ވޯލްޑް ކަޕް 2026: ޕޯޗުގަލް ޓީމު މާގިނައިރު ބީޗުގައި އުޅޭތީ ޓީމަށް ބޮޑެތި ފާޑުކިޔުންތަކެއް

ޕޯޗުގަލް ގައުމީ ޓީމުގެ ތިން ކުޅުންތެރިން ކަމަށްވާ ޕެޑްރޯ ނެޓޯ، ފްރެންސިސްކޯ ޓްރިންކާއު، ރިކާޑޯ އަދި ޑިއޮގޯ ޑަލޮޓް ބީޗުގައި--

ފީފާ ވޯލްޑް ކަޕް 2026 ގެ ފުރަތަމަ މެޗަށް ތައްޔާރުވަމުންދާއިރު، ޕޯޗުގަލްގެ ކުޅުންތެރިން ބީޗުގައި މާ ގިނަ ވަގުތު ހޭދަކޮށް އަރާމުކުރާ ކަމަށް ބުނެ މީޑިއާއިން ކުރި ފާޑުކިޔުންތަކަށް އެ ޓީމުގެ ކުޅުންތެރިން ރައްދުދީފިއެވެ.

ގްރޫޕް ކޭ ގައި ހިމެނޭ ޕޯޗުގަލުން ފްލޮރިޑާގައި ހުންނަ ޕާމް ބީޗް ގާޑަންސް ރިސޯޓުގައި ކެމްޕް ޖަހާފައިވާއިރު، ޕޯޗުގަލްގެ ބައެއް މީޑިއާތަކުން ވަނީ އެ ކުޅުންތެރިން މާ ފަސޭހަކޮށް ކަންކަން ނަގަނީ ނޫންތޯ ސުވާލު އުފައްދާފައެވެ.

ޕޯޗުގަލް ގައުމީ ޓީމުގެ ތަރި ރުބެން ޑިއާސް--

ނަމަވެސް މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރު މެތިއަސް ނޫނޭޒް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ، ހެނދުނު ގަޑީގައި ބީޗަށް ދިއުމަކީ އެމެރިކާގެ ހޫނު މޫސުމަށް ހޭނުމުގެ ގޮތުން ރޭވުންތެރިކަމާއެކު ކުރާ ކަމެއް ކަމަށެވެ.

އަދި އޭނާ މުޅި އަހަރު ކުޅުނީ އިރުގެ އަލިކަން މަދު މެންޗެސްޓާގައި ކަމަށްވުމުން، މިފަދަ ބަދަލަކަށް ހޭނުމަކީ މުހިންމު ކަމެއް ކަމަށާއި، ފަރިތަކުރުންތައް އޮންނަނީ ހަވީރު ގަޑީގައި ކަމަށް އޭނާ ހާމަކުރިއެވެ.

ޕޯޗުގަލް ގައުމީ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ ބެނާޑޯ ސިލްވާއާއި ގޮންކާލޯ ބީޗުގައި--

މި ކޭމްޕުގެ ތެރެއިން ބެނާޑޯ ސިލްވާ، ރުބެން ޑިއާސް އަދި ޔޮއާއޯ ފެލިކްސް ފަދަ ތަރިން ބީޗުގައި ހިނގާލާ، މޫދަށް އެރި އުޅޭ މަންޒަރު ފެނިފައިވެއެވެ.

ޕޯޗުގަލް ޓީމު އެމެރިކާއަށް އައިސްފައިވަނީ އެހެން ޓީމުތަކަށްވުރެ ކުޑަތަންކޮޅެއް ލަހުން، މިދިޔަ ހުކުރު ދުވަހުއެވެ. މިގޮތަށް އަރާމުކުރުމުގެ ވަގުތުތައް ހޭދަކުރި ނަމަވެސް، އެމީހުންގެ ތަމްރީނު ހަދާ ސަރަހައްދު ކައިރިން މަދުވެގެން ހަތަރު ކިނބޫ ފެނުމާ ގުޅިގެން ކުޅުންތެރިންގެ މެދުގައި ކޮންމެވެސް ވަރެއްގެ ހާސްކަމެއް ވެސް އުފެދުނެވެ.

އުމުރުން 41 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަހު ވޯލްޑްކަޕަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާއިރު، އޭނާގެ ފިޒިކަލް ފިޓްނަސްއާ މެދު ސުވާލުކުރުމުން ބުނީ އޭނާ ހުރީ ވަރަށް ސާބިތުކަމާއެކު ފިޓްކޮށް ކަމަށެވެ.

ޕޯޗުގަލްގެ ފުރަތަމަ މެޗުގައި ބުދަ ދުވަހު ނިކުންނާނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާ ދެކޮޅަށެވެ.

ފީފާ ވޯލްޑް ކަޕް 2026 އަށް ތައްޔާރުވުމުގެ ގޮތުން ޕޯޗުގަލް ޓީމުން އެމެރިކާގެ ފްލޮރިޑާގައި ކޭމްޕުކޮށް ފަރިތަކުރުންތައް ކުރިއަށްގެންދާއިރު، ކުޅުންތެރިން ބީޗުގައި ގިނަ ވަގުތު ހޭދަކުރާތީ މީޑިއާތަކުން ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. މިކަމާ ގުޅިގެން ޓީމުގެ ކުޅުންތެރިން ބުނެފައިވަނީ، ހެނދުނުގެ ވަގުތު ބީޗަށް ދިއުމަކީ އެމެރިކާގެ ހޫނު މޫސުމަށް ހަށިގަނޑު ހޭނުވުމަށްޓަކައި ރޭވުންތެރިކަމާއެކު ކުރާ މުހިންމު ކަމެއް ކަމަށެވެ. އަދި މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ ރަސްމީ ފަރިތަކުރުންތައް އޮންނަނީ ހަވީރުގެ ވަގުތުގައިކަން ކުޅުންތެރިން ވަނީ ކަށަވަރުކޮށްދީފައެވެ. މީގެ އިތުރުން، އުމުރުން 41 އަހަރުގައި ފަހު ވޯލްޑް ކަޕާ ކުރިމަތިލާ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހުރީ މުބާރާތަށް ފުރިހަމައަށް ފިޓުކޮށް ކަމަށް އޭނާ ވަނީ ޔަގީންކަން ދީފައެވެ.

  • ޕޯޗުގަލް ޓީމުގެ ކުޅުންތެރިން ފްލޮރިޑާގެ ބީޗުގައި ވަގުތު ހޭދަކުރަނީ ހޫނު މޫސުމަށް ހޭނުމުގެ ބޭނުމުގައި ރޭވިގެންނެވެ.
  • ޓީމުގެ ރަސްމީ ފަރިތަކުރުންތައް ކުރިއަށްގެންދަނީ ކޮންމެ ދުވަހެއްގެ ހަވީރުގެ ވަގުތުގައެވެ.
  • ފަރިތަކުރާ ސަރަހައްދާ ކައިރިން ހަތަރު ކިނބޫ ފެނުމާ ގުޅިގެން ކުޅުންތެރިންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ.
  • އުމުރުން 41 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ހުރީ ފަހު ވޯލްޑް ކަޕަށް ފުރިހަމައަށް ފިޓުކޮށެވެ.
  • މުބާރާތުގައި ޕޯޗުގަލް ކުޅޭ ފުރަތަމަ މެޗުގައި އަންނަ ބުދަ ދުވަހު ނުކުންނާނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާ ދެކޮޅަށެވެ.
comment ކޮމެންޓް