އަމިއްލަ ގޯތި ވަގުފުކުރައްވައި، ވިޔަފާރިވެރިޔާ ޞާލިޙް މިސްކިތެއް ބިނާކުރައްވައިފި

ވިޔަފާރިވެރިޔާ ޞާލިޙް، އަމިއްލަ ގޯތި ވަގުފުކުރައްވައި ބިނާކުރެއްވި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ --- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އަމިއްލަ ގޯތި ވަގުފުކުރައްވައި، ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙް ބިނާކުރެއްވި މިސްކިތް މިއަދު ހުޅުވައިފިއެވެ.

"ޑިމްސް"ގެ ނަމުގައި ގިނަ ވިޔަފާރިތަކެއް ހިންގެވި ޞާލިޙް ވަނީ، ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރައްވައިފައިވާތީ، މިދިޔަ އަހަރު ނިޝާން މުލީގޭ ޝަރަފްގެ އިއްޒަތުގެ ވެރިޔާގެ ލަގަބު ހޯއްދަވައިފައެވެ.

ޞާލިޙްގެ ގޯތީގައި ހުޅުވި މަސްޖިދު ޒުލައިޚާ މުޙައްމަދު --- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

"މަސްޖިދު ޒުލައިޚާ މުޙައްމަދު"ގެ ނަމުގައި ޞާލިޙް އައްޑޫ ހުޅުދޫގައި މިސްކިތެއް ބިނާކުރެއްވީ ޞާލިޙްގެ އަމިއްލަ ގޯތި ވަގުފުކުރެއްވުމަށް ފަހުގައެވެ.

އެ މިސްކިތް ހުޅުވައިދެއްވީ އެކަމަށް ޓަކައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

މިސްކިތް ހުޅުވައިދެއްވުމަށްފަހު މިނިސްޓަރު ޝަހީމް، ވިޔަފާރިވެރިޔާ ޞާލިޙާ ވާހަކަ ދައްކަވަނީ --- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޞާލިޙްގެ އާއިލާގެ ބޭފުޅުންވެސް ބައިވެރިވި މި ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ، މާތް الله އަށް ޓަކައި ޞާލިޙްގެ ގޯތި ވަގުފުކޮށް ބިނާކުރެއްވުމަކީ އަދުގެ ޒުވާން ޖީލަށް އޮތް ރަނގަޅު ފިލާވަޅެއް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިއަދު ހުޅުވި މިސްކިތަކީ 200 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ.

ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙް، އެ ބޭފުޅާގެ އަމިއްލަ ގޯތި ވަގުފުކުރެއްވުމަށްފަހު އައްޑޫ ސިޓީ ހުޅުދޫގައި ބިނާކުރެއްވި މިސްކިތް މިއަދު ވަނީ ހުޅުވައިފިއެވެ. ޑިމްސްގެ ނަމުގައި ގިނަ ވިޔަފާރިތަކެއް ހިންގެވި ޞާލިޙަކީ ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރައްވައިފައިވާ، އަދި ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މި މިސްކިތް ރަސްމީކޮށް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. ޞާލިޙްގެ އާއިލާގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޝަހީމް ވަނީ، މާތް الله އަށް ޓަކައި ޞާލިޙްގެ އަމިއްލަ ގޯތި ވަގުފުކުރެއްވުމަކީ ޒުވާނުންނަށް އޮތް ވަރަށް ރަނގަޅު ނަމޫނާއެއްކަން ފާހަގަކުރައްވައިފައެވެ. މިއީ ދުއިސައްތަ މީހުންގެ ޖާގައިގެ މިސްކިތެކެވެ.

  • އައްޑޫ ސިޓީ ހުޅުދޫގައި ބިނާކުރި މި މިސްކިތަށް ދީފައިވާ ނަމަކީ މަސްޖިދު ޒުލައިޚާ މުޙައްމަދެވެ.
  • މިއީ ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަ ގޯތި ވަގުފުކުރެއްވުމަށްފަހު ބިނާކުރެއްވި މިސްކިތެކެވެ.
  • މިސްކިތް ރަސްމީކޮށް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
  • މިއީ އެއްފަހަރާ ދުއިސައްތަ މީހުންނަށް ނަމާދުކުރެވޭނެ ޖާގަ ތަނަވަސްކުރެވިފައިވާ މިސްކިތެކެވެ.
  • މާތް الله އަށް ޓަކައި މިފަދަ ބިނާއެއް އެޅުމަކީ ޒުވާން ޖީލަށް އޮތް ފިލާވަޅެއްކަމަށް މިނިސްޓަރު ސިފަކުރެއްވިއެވެ.
comment ކޮމެންޓް