ވޯލްޑް ކަޕް 2026: ފަހުވަގުތު ސުވިޒަލޭންޑް ސިއްސުވާލައި، ގަތަރަށް ތާރީޚީ ޕޮއިންޓެއް

ފީފާ ވޯލްޑް ކަޕް 2026 ގައި ގަތަރުން ނަތީޖާ ހަމަހަމަކުރި ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ--

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ބީގައި ސްވިޒަލެންޑް މޮޅުވާން ދަނިކޮށް ގަތަރުން ނަތީޖާ ހަމަހަމަކޮށް ތާރީޚީ ޕޮއިންޓެއް ހޯދައިފިއެވެ.

އެމެރިކާގެ ސެން ފްރެންސިސްކޯ ބޭ އޭރިއާ ސްޓޭޑިއަމްގައި 67،966 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗު މުޅިންހެން ޑޮމިނޭޓްކުރީ ސުވިޒަލޭންޑުންނެވެ. މެޗުގެ 17 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ސުވިޒަލޭންޑަށް ކުރިހޯދައިދިނީ ބްރީލް އެމްބޯލޯއެވެ.

މި ޕެނަލްޓީ ދިން ނިންމުމާމެދު ބައެއް ސުވާލުތައް އުފެދުނެވެ. އެއީ ޕެނަލްޓީ ދިނުމުގެ ކުރިން އޮފްސައިޑް ހާލަތެއް އޮތް ކަމަށް ބެލެވޭތީއެވެ. ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ނިންމީ ޕެނަލްޓީއެއް ކަމަށެވެ. ފުރަތަމަ ހާފު ނިމުނީ 1-0 އިން ސުވިޒަލޭންޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ސުވިޒަލޭންޑުން ވަނީ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ވަކިން ހާއްސަކޮށް ބްރީލް އެމްބޯލޯ އާއި ރޫބެން ވާގަސް އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ. އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި 20 އަހަރުގެ ޖޯހަން މަންޒަމްބީ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ވެސް ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.

ސުވިޒަލޭންޑަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ، މެޗުގެ ފަހުކޮޅު ގަތަރުން ކުޅުން ރަނގަޅުކޮށް ސުވިޒަލޭންޑަށް ބާރުބޮޑުކުރުމެވެ. މެޗުގެ 89 ވަނަ މިނެޓުގައި ގަތަރުގެ ތަޖުރިބާކާރު ކުޅުންތެރިޔާ ހަސަން އަލް ހައިދޮސް ކުޅެން އެރުވުމާއެކު ގަތަރުގެ އެޓޭކްތައް އިތުރަށް ވަރުގަދަވިއެވެ.

މެޗުން ސުވިޒަލޭންޑް މޮޅުވާން ދަނިކޮށް، ގަތަރުން ވަނީ ހިތްވަރު އެލުވާނުލައި ކުޅެ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ އެންމެ ފަހު މިނެޓުގެ ތެރޭގައި ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

ވާތްފަރާތުން ހޮމާމް އެލް އަމީން ނަގައިދިން ހިތްގައިމު ހުރަހަކުން، ގަތަރުގެ ކެޕްޓަން ބޫއާލެމް ހޫހީ ވަނީ ސުވިޒަލޭންޑްގެ ޑިފެންޑަރުންނަށްވުރެ މައްޗަށް އަރައި ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ގަތަރުން ހޯދި ފުރަތަމަ ޕޮއިންޓެވެ.

ފީފާ ވޯލްޑް ކަޕް 2026 ގައި ގަތަރުން ނަތީޖާ ހަމަހަމަކުރި ލަނޑު ޖެހި ވަގުތު--

ސުވިޒަލޭންޑަކީ މީގެ ކުރިން ވެސް ވޯލްޑް ކަޕްތަކުގައި ވާދަކޮށް ތަޖުރިބާހުރި، ގްރާނިޓް ޝާކާ ފަދަ މުހިންމު ކުޅުންތެރިން ހިމެނޭ ވަރުގަދަ ޓީމެކެވެ. ނަމަވެސް މި މެޗުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ސަބަބުން އެ ޓީމަށް ވަނީ ބޮޑު މާޔޫސްކަމަކާ ކުރިމަތިލާން ޖެހިފައެވެ.

