވާ ފަރާތަށް ލިބިގެންދާނެއެވެ.

https://sun.mv/223400

މި ފީޗާ އާންމު ޗެޓްތަކާއި ގްރޫޕް ޗެޓްތަކުގައި ބޭނުންކުރެވުނު ނަމަވެސް، ވަޓްސްއެޕް ޗެނަލްތަކުގައި މި ސިފަ ބޭނުން ނުކުރެވޭނެއެވެ.

މިހާރު ބައެއް މީހުން ސިއްރު މައުލޫމާތު ހިއްސާކުރުމަށްޓަކައި ލިޔުންކޮޅުތައް ފޮޓޯއަކަށް ހެދުމަށްފަހު އެއްފަހަރު ފެންނަ ގޮތަށް ފޮނުވަމުންދާތީ، އާ ފީޗާއާއެކު އެކަމަށް ޚާއްސަ ފަސޭހައެއް ލިބިގެންދާނެއެވެ.

މި ފީޗާ މިހާރު ވަނީ އެންޑްރޮއިޑް ފޯނުތަކަށްވެސް ތައާރަފްކުރުމުގެ މަރުހަލާގައެވެ. ނަމަވެސް، އާންމު ކަސްޓަމަރުންނަށް މި ޚިދުމަތް ރަސްމީކޮށް ލިބޭނެ ވަގުތެއް އަދި ވަޓްސްއެޕުން ހާމައެއް ނުކުރެއެވެ.

ވަޓްސްއެޕުން އެންމެ ފުރަތަމަ "ވިއު ވަންސް" ފީޗާ ތައާރަފްކުރީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. އެ މަރުހަލާގައި މި ޚިދުމަތް ޚާއްސަކޮށްފައިވަނީ ހަމައެކަނި ފޮޓޯއާއި ވީޑިއޯ ފޮނުވުމަށެވެ. އޭގެ ފަހުން، ކާސްޓަމަރުންގެ ސިއްރުވެރިކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ވަޓްސްއެޕުން ވަނީ މި ސެކިއުރިޓީ ނިޒާމުގެ ތެރެއަށް ވޮއިސް ނޯޓްތައްވެސް އިތުރުކޮށްފައެވެ.

މި ފީޗާގެ މައިގަނޑު ބޭނުމަކީ މެސެޖު ލިބޭ މީހާގެ ފޯނުގައި އެފަދަ ޒާތީ މައުލޫމާތު ރައްކާވެފައި ހުރުން ހުއްޓުވުމެވެ.

ވަޓްސްއެޕުން ފޮނުވާ ލިޔުންތައް ނުވަތަ މެސެޖުތައް އެއްފަހަރު ކިޔުމަށްފަހު އަމިއްލައަށް ފޮހެވޭ ގޮތް ހަދާ ފީޗާއެއް ތަރައްގީކުރުމުގެ މަސައްކަތް މެޓާއިން ދަނީ ކުރަމުންނެވެ. މި އާ ބަދަލާއެކު، މެސެޖު ލިބޭ ފަރާތަށް އެ މެސެޖު ފޯނުގައި ރައްކާކުރުމާއި، އެހެން ފަރާތަކަށް ފޯވާޑްކުރުމާއި، އަދި ސްކްރީންޝޮޓް ނެގުން މަނާކުރެވޭނެއެވެ. މިއީ ކުރިން ފޮޓޯއާއި ވީޑިއޯއަށް ދެމުން އައި ރައްކާތެރިކަން ލިޔުމަށްވެސް ފުޅާކުރުމެވެ. މި ފީޗާ ބޭނުންކުރާނީ މެސެޖު ފޮނުވާ ބަޓަނަށް ފިއްތާލައިގެން ހިފަހައްޓާލުމުން އަންނަ އިޚުތިޔާރުތަކުގެ ތެރެއިންނެވެ. އާންމު ޗެޓްތަކާއި ގްރޫޕް ޗެޓްތަކުގައި މި ޚިދުމަތް ބޭނުންކުރެވުނު ނަމަވެސް، ޗެނަލްތަކުގައި ބޭނުމެއް ނުކުރެވޭނެއެވެ. މިއީ ޒާތީ އަދި ސިއްރު މައުލޫމާތު ހިއްސާކުރާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެކެވެ. އައިއޯއެސް އަދި އެންޑްރޮއިޑްގެ ޓެސްޓު މަރުހަލާގައި މިހާރު މި ފީޗާ އޮތް ނަމަވެސް، އާންމުކޮށް ހުރިހާ ކަސްޓަމަރުންނަށް މި ޚިދުމަތް ލިބޭނެ ވަކި ތާރީޚެއް ކުންފުނިން އަދި ހާމަކޮށްފައެއް ނުވެއެވެ. މީގެ މައިގަނޑު މަގުސަދަކީ މެސެޖު ލިބޭ މީހާގެ ފޯނުގައި ސިއްރު މައުލޫމާތު ރައްކާވެފައި ހުރުން ހުއްޓުވުމެވެ.

  • އެއްފަހަރު ކިޔުމަށްފަހު އަމިއްލައަށް ފޮހެވޭ ލިޔުމުގެ މެސެޖު ވަޓްސްއެޕަށް ތައާރަފުކުރަނީއެވެ.
  • މިފަދަ މެސެޖުތައް ފޯވާޑްކުރުމާއި، ކޮޕީކުރުމާއި އަދި ސްކްރީންޝޮޓް ނެގުމަކީ ނުކުރެވޭނެ ކަންކަމެވެ.
  • މި ޚިދުމަތް އާންމު ޗެޓްތަކާއި ގްރޫޕް ޗެޓްތަކުގައި ބޭނުންކުރެވޭނެއެވެ.
  • މިހާރު މި ފީޗާ ވަނީ އައިއޯއެސް އަދި އެންޑްރޮއިޑްގެ ޓެސްޓު މަރުހަލާގައެވެ.
  • މީގެ އެންމެ ބޮޑު ބޭނުމަކީ ޒާތީ މައުލޫމާތުތައް ފޯނުގައި ރައްކާކުރެވިފައި ހުރުން ހުއްޓުވުމެވެ.
comment ކޮމެންޓް