އަނެއްކޮޅުން ގަތަރަކީ އޭޝިއާގެ ގަދަ ބާރެއްގެ ގޮތުގައި ފަހަކަށް އައިސް ފާހަގަކުރެވޭ ޓީމެކެވެ. މި މެޗުގައި ގަތަރުން ދެއްކި ހިތްވަރުގަދަ ކުޅުމުގެ ސަބަބުން، ކުރިއަށް ހުރި މެޗުތަކަށް އެ ޓީމަށް ބޮޑު އިތުބާރެއް ލިބިގެންދާނެއެވެ.

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ބީ ގައި ސުވިޒަލޭންޑާއި ގަތަރު ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގެ ކުރީކޮޅު ޕެނަލްޓީއަކުން ސުވިޒަލޭންޑް ކުރިހޯދި ނަމަވެސް، އެ ޓީމަށް ލިބުނު ފުރުސަތުތައް ބޭކާރުވުމުގެ ފައިދާ ނަގައި ގަތަރުން ވަނީ ފަހު ވަގުތު ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީ މުބާރާތުގެ ތާރީޚުގައި ގަތަރަށް ލިބުނު ފުރަތަމަ ޕޮއިންޓެވެ. އެމެރިކާގެ ސެން ފްރެންސިސްކޯ ބޭ އޭރިއާ ސްޓޭޑިއަމްގައި 67،966 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފަހުކޮޅު ގަތަރުން ކުޅުން ވަރުގަދަކޮށް، ބަދަލު ކުޅުންތެރިންނާއެކު ޓީމުގެ ރޫހު އާލާކުރިކަން ފާހަގަކުރެވެއެވެ. މިއާއެކު ފަސޭހައިން މޮޅުވެވޭނެކަމަށް ބެލެވުނު ސުވިޒަލޭންޑަށް ވަނީ މާޔޫސްކަމާ ކުރިމަތިލާން ޖެހިފައެވެ.

  • ސުވިޒަލޭންޑަށް ކުރިހޯދައިދިނީ 17 ވަނަ މިނެޓުގައި ބްރީލް އެމްބޯލޯ ޖެހި ޕެނަލްޓީއަކުންނެވެ.
  • ދެވަނަ ހާފުގައި ސުވިޒަލޭންޑަށް ލިބުނު ގިނަ ފުރުސަތުތަކެއް ވަނީ ބޭކާރުވެފައެވެ.
  • މެޗުގެ ފަހުކޮޅު ގަތަރުން ކުޅުން ރަނގަޅުކޮށް، އެޓޭކްތައް ވަރުގަދަކުރިއެވެ.
  • އިތުރު ވަގުތުގެ ފަހު މިނެޓުގައި ހޮމާމް އެލް އަމީން ނަގައިދިން ހުރަހަކުން ބޫއާލެމް ހޫހީ ބޮލުން ޖެހި ލަނޑުން ގަތަރުން ނަތީޖާ ހަމަހަމަކުރިއެވެ.
  • މިއީ ވޯލްޑް ކަޕްގައި ގަތަރަށް ލިބުނު ފުރަތަމަ ތާރީޚީ ޕޮއިންޓެވެ.
  • ފުރުސަތުތަކުގެ ބޭނުން ނުހިފުމަކީ ސުވިޒަލޭންޑަށް ލިބުނު ބޮޑު ގެއްލުމެކެވެ.
  • ފަހު ވަގުތާ ހަމައަށް ހިތްވަރު އެލުވާނުލައި ކުޅުމުގެ ނަތީޖާ ގަތަރަށް ފޮނިވެގެންދިޔައެވެ.
  • މި ނަތީޖާގެ ސަބަބުން ކުރިއަށް ހުރި މެޗުތަކަށް ގަތަރަށް ބޮޑު އިތުބާރެއް ލިބޭނެއެވެ.
comment ކޮމެންޓް